ކޮވިޑް-19: ފުވައްމުލައް ސިޓީ ހޯމްކަރަންޓީނުގައި ހުރިގެތައް

23 ޖެނުއަރީ- 3 ފެބްރުއަރީ 2021 އަށް ހޯމް ކަރަންޓީނުގައި ހުރި ގެތައް
Share on facebook
Share on twitter
Share on google

ފާއިތުވި ދިހަދުވަހު ދުވަހު، 23 ޖެނުއަރީ 2020 އިން 3 ފެބުރުއަރީ 2021 އަށ،ް ފުވައްމުލައް ސިޓީގައި ކޮވިޑް-19 އާއި ގުޅިގެން ހޯމް ކަރަންޓީނު ކުރެވުނު ގޭގެ އަދަދު 103 އަށް އިތުރު ވެއްޖެއެވެ. ކޮވިޑް-19ގެ ބައްޔަށް ފުވައްމުލައް ސިޓީގައި މިއަދު ވެކްސިން ޖަހަން ފަށާނެކަމަށް ބެލެވެއެވެ.

މިދުވަސްވަރު ރާއްޖެގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށް ފައެވެ. އެގޮތުން މި ފެބްރުއަރީ މަހު 7ގެ ފަހުން ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭ އިރު މާސްކު އެޅުން ވަނީ މަޖުބޫރުކުރެވިފައެވެ. އަދި މާސްކް ނާޅާ ނަމަ 1000 (އެއްހާސް) ރުުފިޔާއިން ޖޫރިމާނާ ކުރެވޭނެ ކަމަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިރުޝާދުގައި ވަނީ އަންގާފައެވެ. އެޗްޕީއޭގެ ގައިޑްލައިން

މި ފެބްރުއަރީ 7ގެ ފަހުން ހުރިހާ ރަށެއްގައި ގެއިން ބޭރަށް ނިކުމެއުޅޭއިރު މާސްކް އެޅުން މަޖުބޫރު.

ރާއްޖޭގައި ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތު 10 ވަނަ ފަހަރަށް އިތުރުކޮށްފައި ވެއެވެ. އެގޮތުން 2020 ވަނަ އަހަރު މާރިޗު މަހު 12 ވަނަ ދުވަހުން ފެށިގެން އިއުލާންކުރަމުން އަންނަ ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރުކުރީ 4 ފެބުއަރީ 2021 އިން ފެށިގެން 30 ދުވަހަށް، މާރިޗު 3 އާއި ހަމައަށެވެ.

ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ފުވައްމުލަައް ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ގެތައް އެންމެ ގިނައީ ދިގުވާނޑު އަވަށުގައެވެ. އ ެއަވަށުގައި 19 ގެއެއް ހޯމް ކަރަންޓީނުގައި ހުރިއިރު މިސްކިތްމަގު ގައި 16 ގެއެއް، ދަޑިމަގާއި ހޯދަޑުގައި 15 ގެ އަދި ދޫނޑިގަމުގައި 14 ގެއެއް ހޯމް ކަރަންޓީނުގައި އެބަހުއްޓެވެ. ހޯމަ ކަރަންޓީނު ކުރެވިފައިވާ ގެތައް އެންމެ މަދީ މާދަޑު (6) އަދި މާލެގަމު (7) ގައެވެ.

ހޯމް ކަރަންޓީނު ކުރެވޭ ބައެއް ގޭގޭގައި 1 އަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބެއެވެ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކޮށްފައި މުޅިއެކު ތިބީ ކިތައް މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.

ފާއިތުވި ޖެނުއަރީ މަހު ފުވައްމުލަކު ހޮސްޕިޓަލުން ކޮވިޑް-19ގެ ސާމްޕަލް ނަގައި ޓެސްޓް ކުރުވި އަދަދުތައް.

ފާއިތުވި ޖެނުއަރީ މަހު ފުވައްމުލައް ސިޓީން ހޯމްކަރަންޓީން ނިންމައި 534 މީހަކު ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ. އެހެން ބަލިތަކުގައި ކޮވިޑް-19 ނޫންކަން ޔަގީން ކުރުމުގެ ގޮތުން ކުރި 142 ސާމްޕަލާއި ދަތުރުވެރިންގެ 39 މީހުންގެ ސާމްޕަލާއެކު ޖުމްލަ 716 ސާމްޕަލް ނިމުނު ޖެނުއަރީ މަހުގައި ނަގައި ޓެސްޓް ކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކުރި މައުލޫމާތުން އެނގެއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ކޮވިޑް-19އަށް ޓެސްޓް ކުރަން ފެށީ ފާއިތުވި ޖެނުއަރީ މަހު 27 ވަނަ ދުވަހުއެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ ޖީންއެކްސްޕާޓް މެޝިނުން ފަހަރަކު ޓެސްޓް ކުރެވެނީ 4 ސާމްޕަލެވެ.

އަމިައްލަ ރަށަށް ދިއުމުގެ ބޭނުމުގައި ނޫންގޮތަކަށް އެއްވެސް ބޭނުމެއްގައި މިހާރު އަތޮޅުތަކަށް ދަތުރުކުރެވެނީ 3 ދުވަސް ނުވާ ޕީސީއާރު ނެގަޓީވް ޓެސްތް ނަތީޖާ އަކާއެކުގައެވެ. ނަމަވެސް އަދިވެސް އޮތީ އަތޮޅުތަކުން މާލެ ސަރަހައްދަށް ދަތުރުކުރާ މީހުން ކަރަންޓީން ވާކަށް ނުޖެހޭ ގޮތަށެވެ. އަދި ރާއްޖެއިން ބޭރުން އަންނަ މީހުން އަލުން ކަރަންޓީނު ވާން ޖެހޭގޮތަށް އުސޫލަށްވަނީ ބަދަލުގެނެސްފައެވެ.

ދިވެހިރާއްޖޭގެ ކޮވިޑް-19 އަޕްޑޭޓް އަދި ވެކްސިން ޖެހުން

ފުވައްމުލައް ސިޓީގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މުޅިއެކު 7 މީހުންނެވެ. ފުވައްމުލައް ސިޓީން ބައްޔަށް ޕޮޒިޓިވް ވީ މުޅިންވެސް ހޯމްކަރަންޓީނު ނިންމި މީހުންނެވެ. އެއީ ބަންގްލާދޭޝް މަސައްކަތު މީހަކާއި ފުވައްމުލަކު 6 މީހުންނެވެ. އެ އެންމެފަހުން ބައްޔަށް ޕޮޒިޓިވް ވި 3 މީހުން ފިޔަވައި އަނެއް 4 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments