ސާކް ގައުމުތަކުގައި ކޯވިޑް19ގެ ހާލަތު 3

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 4 އޭޕްރީލް 2020
Share on facebook
Share on twitter
Share on google

މުޅި ދުނިޔެއިން ވެސް މިހާރު ކަންބޮޑުވެ އެތަކެއް ދަތި އުނދަގޫ ކަމެއް ކުރިމަތިލާ ކޯވިޑް19 ގެ ހާލަތު ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުގައި އޮތް ހާލަތަށް 2 ހަފުތާ ފަހުން އަނެއްކާވެސް ބަލައިލަމެވެ. ދުނިޔޭގެ 204 ގައުމަކާއި ސިޔާސީ ސަރަހައްދުތަކަށް އަންނަނީ ކޯވިޑް19 ގެ ބަލިމަޑުކަމާއި ކުރިމަތިލަމުންނެވެ. މީގެ އިތުރުން 2 ކުރޫޒްލައިނާއަށް ވެސް ވަނީ ކްރޯނާ ވައިރަހުގައި ތާށިވެފައެވެ.

މިހާތަނަށް އައިއިރު ރާއްޖެއާއި އެންމެކައިރިން އިންޑިއާ ސްރީލަންކާގައި ވަނީ މިކަމާއި ގުޅިގެން ވަނީ ކާފިއު އިއުލާންކޮށްފައެވެ. އަދި ގިނަ ގައުމުތަކެއްގައި ވަނީ އާއްމުން ބޭރަށް ނިކުމެ އުޅުން ރާއްޖެއެކޭ އެއްގޮތަށް މަނާށްފައެވެ. އެހެން ގޮތަކަކުން ބުނާނަމަ ފާއިތުވި ހަފުތާގެ ހާލަތަށްވުރެ ހާލަތު ގިނަ ގައުމުތަކުގައި އަދިވެސް އަންނަނީ ގޯސްވަމުންނެވެ.

ތިރީގައި މި ހިމަނާލާ މައުލޫމާތަކީ ‘ވޯލްޑޯމީޓަރ’ގެ ކްރޯނާވައިރަސް އިންފޮމޭޝަން އަސާސަކަށް ބަލައިގެން ގެނެސްދޭ މައުލޫމާތެވެ.

މިއަދު 4 އޭޕްރީލް، ހޮނިހިރު ދުވަހާއި ހަމަޔަށް މުޅި ދުނިޔެއިން މިބަލި ޖެހިފައިވާ ކަމަށް ރިކޯޑުކުރެވިފައި ވަނީ 1,133,373 މީހުންނެވެ. އެއިގެ ތެރެއިން މަރުވެފައިވަނީ 60,375 މީހުން ނުވަތަ %5.3 އެވެ. އަދި ބަލިން ރަނގަޅު ވެގެން 235,999 މީހުން ގެއަށް ދޫކޮށްލާފައި ވެއެވެ. މިބަލީގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު ތިބި 836,999 މީހުންގެ ތެރެއިން 797,399 (%95) މީހުންނަކީ އާދައިގެ ކުދިކުދި މައްސަލަތަކުގެ މީހުންނެވެ. އަދި އެއިގެ ތެރެއިން %5 މީހުން ނުވަތަ 39,600 މީހުންނަކީ ނާޒުކު ހާލަތުގައި ތިވބި މީހުންނެވެ.  

މިހަފުތާގައި ވެސް ބަލި އެންމެ ގަދަޔަށް ފެތުރިގެންދަނީ އެމެރިކާގައެވެ. ދެން ސްޕޭނުގައެވެ. އަދިވެސް މިބަލީގައި އެންމެ ގިނަ މިހުން މަރުވަފައިވަނީ އިޓަލީން ނެވެ. އެއީ 14681 މީހުންނެވެ. ދެން ސްޕޭނާއި އެމެރިކާ އަދި ފްރާންސް އިންނެވެ.

ސާކް ގައުމުތަކުން މިހާތަނަށް މިބަލިޖެހިފައިވާ ޖުމްލަ އަދަދަކީ 6351 މީހުން، އަދި މިހަރުވެސް ބަލީގައި ދެމިތިބީ 5765، ބަލިން މުޅިން ރަނގަޅުވެފައި ވަނީ 440 މީހުން އަދި ބަލީގައި 146 މީހުން މަރުވެފައި ވެއެވެ.

ސާކް ގައުމުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ގައުމު މިވަނީ ޕާކިސްތާނުން އިންޑިއާއަށް މިހަފުތާގައި ބަދަލުވެފައެވެ. އެއީ 3082 މީހުންނެވެ. އެގައުމުން 86 މީހުން މިބަލީގައި މަރުވެފައިވާއިރު 229 މީހުން ބަލިން ރަނގަޅުވެފައި ވެއެެވެ.

ސާކް ގައުމުތަކުން ދެވަނަ އަށް އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޕާކިސްތާނާއި 3 ވަނާގައިވާ އަފުޣާނިސްތާނާއި ދެމެދު ބޮޑު ތަފާތު އެބަހުއްޓެވެ. އެއީ ޕާކިސްތާނުގައި 2708 މީހުން ތިބިއިރު އަފުޣާނިސްތާނުގައި ތިބީ 299 މީހުންނެވެ. ޕާކިސްތާނުން 40 މީހުން މިބަލީގައި މަރުވެފައިވާއިރު 130 މީހުން ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައި ވެއެވެ.

ސާކް ގައުމުތަކަށް 3 ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ބަންގްލާދޭޝްއިން މިބައްޔަށް ޕޮޒިޓިވްވެފައި ވާ މީނުން ނިސްބަތުން މަދެވެ. އެއީ 70 މީހުންނެވެ. އެގައުމުން 8 މީހުން މިބަލީގައި މަރުވެފައިވާއިރު 30 މީހުން ރަނގަޅުވެފައި ވެއެވެ. ބާކީ މިހާރު މިބަލީގައި ތިބީ 32 މީހުންނެވެ.

ސްރީލަންކާގައި ބަލިފެތުރޭ ންވަރު ފާއިތުވި ހަފުތާފގައި މިވަނީ އިތުރުވެފައެވެ. މިހާރު އެގައުމުގެ 159 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ތިބިއިރު، 25 މީހުން ރަނގަޅުވެފައި ވެއެވެ. އަދި 5 މީހުން  ބަލީގައި މަރުވެފައި ވެއެވެ. މިހާރު އެގައުމުގައި ތިބީ ބަލީގެ 129 މީހުންނެވެ.

ރާއްޖެއިން 19 މީހުން ޕޮޒިޓިވް ވިއިރު 4 މީހުން ފިޔަވައި އެންމެންނަކީ ވެސް ޓްވަރިޒަމް ދާއިރާގެ ބިދޭސީންނެވެ. ބިދޭސީ 2 މުވައްޒަފުންނާއި 13 ފަތުރުވެރިންނެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އިނގިރޭސިވިލާތުން އައި 4 ދިވެހީންނެވެ. އެއި 3 ފިރިހެނުންނާއި އަންހެނެކެވެ. ރާއްޖޭގައި މިބަލީގެ އެކްޓިވް 6 މީހުން ރެކޯޑް ކުރެވިފައި އޮތް ނަމަވެސް އެއިގެތެރޭގައި ހިމެނޭ އިޓަލީ 2 މީހުން ވަނީ ބަލި އެނގުނު އިރު ގައުމަށް ފުރާފައެވެ. ވީމާ ރާއްޖޭގައި މިހާރު ތިބީ މިބަލީގެ 4 ދިވެހިންނެވެ.

މިސަރަހައްދުގެ އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ތިބީ އެކަހެރި ބޫޓާނުގައެވެ. އެއީ 5 މީހުން ޕޮޒިޓިވްވެ، 2 މީހުން ރަނގަޅުވެ ބާކީ ތިބި 3 މީހުންނެވެ. ނޭޕާލުން 9 މީހުން ބައްޔަށް ޕޮޒިޓިވް ވިއިރު އެކަކު ރަނގަޅުވެ، ބާކީ 8 މީހުން ބަލީގައި އަދި އެބަތިއްބެވެ.

ޖުމްލަކޮށް ބަލާއިރު ބަލީގެ އަސަރު އޭޝިއާގެ ގައުމުތަކަށް ވުރެ ބޮޑަށް މިހާރުކޮށްފައި ވަނީ އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކަށެވެ.

ކޯވިޑް19 މިހާރު އެންމެ ބޮޑަށް އޮތް ގައުމުތައް

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments