ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެތެރެއިން ބަލި ޖެހިފައިވަނީ %3-%4 މީހުންނަށް

ވެކްސިން ޖެހި ނިސްބަތުން ބައްޔަށް ޕޮޒިޓިވް ވި މީހުން
:މުހައްމަދު ޝިހާބް
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ ތެރެއިން ބަލި ޖެހިފައިވަނީ ނިސްބަތުން މަދު މީހުނަށްކަން ފުވައްމުލަކު ހޮސްޕިޓަލުން ރޭ ހާމަކުރި މައުލޫމާތުތަކުން އެނގެއެވެ. ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ގެ މަދުވެގެން އެއް ޑޯޒް ޖަހާފައިވާ އަދަދަކީ 5819 އެވެ. މީގެތެރެއިން ކޮވިޑް-19 ބަލި ޖެހިފައި ވަނީ ދެޑޯޒް ފުރިހަމަކުރި މީހުންގެ ތެރެއިން %3 އަަށް އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން %4 އަށެވެ.

ފުވައްމުލައް ސިޓީގެ ކޮވިޑް-19 ދެ ވަނަ ރާޅާއެކު މިހާތަން ބަލިޖެހިފައިވާ 459 މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ، ކޮވިޑް-19 ވެކްސިން ޖެހުމުގެ ފުރުސަތު އޮތް 316 މީހުންކަމަށް ހޮސްޕިޓަލުން ހާމަކުރެއްވިއެވެ. އެއިގެ މާނައަކީ ބަލި ޖެހިފައިވާ 143 މީހުންނަކީ 18 އަހަރުން ދަށުގެ ކުޑަކުދިން ކަމެވެ.

ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ 3119 މީހުންގެ ތެރެއިން 101 މީހަކަށް ބަލި ޖެހިފައިވާކަމަށް ދައްކައެވެ. އެއީ ވެކްސިން ޖެހި މީހުންގެ ނިސްބަތުން އެންމެ %3 މީހުންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ 5819 މީހުންގެ ތެރެއިން 243 މީހުނަށް ބަލި ޖެހިފައިވާކަމަށް ދައްކައެވެ. އެއީ ވެކްސިން ޖެހި މީހުންގެ ނިސްބަތުން އެންމެ %4 މީހުންނެވެ.

އެއްވެސް ގޮތަކަށް ކޮވިޑް-19 ވެކްސިން ޖަހާފައިނުވާ، ފުވައްމުލައް ސިޓީގައި ދިރިއުޅޭ 18 އަހަރުން މަތީގެ އާބާދީ ކަމަށް ބެލެވޭ 1916 މީހުންގެ ތެރެއިން 73 މީހުންނަށް ބަލި ޖެހިފައި ވެއެވެ. އެއީ އެ އާބާދީގެ %4 އެވެ. ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖާހާ އާބާދީ ނިސްބަތުން ކުޑަވުމުގެ ސަބަބުން ބަލި ޖެހިފައިވާ ކަމަށް ދައްކާ އަދަދު އަދި އިންސައްތަ ވެސް ކުޑަވެގެން ދާނެކަމަށް ގަބޫލުކުރެވެއެވެ. އެއީ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުން މަދުވުމުންނެވެ.

ރޭ ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއްވީ ކޮވިޑްގެ ދެވަނަ ރާޅާއެކު މިބަލި ޖެހިފައިވާ މީހުންގެ ތެރޭގައި މިނިސްބަތް ހުރި ގޮތަށެވެ. އެއީ މިފަދަ އަދެއް އަޅާކިޔުމަށް އެންމެ އެކަށޭނަ ގޮތްކަމަކަށް ނުބެލެވެއެވެ. އަދި އެއިގެ ސަބަބުން މީހުންނަށް ގޯސް މެސެޖެއް ލިބިގެން ހިގައިދާނެ ކަމަށް ބެލެވެއެވެ. ވެކްސިންގެ ރައްކާތެރިކަން ބަޔާންކޮށްދިނުމަށް އަޅާ ކިޔަން ޖެހެނީ ވެކްސިން ޖެހި ޖުމްލަ މީހުންނާއި ބަލި ޖެހުނު މީހުންނާއެވެ. ބަލި ޖެހުނު ޖުމުލަ މީހުންގެ މެދުގައި އަޅާ ކިޔަމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ރޭ ހާމަކޮށްފައި ވަނީ ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ދެވަނަ ރާޅާއެކު ބަލިޖެހިފައިވާ މީހުންގެ ނިސްބަތުން ވެކްސިން ޖަހާފައިވާ މީހުންނެވެ. އެ އަދަދުތަކުން ވެކްސިނުން ލިއްބައިދޭ ރައްކާތެރިކަމުގެ މާނަ އެއްވެސް ގޮތަކަން ހާމަކޮށް ދޭކަމަކަށް ނުބެލެވެއެވެ. އެގޮތުން ބަލިޖެހިފައިވާ މީހުންގެ %77 އަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން ކަމަށާއި އަދި ބަލި ޖެހުނު މީހުންގެ ތެރެއިން %32 އަކީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންކަމަށް ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން ބަލި ޖެހުނު މީހުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖާހާ މީހުން މީހުންގެ ނިސްބަތަކީ %23 ކަމަށް ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ހުރިހާ ވެކްސިން ޖެހުމަކީ ބަލި ނުޖެހޭނެކަން ޔަގީންކޮށްދޭ ކަމެއް ނޫނެވެ. ނަމަވެސް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަކެވެ. މީގެ ިއތުރުން ވެކްސިންގެ އެންމެ އިތުބާރު ބޮޑީ ބަލި ޖެހުނަސް ބަލީގައި މީހާ ނުރައްކާތެރި ޙާލަތަކަށް ނުގޮސް ސަލާމަތްކޮށްދިނުމެވެ.

މިކަން ފުވައްމުލަކުގެ ތަފާސް ހިސަބުތަކުން ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ. އެއީ 524 (މުޅި ޖުމްލަ) ނުވަތަ 459 މީހުންނަށް ބަލި ޖެހުނު އިރު އެއްވެސް މީހަކު ބަލީގައި މަރުވުން ފަދަ ހިތާމަވެރި ހާލަތެއް ދިމާވެފައި ނުވުމާއި ބަލީގައި މިހާތަނަށް ވެސް އިތުރު ފަރުވާ ދޭން ޖެހިފައި ވަނީ އެންމެ 3 މީހަކަށް ކަމަށްވަފއި ވާތީއެވެ. އެއީ އުމުރުން ދުވަސްވެ ބަލީގެ ނާޒުކު ހާލަތުގެ މީހުންކަމަށް ވީއިރުވެސް އެމީހުން ވެންޓިލޭޓަރަށް ލާން ނުޖެހި ބަލިން ސަލާމަތްވެފައި ވުމެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި އެ 3 މީހުންނަށް ވެސް އިތުރު ފަރުވާ ދޭން ޖެހުނީ އެމީހުން ގައިގައި ހުރި އެހެން ބަލިތަކަކަށެވެ. ސީދާ ކޮވިޑް-19 ބައްޔަކަށް ނޫނނެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments