A wide advertisement which will be shown on all devices. (700 x 100)

ހަކުރުބަލީގެ މައުލޫމާތު ކޮންމެ މީހަކަށްވެސް އެނގުން މުހިންމު

ހަކުރުބަލިގެ 3 ވަނަ ވައްތަރު - ޖެސްޓޭޝަނަލް ޑައިބެޓިކްސް - މާބަނޑުމީހުންނަށް ދިމާވާ ގަކުރުބަލި

ހަކުރުބަލި ނުވަތ ޑައިބެޓްސް އަކީ ހަށިގަނޑުގައި އިންސިއުލުން ނުއުފެއްދުމުންނާއި، ހަށިގަނޑުގައި އުފައްދާ އިންސުލިން އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވުމުން ދިމާވާ މައްސަލަތަކެކެވެ. އިންސުލިންއަކި ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރާ ހޯމޯންއެކެވެ. އިންސުލިން އުފައްދާ ހަށިގަނޑުގެ ގުނަވަނަކީ ޕެންކްރީސް ނުވަތަ ފިތެއެވެ. މީގެ ސަބަބުން މައްސަލަތައް ދިމާވަނީ ލޭހޮޅިތަކަށާއި ނާރުތަކަށެވެ.

ހައިޕާގްލައިސީމިއާ ނުވަތަ ލޭގައި ހަކުރުގެ މިންވަރު މަތިވުމަކީ ހަކުރުގެ މިންވަރު ހަށިގަނޑުގައި ކޮންޓްރޯލް ނުކުރެވޭކަން އެންމެ އާއްމްުކޮށް އެނގޭގޮތެވެ. ގިނަ ދުވަހަސްތަކަކަށް ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ނުކުރެވި ހުރެއްޖެނަމަ ހަށިގަނޑުގެ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ދިމާވެއެވެ. ޚައްސަކޮށް ނާރުތަކުގެ ނިޒާމާއި ލޭހޮޅިތަކުގެ ނިޒާމަށެވެ.

ހަކުރުބަލި ޖެހުމަށް މަގުފަހިވާ މައިގަނޑު 4 ކަމެއް ފާހަގަ ކުރެވެއެވެ. އެއީ ހެލިފެލިވެ އުޅުން މަދުވުމާއި، ނުރަނގަޅު ކާނާ ކެއުން އިތުރުވުމާއި، ބަރުދަން ހުންނަންވާ ވަރަށްވުރެ އިތުރުވުން އަދި އާއިލާގައި ހަކުރުބަލީގެ މީހުން ތިބުމެވެ. މީގެ ތެރެއިން ވެސް ހެލިފެލިވެ އުޅުން މަދުވުމާއި ބަރުދަން ހުންނަންވާ ވަރަށްވުރެ އިތުރުވުން ނުވަތަ މާބޮޑަށް ފަލަވުމަކީ ހަކުރުބަލީ ޖެހޭ މީހުންގެ %89-%90 މީހުންގެ ކިބައިން ފެންނަ ކަންކަކަމެވެ. ޑައިބެޓްސް ނުވަތަ ހަކުރުބަލީގެ 3 ވައްތަރެއް ހުރެއެވެ. އެއީ ޓައިޕް 1 އަދި ޓައިޕް 2 އާއި ޖެސްޓޭޝަނަލް ޑައިބެޓްސް އެވެ.

ހަކުރު ބަލީގެ ޓައިޕް 2:

މިއީ އެންމެ އާއްމުކޮށް ފެންނަ ހަކުރުބައްޔެވެ. މިބަލީގައި ހަށިގަނޑުން އުފައްދާ އިންސުލިން ފުރިހަމައަށް ބޭނުން ނުކުރެވުމުން ދިމާވާ މައްސަލައެކެވެ. މިބަލި ޖެހުމުގެ އެންމެ ބޮޑު ސަބަބަކަށް ބެލެވިފައިވަނީ ހެލިފެލިވެ އުޅުން މަދުވުމާއި ބަރުދަން ހުންނަންވާ ވަރަށްވުރެ އިތުރުވުން ނުވަތަ މާބޮޑަށް ފަލަވުމެވެ. ހަކުރުބަލީގެ %95 އަށް ވުރެ ގިނަ މީހުންނަކީ ޓައިޕް 2 ގެ ބަލި މީހުންކަ މަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ހާމަކުރައްވައެވެ. ޓައިޕް 2 ގައި މީހާގެ ހަށިގަނޑުން އުފައްދާ އިންސުލިން މާއްދާ ބޭނުން ނުކުރެވި ގިނަވުމުން މައްސަލަތަައް ދިމާވަނީއެވެ. އެންމެ ގިނައިން މިވައްތަރު ފެންނަނީ ބޮޑެތި މީހުންގެ ކިބައިންނެވެ.

ހަކުރު ބަލީގެ ޓައިޕް 1:

މިއީ ހަށިގަނޑަށް ބޭނުންވާ މިވަރަށް އިންސުލުން މާއްދާ ނުއުފައްދާ މީހުނަށް ދިމާވާ މައްސަލައެކެވެ. އެފަދަ މީހުންނަށް ޖެހެނީ ކޮންމެ ދުވަހަކު ގަވާއިދުން އިންސުލިން އިންޖެކްޝަން ޖަހައިގެން ހަށިގަނޑަށް ބޭނުންވާ އިންސުލިން ފޯރުކޮށްދޭށެވެ. މިއީ އާއިލީގޮތުން ޥާރުތަވާ ހަކުރުބަލީގެ ވައްތަރެވެ. މިބަލި ޖެހެނީ ސީދާ ކީއްވެގެން ކަމާއި މިބަލީގެ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ.

މިބަލި އާއްމުކޮށް ފެންނަނީ އުމުރުގެ ހަނގު ދުވަސްވަރުއެވެ. މި ވައްތަރުގެ ހަކުރު ބައްޔަށް ކުޑަކުދިންނަށް ޖެހޭ ހަކުރު ބައްޔޭވެސް ކިޔައެވެ. މިވައްތަރުގެ ހަކުރުބަލި ގިނައިން ފެންނަނީ ތަރައްގީވެފައިވާ ގައުމުތަކުން ކަމަށް ޑަބްލިޔުއެޗްއޯއިން ހާމަކުރެއެވެ. ހަކުރުބަލީގެ މިވައްތަރު ޖެހިފައި 9 މިލިޔަން މީހުން 2017 ވަނަ އަހަރު ދުނިޔޭގައި ތިބިއިރު އެއިގެ ބޮޑުބަޔަކީ ތަރައްގީވެފައިވާ ގައުމުތަކުގެ މީހުންނެވެ.

މިބަލީގެ އަލާމަތްތަކުގެ ތެރޭގައި މާގިނައިން ކުޑަކަމުދިއުން (ހީސްލާން ޖެހުން – ޕޮލިޔޫރިއާ) އާއި ގިނައިން ކަރުހިއްކާއިގެންފައި ހުރުން (ގިނައިން ފެން ބޯން ބޭނުންވުން – ޕޮލިޑިޕްސިއާ)، އަބަދު ބަނޑުހައިވެގެންފައި ހުރުން (ގިނައިން ކާން ބޭނުންވުން)، ބަރުދަން ލުއިވުމާއި، ލޮލުގެ ފެނުމަށް ބަދަލުއައުމާއި ބުރަހެލިކަން އިހުސާސް ކުރަން ޖެހުން ހިމެނެއެވެ. މި ނިޝާންތައް ކުއްލިއަކަށް ވެސް ފެންނަން ފަށާފާނެއެވެ.

ހަކރުބަލީގެ ދުވަސް

ޖެސްޓޭޝަނަލް ޑައިބެޓިކްސް

މިއީ މާބަނޑުވާ ދުވަސްވަރު ދިމާވާ ހަކުރުގެ މައްސަލައެވެ. މީގައި ދިމާވާގޮތަކީ ލޭގެ ހަކުރުގެ (ލޭގެ ގުލްކޯޒް) މިންވަރު ހުންނަވާ މިންވަރަށްވުރެ އިތުރުވަނީ އެވެ. އެކަމަވެސް އާއްމު ހަށިގަނޑުގެ ގުލްކޯޒް މިންގަޑުން ޑައިބެޓިކްސް ނުވަތަ ހަކުުރުބަލި ކަމަށް ބަލާ މިންގަޑަށްވުރެ ހުންނަނީ ދަށުގައެވެ. މިވައްތަރަށް ހައިޕާ ގްލައިސީމިއާ އޭކަިޔައެވެ.

މިވައްތަރުގެ ހަކުރުބަލީގެ މީހުން މާބަނޑު ދުވަސްވަރުގައި އާއި ވިހެއުމުގެ ތެރޭގައި އިތުރު ނުރައްކަލަށް ހުށަހެޅިގެންދެއެވެ. މިހެން ދިމާވާ އަންހެނުން ނާއި ދަރިފުޅަށް ފަހުން ޓައިޕް 2 ގެ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މިވައްތަރުގެ ހަކުރުބަލީ ފާހަގަ ކުރެވެނީ މާބަނޑު ދުވަސްވަރުގެ ޓެސްޓް ތަކުންނެވެ.

ހަކުރުބަލިގެ ސިއްހީ ނުރައްކާ

ގިނަދުވަހަށް ހަކުރބަލީގައި އުޅެންޖެހުމުން ލޭނާރުތަކާއި ހިތުގައި ބައިތަކަށް ގެއްލުންވުމާއި ލޮލުގެ ފެނުމާއި ކިޑްނީ އަދި ހަށިގަނޑުގެ އިހުސާސުތައް ގެނެސްދޭ ނާރުތައް ހަލާކުވާން މެދުވެރިވެއެވެ.

ހަކުރުބަލި 2ގެ ބޮޑެތި މީހުންނަށް ހާޓްއެކޭޓްކް ޖެހުމާއި ސިކުޑީގެ ލޭނާރުތަކަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 2 ނޫނީ 3 ގުނަ ބޮޑުކަމަށް ޑަބްލިޔުއެޗްއޯއިން ހާމަކުރެއެވެ.

ހަކުރުބަލީގެ ސަބަބުން ހަށިގަނޑުގެ ލޭނާރުތަކުން ލޭ ދައުރުކުރުން މަދުވުމާއި ގުޅިގެން ފައިގެ އިހުސާސްތަަކާއި ގުޅޭ ނާރުތައް ހަލާކުވާން (ނިއރޯޕަތީ) މެދުވެރިވެއެވެ. އަދި ‘ފައިގެ އަލްސާ’ އުފެދުމުގެ ފުސަތު ބޮޑުވެގެންދެއެވެ. އެއާއެކު ފައިގެ އިނގިލިތަކުގެ އިހުސާސްހުއްޓި އިންގިލި ކަނޑާލަން ވެސް ޖެހެއެވެ.

ހަކުރުބަލީގެ ސަބަބުން ލޮލުގެފެނުން ގެއްލުން މެދުވެރިވެއެވެ. އެއަށް ކިޔަނީ ރެޓިނޯޕަތީ އެވެ. މިހެން ދިމާވަނީ ހަކުރުބަލީގައި ގިނަ ދުވަހު އުޅެން ޖެހުމުން ލޮލު ކަޅުކަޅީގައި (ރެޓިނާ) އެކުލެވޭ ހިމަ ލޭނާރުތައް ހަލާކުވެގެންވެ. ޑަބްލިޔުއެޗްއޯއިން ލަފާކުރާ ގޮތުގައި ލޮލުގެ ފެނުން ގެއްލޭ (ލޯ އަނދިރިވާ) މީހުންގެ ތެރެއިން 1 މިލިޔަނެއްހާމީހުންނަކީ ޓައިޕް 2 ހަކުރުބަލީގެ މީހުންނެވެ.

ކިޑްނީގެ މައްސަލަތައް އެންމެ ގިނައިން ދިމާވުމުގައި މެދުވެރިވާ ކަންކަމުގެ ތެރޭގައި ހަކުރުބަލި ޖެހުން ހިމެނެއެވެ.

ބަލިން ރައްކާތެރިވުމަށް

ދޮޅަހެޔޮކަންމަތީ ހުރުމަށް ހަށިގަނދާއި އެކަށީގެންވާ ބަރުދަނެއްގައި ހިފެހެޓުން

ހަރަކާތްތެރިކަން އިތުރުކުރުން – ހަފުތާގެ ގިނަ ދުވަހު، ކޮންމެ ދުވަހަކު ވެސް މަދުވެގެން 30 މިނިޓަށް މެދުމިނުގެ ‘(މޮޑަރޭޓް އިންޓެންސިޓީ)ހެ ކަސްރަތުތައް ކުރުުން. ބަރުދަން ލުއިކުރުމަށް މިއަށްވުރެ ގިނައިން ކަސްރަތުކުރަން ޖެހެއެވެ.

ހަކުރާއި ފެޓް (ތެޔޮ) އެކުލެވޭ ކާނާ މަދުކޮށް ހަށިގަނަދަށް ފައިދާހުރި ކާނާ ކެއުން އަދި

ދުންފަތުގެ އިސްތިއުމާލު ނުކުރުން ހިމެނއެވެ.

ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ކަމަކީ ބަލީގެ ކުރީކޮޅު އެކަން ދެނެގަތުމެވެ. މިކަމަށް ހަށިގަނަޑުގެ ހަކުރުގެ މިންވަރު އަބަދުވެސް ޓެސްޓްކޮށް ބެލެހެއްޓުން މުހިމުވެއެވެ.

މައުލޫމާތު: ޑަބްލިއުއެޗްއޯ 10 ނޮވެމްބަރު 2021

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !