ކޮވިޑް-19 އަޕްޑޭޓް: ފުވައްމުލައް ސިޓީ އަދިވެސް މޮނިޓަރިންގައި – ފާއިތުވި މަސް ދުވަހުގެ ޕޮޒިޓިވްވި އެވްރެޖް ހުރީ 4 ގައި

ކޮވިޑް-19 ފުވައްމުލައް ސިޓީގެ ދުވަހީ އަދަދު. ޖުލައި 2021
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީ އަދިވެސް އޮތީ ކޮވިޑް-19ގެ ޙާލަތު މޮނިޓަރިންގައެވެ. ފާއިތުވި ޖުލައި މަސް ނިމުނު އިރު އެމަހުގެ ޕޮޒިޓިވްވި އެވްރެޖް ހުރީ 4 ގައެވެ. ރަށުތެރޭގެ ސާމްޕަލުން ޖުލައި މަހު ޕޮޒިޓިވް ވެފައިވަނީ ޖުމުލަ 24 މީހުނެވެ. މަހުގެ ކުރީ ކޮޅުގައި ރަށުތެރޭގެ ސާމަޕްލުން ޕޮޒިޓިވްވި ކޭސްތައް ގިނަ ނަމަވެސް މަހުގެ ފަހުކޮޅު ކޭސްތައް މަދުވެފައި ވެއެވެ.

އިއްޔެ، 31 ޖުލައި2021 ގައި 4 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު އޭގެތެރެއިން 2 މީހުންނަކީ ރަށުތެރޭގެ ސާމްޕަލްކަތުން (ރޭންޑަމް، ފުލޫ ކްލިނިކް، އެކްޓިވް ސާވޭލަންސް) އިން ޕޮޒިޓިވްވި މީހުންނެވެ. އަނެއް 4 މީހުންކީ ބަލީގެ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. މިއެންމެންކީ ވެސް ދިވެހިންނެވެ. އިއްޔެގެ އިތުރުން އެންމެ ފަހުން ރަށުތެރޭގެ ސާމްޕަލުން ޕޮޒިޓިވްވެފައި ވަނީ ޖުލައި މަހު 27 ވަނަ ދުވަހު ފެނުނު 2 ޕޮޒިޓިވް ކޭސް އެވެ.

ކޮވިޑް-19 ފުވައްމުލައް ސިޓީގެ ޕޮޒިޓިވުޓީ ރޭޓް. މެއި-ޖުލައި 2021 – ފުވައްމުލައް ސިޓީ ކައުންސިލް

މިހާރު ބަލީގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 55 އަށް ތަންކޮޅެއް މައްޗަށް ޖެހިފައެވެ. މިހާރު ތިބި އެކްޓިވް އެންމެނަކީ ވެސް ދިވެހިންނެވެ. މީގެ ތެރޭގައި ރޭންޑަމް ސާމްޕަލުން ޕޮޒިޓިވެފައިވާ 1 މީހާކާއި ފުލޫ ކްލިނިކުން ޕޮޒިޓިވް ވެފައިވާ 10 މީހުން ހިމެނެއެވެ. ދެން ތިބީ ހޯމް ކަރަންޓީނުން ޕޮޒިޓިވްވި އެއް މީހަކާއި ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި 43 މީހެކެވެ.

މިހާތަނަށް ފުވައްމުލައް ސިޓީއިން ޖުމުލަ 874 މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު 820 މީހުން ބަލިން ރަނގަޅުވެފައި ވެއެވެ.

އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 116 (ރަށުތެރޭ 73)

ނަތީޖާ ނުލިބޭ 125

ނަތީޖާ ލިބުނު 95 (ރަށުތެރޭ 58)

މިހާތަނަށް ފުވައްމުލައް ސިޓިއިން 19،473 ސާމްޕަލް ނެގިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކޮވިޑް ޑޭޝްބޯޑުގައި ހާމަކޮށްފައި ވެއެވެ. މިވަގުތު ކޮވޑް-19 އެކްޓިވް ކޭސްތައް ތިބީ ފުވައްމުލައް ސިޓީގެ 6 އަވަށެއްގައެވެ. މިހާރު އެކްޓިވް ކޭސްތައް ތިބި އަވަށްތަކަކީ ހޯދަޑު 20، މިސްކިތްމަގު 15، މާދަޑު 8، ދިގުވާޑު 7، މާލެގަން 4، އަދި ފުނާޑު 1 އެވެ.

މިބަލީގައި ފުވައްމުލައް ސިޓީއިން މިހާތަނަށް އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި ސީރިއަސް ޙާލަތުގައި ވެސް އެއްވެސް މީހަކު ނެތެވެ. ބަލީގެ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީއަށް ފޮނުވީ ޖުމުލަ 3 މީހުން ވެސް ބަލިން ވަނީ ރަނގަޅު ވެފައެވެ.

މިހާރު ފުވައްމުލައް ސިޓީގެ ކާފިއުގެ ވަގުތަކީ ރޭގަނޑު 11:00 އިން ފަތިހު 4:00 އަށެވެ.

މޮނިޓަރިންގައި އޮތުމުން ދަތުރުފަތުރުކުމުގެ ބޮޑެތި ދަތިތަކެއް ހުރުމުން، ބޭސްފަރުވާއަށާއި ޒަރޫރީ އެހެނިހެން ބޭނުންތަކަށް އައްޑޫ ސިޓީ އަށް ހަފުތާއަކު ދެ ދުވަހު ލޯންޗު ފެރީގެ ދަތުރުތައް ބޭއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފުރަތަމަ ދަތުރު މާދަމާ، 2 އޮގަސްޓް އަށް ލަސްކުރެވިފައެވެ. އާއްމުކޮށް މި ދަތުރުތައް ބާއްވަނީ ހަފުތާގެ ބުރާސްފައްޗާއި އާދީއްތަ ދުވަހުއެވެ.

މި ޖުލައި މަހު ވެކްސިން ޖެހި މީހުން – ފުވައްމުލައް ސިޓީ. ޖުލައި 2021

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: އީދުގެ ފަހުން – އާއެކު ޖުމުލަ 5972

ދެވަނަ ޑޯޒް: އީދުގެ ފަހުން -، އާއެކު ޖުމުލަ 4673

2.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments