އެމްޑީޕީ ކެންޑިޭޓުންގެ ކެމްޕޭން ފުވައްމުލައް ސިޓީގައި ވަރުގަދަ

އެމްޑީޕީ ފުވައްމުލައް ސިޓ ރަށްވެހި ފަތިސް ކެމްޕޭން ވަރުގަދަކޮށް ކުރިޔަށް
Share on facebook
Share on twitter
Share on google

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީގެ އިންތިާޚބުގައި ފުވައްމުލައް ސިޓީގައި އެމްޑީޕީގެ ކެންޑިޑޭޓުން ވަރަށް ވަރުގަދައަށް ކެމްޕޭން ކުރިޔަށް ގެންދަން ފަށައިފިއެވެ. އެމްޑީޕީ ރަށްވެހި ފަތިސް ފުވައްމުލަކު ކެމްޕޭން ޓީމުން އަންނަނީ ދުރާލާ ކެމްޕޭން ހަރަކާތްތައް ތަރުތީބުކޮށް ތަންފީޒުކުރަމުންކަން ހާމަވެއެވެ.

“ރަށްވެހި ފަތިސް” ނަމުގައި ކުރިޔަށް ގެންދާ މިކެމްޕޭން ުވަރުގަދައީ ހަމައެކަނި ދޮރުންދޮރަށް ހިނގުމުގައެއް އެކަންޏެއް ނޫނެވެ. ކެންޑިޑޭޓުންގެ ޕޯސްޓަރުތަކުގެ އިތުރުން ލައިވް އިވެންޓްގެ ގޮތުގައި ކެންޑިޑޭޓުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވެއެވެ.

އޮންލައިން ޓޯކްޝޯއެއް ގޮތަށް ކުރިޔަށްގެންދާ “އާސްކް ޔުއަރ ކެންޑިޑޭޓް”ގެ ދެ ޕްރޮގްރާމެއް މިހާރު ވަނީ ކުރިޔަށް ގެންގޮސްފައެވެ. ފުރަތަމަ ޕްރޮގްރާމުގައި އެމްޑީޕީއިން ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ކުރިމަތިލާ އިސްމާއީލް ރަފީގު (އިއްސޭ) ވަނީ އޭނާ ފުވައްމުލައް ސިޓިއާއި މެދުގެންގުޅުއްވާ ތަސައްވުރު އިތުރަށް ސާފުކޮށްދީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

މީގެ ދެވަނަ ޕްރޮގްރާމުގައި މޭޔަރ ކެންޑިޑޭޓް އިއްސޭގެ އިތުރުން ފުވައްމުލައް ސިޓީ އިރުދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (ގާކެނޑިގެ -އިބްރާ) އާއި ފުވައްމުލައް ސިޓީ ހުޅނގު ދެކުނު ދާއިރާ އެމްޑީޕީކެންޑިޑޭޓް އިނާޔާވެސް ވަނީ އޭނާގެ ތަސައްވުރު ހާމަކޮށްދީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

މޭޔަރ ކެންޑިޑޭޓ އިސްމާއިލު ރަފީގު ވަނީ އެނާ މޭޔަރު ކަމަށް އިންތިޚާބުވެއްޖެ ނަމަ ފުވައްމުލައް ސިޓީގައި މެރިންރިސާޗް ސެންޓަރެއް ގާއިމުކުރާއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް ފުވައްމުލަކު ފަރިކެޑެ ސަރަހައްދުގައި އޯޝަނިކް މަންތާ ރޭ އާއި ޓައިގަރ ޝާކްގެ ދިރާސާތަކެއް ހަދަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް ވޭރުގެ ރިރާސާވެރިން އެކަމަށް ފުވައްމްުލަކަށް އަންނަމުންދާ ކަމާއި އެއި އިތުރަށް ތަރައްގީކޮށް ނަފާވެރިަކން ރަށަށް ހޯދިދާނެ މުޅިން އައު ދާއިރާއެއްކަމަށެވެ.

މޭޔަރ ކަމަށ އިސްމާއީލް ވާދަކުރަނީ

މިހާރުވެސް “މަންތާ ޓްރަސްޓް” އިން އޮޝަނިކް މަންތާގެ ރިސާޗެއް ހެދުމުގެ މަސައްކަތތުގައި ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އަންނަކަމަށާއި އޮޝަނިކް މަންތާއާއި ބްލެކް މަންތާއަކީ ފުވައްމުލަކުގެ ފަރުން ފެންނަ ދެވަައްތަރެއްކަމަށާއި އެއީ ވަރަށް މަދުން ނުނީ ނުފެންނަ ވައްތަކެއް ކަމަށް ހާމަކުރެއްވިއެވެ.

އިބްރާހިމް މުހައްމަދު (ގާކެނޑިގެ -އިބްރާ)

ފުވައްމުލައް ސިޓީ އިރުދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (ގާކެނޑިގެ -އިބްރާ) ބޮޑަށް އަމާޒުކުރީ ޒަމާނީ ދަނޑުވެރިކަމަކަށ ްފުވައްމުލައް ހުޅުވާލުމާއި ގުޅެ ގޮތުންނެވެ. އެގޮތުން ހައިޑްރޯފޮނިކްސް އާއި އެކުއަރފޮނިކްސް އަދި ވާޓިކަލް ފާމިން ފަދަ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުހައްދާނެ ގޮތް ދަސްކޮށްދީ، އެކަމަށް ބޭނުންވާ ވަސީލައްތތައް ހެޔޮއަގުގައި ލިބޭނެ އިންތިޒާމު ހަމަޖއްސަވާ ދެއްވާނެކަމަށް ހާމަކުރިއްވިއެވެ.

ފުވައްމުލަކު އިރުދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު

އަދި ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އޯގަނީކް ފާމިންއަށް ދަނޑިވެރިން އަހުލުވެރިކުރުވުމަށް ތަމްރީނު ޕްރޮގްރާމުތައް ހިންގަވާނެކަމަށާއި ދަނޑުވެރިންނަށ ދުވަހުން ދުވަހަށް ބޭނުންވާ ފަންީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ފާހަގަކުރެއްވިއެވެ.

ފުވައްމުލަކުގެ ދަނޑުވެރިކަމަކީ މޫސުމީ ދަނދުވެރިކަމެއްގެ ބަދަލުގައި ޒަމާނީ ދަނޑުވެރިކަމުގެ ސިނާއަތަކަށް ބަދަލުކޮށް އެމަސައްކަތަކީ ރަށުގެ އިގުތިސާދީ ރަގަނޅު ހަރަކާތަކަށް ހަދަން މަސައްކަތް ކުރައްވާނެކަމަށް ޖޯޝާއި އިތުބާރާއެކު ހާމަކުރެއްވިއެވެ.

އެމްޑީޕީކެންޑިޑޭޓް އިނާޔާ

ފުވައްމުލައް ސިޓީ ހުޅަނގު ދެކުނު ދާއިރާ އެމްޑީޕީކެންޑިޑޭޓް އިނާޔާ އަމާޒުކުރެއްވީ ހުނަރުވެރި ޒުވާން ޖީލެއް ްބިނާކުރުމުގެ މައްޗަށެވެ. އެގޮތުން ރަށުގައި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. އެގޮތުން އެމްޑީޕީީ ސަރުކާރުން ރާއްވާފައިވާ ވޮކޭޝަނަލް ޓްރެއިނިން މަރުކަޒުގެ މަސައްކަތް އަވަސް ކުރުމަށް ރަށުފެންވަރުގައި ދެވެންހުރި އެހީތެރިކަން ދީ މަސައްކަތް އަވަސްކުރުވުމާއި ތަމްރީނު ޕްރޮގްރާމްތައް ފުޅާކުރުން ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އާމިނަތު އިނާޔާ

ހަރުދަނާ ޒުވާން ޖިލެއް ބިނާކުރުމުގެ ގޮތުން މަސައްކަތްތެރި ހީވާގި އަދި ވިސްނުންތެރި އުފެއްދުންތެރިން ބިނާކުރުމަށް ސަމާލުކަނދީ އެކަމަށް ރަނގަލު ބިންގަލެއް އަޅާނެކަމަށެވެ. އެގޮތުން ސްކޫލްތަކުގައި ވެސް ވޮކޭޝަނަލް ތްމަރީނުޕްރޮގްރާމުގެ ބައިތައް ހިންމުމަށް ްބާރު އަޅުއްވާނެކަމަށެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments