ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ޓާފް މާލެއިން ރަށަށް ގެނައުމުގެ މަސައްކަތް ކުރިޔަށް ދާކަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.
ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ކޯޓު ބޮޑުކޮށް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުަމުން އަންނަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވާގޮތުގައި އެކައުންސިލުން ފުވައްމުލަކުގައި ހަދަމުންދާ ބޮޑު ފުޓްސަލް ދަނޑުގެ ޓާފް ހަމަޖައްސަވާ ދެއްވުމަށްޓަކައި އެހީތެރިވެދެއްވި ފުވައްމުލަކުގެ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނަށާއި ޔޫތް މިނިސްޓްރީއަށް ޝުކުރުދަންނަވާ ކަމަށް ވެއެވެ.

މައިލޯ ދަނޑުގެ ފުޓްސަލް ކޯޓުގައި ޓާފް އެޅުމަށް ގެންނަ ސާމާނު ދޯންޏަށް ބަރުކޮށްފައި
ފުވައްމުލަކު ސްޓޭޑިއަމްގައި ފުޓްސަލް ދަނޑެއް ފުރަތަމަ ހެދީ ރައިސް ޔާމީނުގެ ސަރުކާރުން ފުވައްމުލަކުގެ 3 ދާއިރާގައި ހެދި ފުޓްސަލް ދަނޑުގެތެރެއިންނެވެ. އެގޮތުން މެދު ދާއިރާގެ ފުޓްސަލް ދަނޑު ހެދީ ފުވައްމުލަކު ސްޓޭޑިއަމްގެ ސަރަަހައްދުތެރޭގައެވެ. އެފުޓްސަލް ދަނޑުގައި އަޅާފައިވަނީ އައުޓްޑޯ ހާޑް މެޓެކެވެ. އެ ‘މެޓް’ މަތީގައި ކުޅެން އުނދަގޫވުމާއި ވާރޭ ވެހުމުން ކައްސާލައިގެން ވެއްޓި ބޮޑެތި އަނިޔާތަކެއް ވާތީ ފަހުން ހެދި ދަނޑުތަކުގައި އަޅަން ފެށީ ޓާފެވެ.
ފުވައްމުލަކު ސްޓޭޑިއަމްގައި ފުޓްސަލް ދަނޑުގެ ސަރަހައްދު ބޮޑުކޮށް އިންވަކިކުރާ ފާރެއް ރާނައި ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް އަންނަނި ކުރަމުންނެވެ.

ބޮޑުކުރެވޭ ފުޓްސަލް ދަނޑު
ޚިޔާލުތައް