ފުވައްމުލައް ސިޓީއަށް ޔޫތު ބާސްކެޓް ބޯޅައަށް ކޯޗަކު ހޯދަނީ

ފާއިތުވި ސެޕްޓެމްބަރުގައި ދަޑިމަގުގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ބާސްކެޓް ތަމްރީނުގެ ތެރެއިން، 2020. ފޮޓޯ: ދަޑިމަގު ސްޕޯޓަސް އެންޑް ރެކްރިއޭޝަން
Share on facebook
Share on twitter
Share on google

ކުޑަކުދިންނަށް ބާސްކެޓް ބޯޅަ ތަމްރީނުދިނުމަށް ފުވައްމުލައް ސިޓީއަށް ކޯޗަކު ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ކޮށްފައިވާ މި އިއުލާނުގައި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫއާއި އުތުރުން ހއ. ދިއްދޫ އަދި ހދ ކުޅުދުއްފުއްޓަށް ވެސް ކޯޗަކު ހޯދުމަށް ވެއެވެ.

ކޯޗުން މި ހޯދަނީ 3 މަސް ދުވަހަށް މިރަށް ރަށުގައި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ) ހިންގުމަށް ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

މާދަޑު ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓް

ވައިޑިޕީ ކޯޗަކަށްވުމުގެ ޝަރުތަކީ މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ކޯޗިން ލައިސެންސް ހޯދާފައިވުމެވެ. އަދި މަގާމުތައް އިއުލާން ކުރެވިފައިވާ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އިސްކަން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވައިޑިޕީ ކޯޗަކަށްވުމުގެ ޝައުގުވެރިވާ ފަރާތްތަކުން މި އޮކްޓޯބަރު މަހުގެ 11 ގެ 1:00 ގެ ކުރިން [email protected] އަށް ބާސްކެޓް ކޯޗިން ދާއިރާގެ ވަނަވަރު އެނގޭގޮތަށް ސީވީއާއި އެހެނިހެން ލިޔެކިޔުންތައް ފޮނުވުމަށް އިއުލާން ކޮށްފައިި ވެއެވެ.

ފާއިތުވި ސެޕްޓެމްބަރުގައި (2020) ދަޑިމަގުގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ބާސްކެޓް ތަމްރީނުގެ ތެރެއިން،. ފޮޓޯ: ދަޑިމަގު ސްޕޯޓަސް އެންޑް ރެކްރިއޭޝަން

އެމްބީއޭގެ އިއުލާން – 6 އޮކްޓޯބާރު 2020

ފުވައްމުލައް ސިޓީގައި އެންމެ ފުރަތަމަ ބާސްކެޓް ކޯޓެއް އަޅާފައިވަނީ ޒުވާނުންގެ މަރުކަޒުގައެވެ. އެއީ އައުޓްޑޯ ކޯޓެކެވެ. އެކޯޓް ހަލާކުވެ އެތައްފަހަރެއްގެ މަތިން މަރާމާތުކޮށްފައި ވެއެވެ. އެއިގެ ފަހުން އެހެން އަވަށްތަކުގައި ވެސް އައުޓްޑޯ ބާސްކެޓް ކޯޓް އަޅާފައި ވެއެވެ.

ފާއިތުވި ސެޕްޓެމްބަރުގައި (2020) ދަޑިމަގުގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ބާސްކެޓް ތަމްރީނުގެ ތެރެއިން. ފޮޓޯ: ދަޑިމަގު ސްޕޯޓަސް އެންޑް ރެކްރިއޭޝަން

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments