ކޮވިޑް-19 އަޕްޑޭޓް: ފުވައްމުލައް ސިޓީއިން ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވޭ

ކޮވިޑް-19 ފުވައްމުލައް ސިޓީގެ ދުވަހީ އަދަދު. 20 އޮގަސް 2021
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީއިން ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވާކަން މި އޮގަސްޓް މަހުގެ މިހާހިސާބަށް ތަފަސް ހިސާބުތަކުން ދައްކައެވެ.

މި މަސް ފެށުނު އިރު ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވަމުން އައި ނަމަވެސް މިހާރު އަނެއްކާވެސް އެހާލަތު ބަދަލުވެ ބައްޔަށް ފައްސިވާ މިހުން އިތުރުވާމުންދާކަން މިވަނީ ފެންނަން ފަށާފައެވެ. އެގޮތުން މިމަހު 5 ވަނަ ދުވަހު ފުވައްމުލައް ސިޓީ އެޗްޕީއޭގެ ދެވަނަ މޮނިޓަރިން އިން 3 މަސްދުވަހަށްފަހު ނެއިިއރު ކޮވިޑްމބަލިގެ އެކްޓިވް ތިބީ 44 މީހުންނެވެ. އަދި ނަތީޖާ ލިބޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވް ވާ ރޭޓް ހުރީ %8.3 ގައެވެ. އަދި ރަށުތެރޭ ސާމްޕަލް (ރޭންޑަމް، ފުލޫ ކްލިނިކް، އެކްޓިވް ސާވޭލަންސް) އިން މީހަކު ފައްސިވަމުން ދިޔައީ މަދު ދުވަހެއްގައެވެ.

ނަމަވެސް މިހާރު އެހާލަތު މިވަނީ ބަދަލުވެފައެވެ. ފާއިތުވި 14 ދުވަސް (7-20 އޮގްސްޓް) އަށް ރަށުތެރެ ސާމްޕަލް އިން އިން މީހުން ޕޮޒިޓިވް ވާ އެވްރެޖު ހުރީ ދުވަހަކަށް 4.7 ގައެވެ. އަދި އިއްޔެ ޖުމަލް 17 މީހަކު ޕޮޒިޓިވް ވިއިރު އެއިގެ ތެރެއިން 9 މީހަކީ ރަށުތެރޭ ސާމްޕަލް އިން ފައްސިވި މީހުންނެވެ. މިހާރު ނަތީޖާ ލިބޭ ސާމްޕަލްގެ (204) ނިސްބަތުން ޕޮޒިޓިވްވާ ރޭޓް ހުރީ %8.3 ގައެވެ.

ކޮވިޑް-19އަށް ފުވައްމުލައް ސިޓީއިން ޕޮޒިޓިވްވި ކުޑަކުއްޖަކަށް އެބަލީގެ ކޮމްޕިކޭޝަންސް ތަކެއް ދިމާވެގެން އައިސީޔޫގައި ފަރުވާދީފައި ވާކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓާރު ފައިސަލް ވަނީ ހާމަކުރައްވާފައެވެ. އަދި އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑރ. ފައިސަލް އިލްތިމާސް ކުރައްވާފައި ވެއެވެ. މިމަހުގެ ކުރީކޮޅު (3 އޮގަސްޓް 2021) ފުވައްމުލައް ސިޓީއިން އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވިއިރު ކޮވިޑް ޖެހިފައިވާ ކަން ވަނީ އެނގިފައެވެ.

އިއްޔެ ފުވައްމުލައް ސިޓީއިން ކޮވިޑް ބައްޔަށް ޕޮޒިޓިވްވި 17 މީހުނާއެކު ބަލި ޖެހުނު މީހުންގެ ޖުމުލަ މިވަނީ 1100 އަށް އަރާފައެވެ. އަދި ބަލީގެ އެކްޓިވް 180 މީހުން އެބަތިއްބެވެ.

މިހާތަނަށް ވެކްސިން ޖެހި މީހުން – ފުވައްމުލައް ސިޓީ. 20 އޮގަސްޓ 2021

ކޮވިދް ބަލި ރަށުތެރޭގައި ފެތުރެމުންދާތީ ބައެއް ފަރާތްތަކުން އަންނަނީ ފުވައްމުލައް ސިޓީ އަލުން މޮނިތަރިންއަސް ލައި ރަށުގައި ކާފިއުގެ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލަމުންނެވެ. ނަމަވެސް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންތަރުން އަދި ފުވައްމުލައް ސިޓީ ކައުންސިލްން އެކަމަށް މަޝްވަވަރާ ކުރުމަށްފަހު ނިންމާފައިވނީ ކާފިއުގެ ފިޔަވަޅުތައް އަޅައި ރަށްހެ ހަރަކާތައް އެއްކަށް ބަންދުކުރުން ނުފެންނަ ކަމަށް ނިންމާފައެވެ. އަދި އެންމެވެސް ބަލިފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅތައް އެޅުމަށާއި އުސޫލުތަކަށް ތަބާވުމަށް ސަމލުކަން ދިނުމަށް ވަނީ ގޮވާލާފައެވެ.

އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 158 (ރަށުތެރޭ 117)

ނަތީޖާ ނުލިބޭ 116

ނަތީޖާ ލިބުނު 204 (ރަށުތެރޭ 83)

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު އާއްމު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: – އާއެކު ޖުމުލަ 7043

ދެވަނަ ޑޯޒް:  -، އާއެކު ޖުމުލަ 5273

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments