ސާކް ގައުމުތަކުގައި ކޯވިޑް19ގެ ހާލަތު 5

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 18 އޭޕްރީލް 2020
Share on facebook
Share on twitter
Share on google

މިހާރު ކުރިމަތިވެގެން އުޅޭ ކޯވިޑް19 ވަބާގެ ހާލަތު ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުގައި އޮތް ގޮތް އަނެއްކާވެސް ބަލައިލަމެވެ. ފާއިތުވި ހަފުތާ އަކީ ރާއްޖޭގައި ނިންބަތުން އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވި ހަފުތާއެވެ.

ހަފުތާނިމުނު އިރު ދުނިޔޭގެ ގިނަ ގައުމުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓާފައި ވެއެވެ. އެގޮތުން ދަތުރު ފަތުރު ކުރުން މާނާކޮށްފައިވާއިރު ބައެއް ގައުމުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

މިއަދު 18 އޭޕްރީލް، ހޮނިހިރު ދުވަހާއި ހަމަޔަށް މުޅި ދުނިޔެއިން 2.219 މިލިޔަން މީހުން މިބަލި ޖެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވެއެވެ. އެއިގެ ތެރެއިން ދޮޅު ލައްކަ އެއްހާ މީހުން (149,900) މީހުން މިބަލީގައި މަރުވެފައެވެ. ބަލިން ރަނގަޅު ވެގެން ފަސް ލައްކަ ފަސްދޮޅޮސް އެއްހާހެއްހާ މީހުން (560,975) ގެއަށް ދޫކޮށްލާފައި ވެއެވެ. މިބަލީގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު ތިބި 1.508 މިލިޔަން މީހުންގެ ތެރެއިން %96 މީހުންނަކީ އާދައިގެ ކުދިކުދި މައްސަލަތަކުގެ މީހުންނެވެ. އަނެއް %4 މީހުން ނުވަތަ ބައިލައްކަ (56,503) އަށްވުރެ ގިން މީހުންނަކީ ނާޒުކު ހާލަތުގައި ތިބި ބަލި މީހުންނެވެ.  

މިހަފުތާގައި ވެސް ބަލީގެ އެންމެ ގިނަމީހުން ތިބީ އެމެރިކާގައެވެ. އެއީ 587,606 މީހުން އަދި ދެން ސްޕޭނު، ފްރާންސް އަދި އިޓަލީއެވެ. މިބަލީގައި އެންމެ ގިނަ މީހުން މަރުވަފައިވަނީ އެމެރިކާ (35,371) އިޓަލީ (22,170) އާއި ސްޕޭން (19,478) އަދި ފްރާންސް އާއި އިނގިރޭސިވިލާތުންނެވެ. 

ސާކް ގައުމުތަކުން މިބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 23909، އަދި މިހާރުވެސް ބަލީގައި ދެމިތިބީ 19414 މީހުންނެވެ. ބަލިން މުޅިން ރަނގަޅުވެފައި ވަނީ 3796 މީހުން (%84) އަދި ބަލީގައި %16 (699) މީހުން މަރުވެފައި ވެއެވެ.

ސާކް ގައުމުތަކުގެ ނަމްބަރުތަކަށް ބަލާއިރު އިންޑިއާ އަދި ޕާކިސްތާނުން ބަލިމީހުން ތިބި އަދަދުތައް އެހެން ގައުމުތަކަށްވުރޭ މާ ބޮދުަތްނ މައްޗެވެ. މެދުން އަފްޣާނިސްތާން ބަންގްލާދޭޝް އަދި ސްރީލަންކާ ހިމެނޭއިރު ބަންގްލާދޭޝްގައި ފާއިތުވި ހަފުތާގައި ވަނީ ބަލި ޖެހޭ މިންވަރު ވަރަށް ބޮޑުތަން މައްޗަށް ގޮސްފައެވެ. ދެން އޮތީ އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ހިމެނޭ ބޫޓާން، ނޭޕާލް އަދި ދިވެހިރާއްޖެއެވެ. މިއީ މިސަރަހައްދުގައި ނިސްބަތުން އެންމެ މީހުން މަދު 3 ގައުމު ވެސް މެވެ. ފާއިތުވި ހަފުތާގައި ދިވެހިރާއްޖެއައި ނޭޕަލުގައި ވެސް ނިސްބަތުން ބަލި ޖެހިފައިވާ މީހުން ވަނީ އިތުރުވެފައެވެ.

 

ސްރީލަންކާގައި ބަލިފެތުރޭ މިންވަރު ފާއިތުވި ހަފުތާފގައި ވެސް ވަނީ ކޮންމެވެސް ވަރެއްގައި ހިފަހައްޓާލެވިފައެވެ. އެއީ ކުރީ 159 ން 190 އަދި ނިމުނު ހަފުތާގައި 242 ގައި ހިފަހައްޓާލެވުމުން ނެވެ. އެގައުމުގައި މިބަލިން 77 މީހުން ރަނގަޅުވީ އިރު މަރުވެފައިވަނީ 7 މީހުންނެވެ. މިހާރު އެގައުމުގައި ތިބީ ބަލީގެ 158 މީހުންނެވެ.

ދިވެހިރާއްޖޭގައި މިބަލީގެ މީހުންގެ އަދަދު ފާއިތުވި ހަފުތާގައި މިވަނީ ނިސްބަތުން ބޮދުތަން އިތުރުވެފައެވެ. އެއީ ކުރީ ދެހަފުތާގައި ވެސް އޮތް އަދަދު 19 އަށް އިން 28 ނިމުނު ހަފުތާގައި އިތުރުވެފައި ވުމުންނެވެ. މިއީ އެއްހަފުތާ ތެރޭގައި މިހާގިން މީހުން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުންނެވެ. މިހާރު ރާއްޖޭގައި ތިބީ ބަލީގެ 12 ދިވެހިންނެވެ. ކުރިން މުޅިންހެން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސީންނެވެ. ނަމަވެސް މިހާރު އެއަދަދު މިވަނީ 13 ދިވެހީން އަދި 15 ބިދޭސީންނަށްް ބަދަލުވެފައެވެ. ފުރަތަމަ ފަހަރަށް މާލެއިން ބަލި މިވަނީ ފެނިފައެވެ.

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 11 އޭޕްރީލް 2020

މިސަރަހައްދުގެ އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ތިބި ބޫޓާނުގެ އަދަދުތަކަށް ފާއިތުވި ހަފުތާގައި ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ނޭޕާލުގެ ޖުމްލަ  ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ ދިވެހިރާއްޖެއަށްވުރެ މައްޗަށް ގޮސްފައެވެ. އެގައުމުގައި ފާއިތުވި ހަފުތާގައި 21 މީހަކަށް ބަލިޖެހި، މިހާރު ޖުމްލަ ވަނީީ 30 އަސް އަރާފައެވެ. ނޭޕާލުގައި 28 މީހުން ބަލީގައި ތިބި އިރު 2 މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. ފާއިތުވި ހަފުތައެކޭ އެއްގޮތަށް ބޫޓާނުންގައި 5 މީހުން ޕޮޒިޓިވްވެ، 2 މީހުން ރަނގަޅުވެ ބާކީ ތިބީ 3 މީހުންނެވެ. ނޭޕާލުން 9 މީހުން ބައްޔަށް ޕޮޒިޓިވް ވިއިރު އެކަކު ރަނގަޅުވެ، ބާކީ 8 މީހުން ބަލީގައި އަދި އެބަތިއްބެވެ.

ޖުމްލަކޮށް ބަލާއިރު ބަލީގެ އަސަރު އޭޝިއާގެ ގައުމުތަކަށް ވުރެ ބޮޑަށް މިހާރުކޮށްފައި ވަނީ އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކަށެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments