ލޯކަލް ކައުންސިލް އިންތިޚާބު 2020ގެ ވޯޓުލުން ފެށިގެން ކުރިއަށް

ފުވައްމުލައް ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން 2021
Share on facebook
Share on twitter
Share on google

ލަސްކުރެވުނު 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ފުވައްމުލައް ސިޓީގައި ވެސް މިއަދު ހެނދުނު ފަށައިގެން ކުރިޔަށް އެބަދެއެވެ.

މި އިންތިޚާބުގައި ދެބައެއް ހިމެނެއެވެ. އެއީ 5 އަހަރު ދުވަހަށް ލޯކަލް ކައުންސިލްތަކަށް މެމްބަރުންނާއި މޭޔަރ ނުވަތަ އަތޮޅު/ރަށު ކައުންސިލްތަކުގެ ރައީސުން ހޮވުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެމްބަރުން ހޮވުމަވެ.

މާލެގަމު ވޯޓް ފޮށްޓަށް ވޯޓް ލުން 2021، ފޮޓޯ: ކެޑޭޓް

މިއިންތިާޚބަށް ފުވައްމުލައް ސިޓީ ވަނީ 6 ދާއިރާއަކަށް ބަހާލާފައެވެ. އެއިގެ ތެރެއިން 2 ދާއިރާއެއް ވާނީ އަންހެން މެމްބަރުންނަށް ޚާއްސަ ކުރެވިފައެވެ. ފުވައްމުލައް ސިޓީ ކައުންސިލަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް 6 މެމްބަރުން (ޖުމްލަ (12 މެމްބަރުން) ހޮވުމަށް ވޯޓުލާނެއެވެ. އަދި އެއިގެ އިތުރުން ސިޓީގެ މޭޔަރަކު ހޮވުމަށް މުޅި ރަށުގެ 6 ދާއިރާ އެކުލެވޭ ގޮތަށް ވޯޓުލާނެއެވެ.

ފުވައްމުލައް ސިޓީ މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުން 2021

ފުވައްމުލައް ސިޓީ ކައުންސިލަށް 7 މެމްބަރުން ހޮވުމުގެ ރޭހުގައި ވާދަކުރަނީ ޖުމްލަ 16 ކެންޑިޑޭޓުންނެވެ.

މޭޔަރުކަމަށް 3 ކެންޑިޑޭޓުން، ކޮންމެ ދާއިރާއަކަށް 2 މެމްބަރުން، (މާދަޑު މިސްކިތްމަގު ހިމެނޭ މެދު އުތުރު ދާއިރާ، R-3 އަށް 3 މެމްބަރުން)

އެމްޑީޕީ 7،  ޕީޕީއެމް 7

ޖޭޕީ 1، މިނިވަން 1

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސަކަތްކުރާ ކޮމެޓީއަށް 6 ދާއިރާއިން 6 މެމްބަރުން ހޮވުމަށް 11 ކެންޑިޑޭޓުން ވާދަކުރެއެވެ.

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގިއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރާ ކެންޑިޑޭޓުން 2021

އެމްޑީޕީ 5،  ޕީޕީއެމް 4

މިނިވަން 2.

މި އިންތިޚާބުގައި ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރީ، މިނިވަން އެންމެ ކެނޑިޑޭޓެއް ކަމުން އޭނާ ވަނީ އިންތިޚާބަކާއި ނުލައި މަގާމަށް ހޮވިފައެވެ.

ހޮވިފައިވާ ކެންޑިޑޭޓް: އަސިފާ އިބްރާހިމް – މިނިވަން

 

މުޅި ރާއްޖެއިން މިއިންތިޚާބުގައި ހޮވަން ހަމަޖެހިފައި ވަނީ:

ކައުންސިލްތަކަށް 577 މެމްބަރުން – ވާދަކުރާ ކެންޑޭޑޭޓުން 2236

އެމްޑީޕީއިން 524 ގޮނޑިއަށް 805، ޕީޕީއެމް 648

ޖޭޕީ 115، އެމްޑީއޭ 20

އަދާލަތު ޕާޓީ 28، އެމްއާރުއެމް 15

މިނިވަން 600، އެހެން ޕާޓީތަކުން 5

އިންތިޚާބަކާ ނުލައި، ލޯކަލް ކައުންސިލްތަކަށް 30 ކެންޑިޑޭޓަކު ވަނީ ހޮވިފައި.

މިއަދު ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުން – ފުވައމްުލައް ސީޓީ

އަންހެނުންގެ ތަރައްގީއަށް މަސަކަތް ކުރާ ކޮމެޓީތަކަށް ވާދަކުރަނީ 1،580 ކެންޑިޑޭޓުން.

އެއިގެތެރެއިން އިންތިޚާބަކާ ނުލައި، 90 ކެންޑިޑޭޓަކު ވަނީ ހޮވިފައި.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments