A wide advertisement which will be shown on all devices. (700 x 100)

ޑިމޮކްރަސީ ދުވަސް – 15 ސެޕްޓެމްބަރު

ޑިމކްރަސީ ދުވަސް 15 ސެޕްޓެމްބަރު- ރައްޔިތުންގެ ވެރިންކަން ކުރަން ތިބެންޖެހޭނީ ރައްޔިތުން ހޮވާފައި ތިބޭ ބައެއް

މިއަދު، 15 ސެޕްޓެމްބަރަކީ ދުނިޔޭގައި ފާހަގަ ކުރާ ޑިމޮކްރަސީ ދުވަހެވެ.

މިއަހަރުގެ ޑިމޮކްރަސީ ދުވަހު ޚައްސަކަމެއް ދިނުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން ނުވަތަ އދ.) އިން ކަޑައަޅާފައިވަނީ  ޑިމޮކްރަސީ އާއި، އަމާންކަން އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް (އެސްޑިޖީ) އަށް ވާސިލުވުމަށް ޚިޔާލު ފާޅުކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. ނުވަތަ ‘ ޑިމޮކްރަސީއެއް ހާސިލުކުރުމަށް ޕްރެސް/މީޑިއާގެ މުހިންމުކަމުގެ މައްޗަށެވެ.

މިދުވަސް ފާހަގަ ކުރުމަށް ފަށަފައިވަނީ 2007 ވަނަ އަހަރު އދ. ގެ އާއްމު މަޖުލީހުގެ ގަރާރަކުން ފަސްކޮށްގެންނެނެވެ. މިދުވަސް ފާހަގަ ކުރުމުގު ބޭނުމަކީ ގައުމުތަކުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ހިތްވަރުދީ ބާރު އެޅުމެވެ.

ޑިމޮކްރަސީ އަކީ ކޮބާ؟ ކުރުގޮތަކަށް ބުނާނަމަ ރައްޔިތުންގެ ފަރާތުން ވެރިކަން ކުރާނެ ނުވަތަ ދައުލަތް ހިންގާނެ ބަޔަކު އައްޔަން ކުރުމެވެ. އޮކްސްފޯޑް ޑިކްޝަނަރީގައި ވާގޮތުން ޑިމޮކްރަސީ އަކީ ހުރިހާ ރައްޔިތުންގެ ފަރާތުން ކަނޑައަޅާ ވެރިކަން ހިނގުމުގެ ގޮތްތަކެކެވެ. ނުވަތަ ގާބިލު ހުރިހާ ރައްޔިތުންގެ ފަރާތުން ކަނޑައަޅާ މަންދޫބުންތަކެއް މެދުވެރިކޮށް އެބައެއްގެ މައްޗަށް ވެރިަކން ހިންގުމެވެ. މީގެ އިތުރުން އެއީ އަޣުލަބިއްޔަތަށް ތަބާވެގެން ވެރިންކަން ކުރުމެވެ.

ދުނިޔޭގެ އެކިގައުމުތަކުގައި އެކިގޮތްގޮތަށް ޑިކްރަސީގެ ވެރިން ހިންގައެވެ. އެއީ ބަރުލަމާނީ ނުވަތަ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންގެ ތެރެއިން ސަރުކާރު ހިންގާ ވެރިކަމުގެ ވައްޓާފާޅި އާއި، ރިޔާސީ ނުވަތަ ހުރިހާ އެންމެން ވޯޓުލައިގެން ރައީސާއި ނާއިބުރައީސް އެކަނި ހޮވައި، ރައީސް ބޭނުން ބަޔަކު ލައިގެން އުފައްދާ ސަރުކާރެވެ.

ޑިމޮކްރަސީ އާއި ރިޕަބްލިކްގެ ތަފާތަކީ އަދިވެސް ފަންނީ މާހިރުންނަށް ވެސް މުޅިން ވަކި ނުކުރެވިފައިވާ ދެ މަފްހޫމެވެ. ޑިމޮކްރަސީ ވެރިކަމުގައި އަދި ރިޕްބްލިކް ވެރިކަމުގައި ވެސް ރައްޔިތުން ތަމްސީލުކުރާ މަންދޫބުންގެ ފަރާތުން ވެރިކަން ކުރެއެވެ. ޑިމޮކްރަސީގައި ވެސް ރިޕްބްލިކްގައި ވެސް ސިޔާސީ ޕާޓީތަކުން ވެރިކަން ކުރެއެވެ.

ދިވެހިރާއްޖެއަކީ ރިޕަބްލިކް ގައުމެކެވެ. އެހެނީ ރާއްޖޭގެ ނަންކިޔައި އުޅެނީ ރިޕްބްލިކް އޮފް މޯލްޑިވެސްގެ ގޮތުގައެވެ. ހަމައެއާއެކު ރާއްޖެގައި ވެސް އޮންނަނީ ޑިމޮކްރަސީގެ ވެރިކަމެކެވެ. ރައްޖޭގައި ވެސް ސިޔާސީ ޕާޓީތަކުން ވެރިކަން ކުރެއެވެ.

ޑިމޮކްރަސީގައި އެނެމް އިސްކަމެއް ދެނީ ރައްޔިތުން ހޮވާ މަންދޫބުން އެމީހުންގެ ވެރިކަން ކުރެވޭގޮތަށް ކަންކަން ތަރުތީބުވެގެން ދިއުމެވެ. ނަމަވެސް ރިޔާސީ ނިޒާމެއްގައި ރައީސްކަމަށް ހޮވާ ސަރުކާރު ހިންގަން މިނިސްޓަރުގެ ގޮތުގައި ގެންނަނީ ރައްޔިތުންގެ ތާއިދު ލިބިގެން ހޮވާފައިވާބައެއް ނޫނެވެ. ނުވަތަ ރައްޔިތުން ނުދަންނަ ބަޔަކު ގެންނެސް މިނިސްޓަރުގެ ގޮތުގައި ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގަނީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !