ދޮންބެ ހުށަހެޅި ބިލް މަޖުލީހުން ފާސްވީ ފުރޮޅިގެން

އެމްޑީޕީގެ ދެ ބާރު- ކުރިޔަށް...؟
Share on facebook
Share on twitter
Share on google

އާއްމު ސިއްހަތު ރައްކާތެރިކުމުގެ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ހުށަހެޅި އިސްލާޙުގެ ބިލް މަޖުލީހުގެ ތަޅުމުން ބުރާސްފަތި ދުވަހު ނިމިގެން ދިޔައީ މުޅިން އިދިކޮޅަށް ފުރޮޅިގެންވެ. މިއީ އާއްމު ސިއްހަތުގެ ގާނޫ 7/2012 އަށް 4 އިސްލާހެއް ހުށަހެޅުމަށް ފޮނުވާފައިވާ އިސްލާހެކެވެ.

ދޮންބެގެ މިހުށަހެޅުން 2020 ވަނަ އަހަރު މަޖުލީހުން ވަނީ ބަލައިގެންފައެވެ. އަދި މަޖުލީހުގެ ޖުޑިޝަރީ ކޮމެޓީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ބިލް ކޮމެޓީއިން ފާސްކޮށް މަޖުލީހުގެ ތަޅުމުގެ ބަހުސަށްފަހު ވޯޓް ނެގީ ބުރާސްފަތި (29 އޭޕްރީލް 2021) ދުވަހުގައެވެ.

މިބިލު ތަޅުމަށް އައިއިރު އެންމެ ބޮޑަށް ބަހުސުކުރެވިފައި ވަނީ ސިއްޙީ ކުއްލި ނުރައްކާ އިއުލާންކުރުމުގެ ބާރު ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ބަދަލުވެގެންދާ ގޮތަށް އޮތް ޕޮއިންޓަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ގާނޫނު އަސާސީ އާއި ފުށުއަރާ ކަމަށާއި އެކަން އިސްލާހު ވެގެން ދާނެކަމަށް ގިނަ މެމްބަރުން ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ). މަޖުލިސް މަޖުލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ

ނަމަވެސް ތަޅުމުން ފާހަގަވެގެން ދިޔައީ އެމްޑީޕީގެ މަޖުލިސް މެމްބަރުން ދެބަޔަކަށް ބެހިގެން ދިޔަތަނެވެ. އެއްބަޔަކު މިބިލަށް ތާއިދުކޮށް އެކަން ކުރަން ގިނަ ވާހަކަތަކެއް ދެއްކި އިރު ދެން ތިބި މެމްބަރުން މާކަގިނަ ވާހަކަތަކެއް ނުދައްކަވައެވެ. ނަމަަވެސް ބިލުގެ ފަހު މަރުހާލާ (މަޖުލީހުގެ ތަޅުމުން ކޮމެޓީ ރިޕޯޓަށް ބަހުސުކުރުން) ގައި ހުށަހެޅީ ބިލްގެ އެންމެ މުހިންމު މަގުސަދު ގެއްލޭ އިސްލާހެކެވެ. އަދި އެއަށް ތާއިދުކޮށް އެގޮތަށް ވޯޓުގެ އަޣުލަބިއްޔަތު ވެސް ހޯދިއެވެ.

މިބިލުގެ ބަހުސުތަކަށް ބަލާއިރު ސަރުކާރުން އެގޮތަށް ބިލް ފާސްކުރަން ބޭނުން ނުވާކަން ވަނީ ހާމަވެފައެވެ. އަދި މަޖުލީހުގެ ތަޅުމުން ބޭރުގައި ބައެއް މެމްބަރުންނަށް ސަރުކަރުގެ ވަޒީރުން ނުފޫޒު ފޯރުވާކަމުގެ ވާހަކަތައްވެސް ނުސީދާކޮށް ދެކެވިގެން ދިޔައެވެ. އެމްޑީޕީގެ ބައެއް މެމްބަރުންގެ ޕާލެމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ވެސް އަންނަ ފޯނު ކޯލަކާއެކު ވޯޓު ދޭގޮތް ބަދަލުވެގެންދާ ވާހަކަ ވެސް އިވިގެން ދިޔައެވެ.

އެމްޑީޕީގެ ދެފެކްޝަނެއްގެ އޮންނަކަމަށް ދައްކަމުންދާ ވާހަކަ އިތުރަށް ތިލަވެގެން ދިޔަ ވޯޓެއްކަމަށް ސިޔާސީ މާހައުލު ދިރަސާކުރާ ފަރާތްކުން ބުނެއެވެ. އެގޮތުން ބިލަށް އަލުން އިސްލާޙު ހުށަހެޅުއްވީ ރައީސް ސޯލިހުގެ ފަޅިން ށ. ފޮނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ. އަދި ތާއިދުކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެނާ އާދަމެވެ.

މަޖުލީހުގެ ތަޅުމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ މެމްބަރުން ވާހަކަ ދެއްކެވީ މިބިލަށް އިތުރު އިސްލާހެއް ނުގެނެސް ކޮމެޓިން ނިންމި ގޮތަށް ފާސްކުރުމަށެވެ. އަދި ކޮމެޓިގެ މުގައިރިރު އިމްތިޔާޒު ފަހުމީގެ މަސައްކަތަށް ވަރަށް ބޮޑަށް ތާއިދުވެސް ކުރިއެވެ. ނަމަވެސް އެއީ ސަރުކާރުން ބޭނުންވި ގޮތާއި އިދިކޮޅެވެ. ރައީސް ނަޝީދުގެ ފެކްޝަނުން އެބިލަށް ބަދަލެއް ނުގެނެސް ފާސްކުރުމަށް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ބިލް މަޖުލީހުގެ 37 އަދި 31 ވޯޓުން ފާސްކުރީ ސަރުކާރުން ބޭނުންވި ގޮތަށެވެ. އެއީ ސިއްޙީ ކުއްލި ނުރައްކާ އިއުލާންކުރުން މިހާރުވެސް އޮތްގޮތަށް ރައީސުލް ޖުމްހޫރިއްޔާއާއި އާއި ނުލައި އަދި މަޖުލީހާއި ނުބައްސައި އެކަން ކުރާ ގޮތަށެވެ.

އިއްޔެގެ މަޖުލީހުގެ ތަޅުމުގައި މިބިލަށް ވާހަކަ ދެއްކި އެމްޑީޕީގެ 2 މެމްބަރުން ފިޔަވައި އެންމެން ވެސް ބާރު އެޅުއްވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާއަށް އެކަނި ކަމަށާއި އަދި އެކަން މަޖުލީހުން ފާސްކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް ފާސް ވީ އެއާއި އިދިކޮޅަށެވެ.

ބިލް ހުށަހެޅުއްވި ދޮންބެ (މުހަައްމަދު ރަޝީދު) ތަޅުމުގައި ވާހަކަ ދައްކަވަމުން ފާހަގަ ކުރެއްވީ މިހާރު އޮންނަ ގޮތަން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތުއަށް ރައީސުލް ޖުމްހޫރިއްޔާއަށް ވެސް ނުލިބޭ ބާރު ގާނޫނަކުން ލިބޭތީ އެއީ އެކަށީގެންވާ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ގާނޫނު އަސާސިގެ 235 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ބާރުލިބިގެންވާ 5 ހާލަތުގެ ތެރެއިން 2 ވަނަ ހާލަތަކީ ބަލިމަޑުކަމެއް ފެތުރޭ ހާލަތެވެ. ވުމާއެކު އެހާލަތަށް ނުފެތި ގާނޫނު އަސާސިގެ 115 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ހަލަތު އިއުލާންކުރާނީ ރައީސުލް ޖުމްހޫރިއްޔާ އޭ ބުނާ ބުނުމާއި ތައާރަޒު ވާގޮތަށް އާއްމު ސިއްހަތުގެ ގާނޫނުން އެކަން ކުރުމަކީ ގާނުނުއަސާސީއާއި ޚިލާފުކަމެއްކަމަށް ގިން މެމެބަރުން ފާހަގަ ކުރެއްވިއެވެ.

ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު ދީދީ. މަޖުލިސް ޖަލްސާގައި މިބިލުގެ ރިޕޯޓަށް ތާއިދުކުރައްވައި ވާހަކަ ދެއްކެވި.

ބިލް ހުށަހެޅުއްވި މަގުސަދުގައި ބުނެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައި މިހާރަށް ވުރެ ހަރުދަނާ އަދި ދެފުށްފެންނަ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށާއި، ރައްޔިތުންގެ މަޖުލީހަށް ޖަވާބު ދަރީ ކުރެވޭގޮތް ހެދުމަށް  ކަމުގައި ވިނަމަވެސް ބިލް ފާސްވެގެން ދިއޔައީ އެއާއި މުލިން ތަފާތުގޮތަކަށެވެ. ބިލަށް ވާހަކަ ދެއްކި ގިނަ މެމްބަރުންތަކެފާހަގަ ކުރީ މިއަދު ފުނަދޫދާއިރާގެ މެމެބަރު ހުށަހެޅުއްވީ ގާނޫނާއި ޚިލާފު އިސްލާހެއްކަމަށެވެ. ނަމަވެސް މަޖުލީހުގެ ރިޔަސަތަށް ގާނޫނީ ލަފަ ލިބިފައިވަނި އެއިސްލާހު ގާނޫނާއި ޚިލާފު ނޫން ކަމަށެވެ. ވުމާއެކު އެއިސްލާހަށް ވޯޓަށް އެހުމުން ހަނި އަޣުލަބިއްޔަތަކުން ފާސްވެސް ވީއެވެ.

ރައްޔިތުންގެ މަޖުލީހުން ބިލްތަކަށް ވެގެންދާނެ ގޮތުގެ ޔަގީންކަން ސަރުކާރުކާރަށް ނޯންނާތީ މަޖުލީހުގެ ރުހުން ހޯދަން އެފަދަ ހާލަތެއްގައި ދާން ސަރުކާރު ބޭނުން ނުވަނީ ކަން ފޮނަދޫދާއިރާގެ މެމެބަރުގެ ވާހަކައިން ހާމަވިއެވެ. ސަރުކާރު ފަޅިން ރައީސުލް ޖުމްހޫރިއްޔާ ކުއްލި ނުރައކާ އިއުލާން ކުރަން އެއްބަސްވި ނަމަވެސް އެކަމަށް މަޖުލީހުގެ ރުހުން ހޯދަން ޖެހެތީ ކަންބޮޑުވަނީކަން އެނގިގެން ދިޔައެވެ.

މިބިލް މަޖުލީހުގެ ކޮމެޓީއިން ނިންމި ގޮތަށް ފުވައމްުލަކު މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު ވެސް ތާއިދުކުރެއްވައި ވާހަކަ ދެއްކެވިއެވެ. ނަމަވެސް ފުވައްމުލަކު ދެކުނު ދާއިރަގެ މެމްބަރު މުހައްމަދު މުމްތާޒުގެ އަޑެއް މިބިލުގެ ބަހުސުން އިވިފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާއިން ސަރުކާރުގެ ސީދާބާރު މަޖުލީހުގައި އޮތް މިންވަރު ހާމަވެގެންދިޔައީއެވެ.

3.3/5.0 Article rating
9 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments