A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީ ކެންޑިޑޭޓް އިނާޔާގެ ކެންޑިޑެންސީ ބާތިލުކުރަން ހުށަހަޅެޅީ ގާނޫނުގައި ނެތް ކަމެއް

ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޭޓް އާމިނަތު އިނާޔާގެ ކެމްޕޭން ޕޯސްޓަރެއް

ފުވައްމުލައް ސިޓި ކައުންސިލަށް އެމްޑީޕީ ވާދަކުރާ އަންހެން ކެންޑިޑެޓް އާމިނަތު އިނާޔާގެ ކެންޑިޑެންސީ ބާލިތުކުރުމަށް ވާދަވެރި ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިއެވެ. އިނާޔގެ ކެްނދިެންސީ ބާތިލުކުރުން އިލްކްޝްނސް ކަމިޝަނަށް ހުށަހެލީ ގާނޫނުގަިއ ނެތް ކަމެއްގެ މައްޗަށް ބަރޯސާވެގެނ ކަން ވަނީ ހާމަވެފައެވެ. އިނާޔާ ވާދަކުރަނީ ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާއަށެވެ.

ޕީޕީއެމް ކޯލިޝަންއިން މީޑިއާއަށް ބުނެފައިވަނީ އެމަައްސަލަ ހައިކޯޓަށް ވެސް ވައްދާނެ ކަމަށެވެ. މައްސަލާގައި ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު އަދި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު “ސަން” އަށް ބުނެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު، އިނާޔާގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ހެއްކާއެކު ކަމަށާއި އެ މައްސަލާގައި އެ ކޮމިޝަނުން އިންސާފުވެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

“އިލެކްޝަންސް ކޮމިޝަނުން ޖަވާބެއް ދިނަސް ނުދިނަށް އަޅުގަނޑުމެން މި މައްސަލަ ހައިކޯޓަށް ހުށަހަޅާނަން،” ޕީޕީއެމްގެ ގާނޫނީ ޓީމްގެ ބޭފުޅަކު ހަވާލާދީ މީޑިއާތަކުގައި ހާމަކޮށްފައިއެވެ.

ޕީޕީއެމްގެ ގާނޫނީ ޓީމުން ބުނާ ގޮތުގައި ފުވައްމުލަކު ހުޅަނގު ދެކުނުދާއިރާގެ، އަންހެނުންނަށް ހާއްސަ، ގޮނޑިއަށްއެމްޑީޕީން ވާދަކުރާ ކެންޑިޑޭޓު، އާމިނަތު އިނާޔާއަކީ އެއިންތިހާބަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަނބަލެއް ކަމަށާއި އެ މައްސަލަ ހައިކޯޓަށް ހުށަހަޅަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާގެ ވާދަކުރާ ދެ ކެންޑިޭޓުން

ޕީޕީއެމްގެ ގާނޫނީޓީމުން ބުނާގޮތުގައި އިނާޔާ ޝަރުތު ހަމަނުވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަންބަރާއި ޚިލާފުވާތީ އެވެ.

ޕީޕީއެމްގެ ގާނޫނީޓީމުން ބުނަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އެ އިންތިހާބުގައި ފުލްޓައިމް ދަރިވަރަކަށް ވާދަނުކުރެވޭނެކަމަށެވެ. އަދި އިނާޠާއަކީ އިނާޔާ އަކީ ޒިކުރާ ކޮލެޖުގައި ފުލްޓައިމް ކޯހެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށެވެ. އަދި ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމުގެ ދަށުން މި ސެމިސްޓަރުގެ ފީ ވެސް އިނާޔާ ދައްކާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ.

ނަމަވެސް ގާނޫނު ނަމަބަރު 10/2010 އަށް 4 ވަނަ އިސްލާހެއް ގެނައީ ޕީޕީއެމްގެ ވެރިކަމުގައި އިނާޔާ ކުރިމަތިލައްވާ ދާއިރާ، (ފުނާޑު ހިމެނޭގޮތުން)އަށް ނިސްބަތްވާ މަސީޙު މެޖުލީހުގެ ރައީސް ކަމުގައި ހުންނަވަިއގެން 2017 ވަނަ އހަރުގެ ފުރަތަމަ އިސްލާހުގެ ގޮތުގައެވެ. އިސްލާހު ކުރެވިފައިވާ އެގާނުނުގެ 12 ވަނަ މާއްދާގެ 7 ވަނަ ނަމަބަރުގައި މިހާރު އޮތީ މުޅިން ތަފާތު އެކަމާއި ނުގުޅޭ ވާހަކައެކެވެ.

ލޯކަލްކައުންސިލްތަކުގެ އިންތިޚާގުގެ ގާނޫނަށް 2017ގައި ގެނެވުނު އިސްލާހު

ކަންމިހެން ހުރުމާއެކު ބެލެވެނީ އެއީ ޕިޕީއެމް ކޯލިޝަނަށް އިންތިޚާބުގެ ވާދަވެރި ދުވަސްވަރުގައި އެޅުނު ވަރަށް ބޮޑު ޅައެއްޗަކަށް ވެގެން ދާނެކަމަށެވެ. އަދި ކެމްޕޭނު ތެރޭގައި އެކ ދެރަބަހުން ސަލާމަތް ނުވެވިގެން އުޅެންޖެހުން ކައިރިއެވެ.
އެކަމަށް މިހާރުވެސް އެމްޑީޕީގެ ކެމްޕޭނަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވާނަ ފަށާފައެވެ. ޕީޕީއެމް ގާނޫނީ ޓީމު އަޕްޑޭޓް ނުވެ ބައިކޮޅަށް ގޯލު ޖަހަނީ ކަމަ ސްމިޙާރުވެސް ބުނަން ފަށައިފިއެވެ.

އިނާޔާގެ ގޮނޑި ބާލތިލުކޮށް ޕީޕިއެމް ކެންޑިޑޭޓް ނާފިއާއަށް ގޮންޑި ލިބޭނެ ކަމަށް ޕީޕީއެމް ގާނޫނީ ޓީމަށް ގަބޫލުކުރެވުނީ އެދާއިރާއަސް އިނާޔާއައި ވާދަކުރާ ހަމައެކަނި ކެންޑުިޑޭޓަކީ ޚަދިޖާ ނާފިއާ ކަމަށް ވުމެވެ. ނަމަވެސް ދާއިރާގެ ޕޮޕިއުލަރިޓީއަށް ބަލައިރު އިނާޔާ ފެންނަނީ މާކުރީގައި އުޅޭތަނެވެ.

މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީއިން އެންމެ ފަސޭހަކަމާއެކު އިންތިޚާބު ކަމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ކެންޑިޑޭޓަކީ ވެސް އިނާޔާއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    The ever best humble candidate, I stand with Inaa