A wide advertisement which will be shown on all devices. (700 x 100)

ވަގުތު ފުޓްސަލް ޗެލެންޖްގައި މާލެގަން ޓީމު ކުއާރޓާރ ފައިނަލަށް

މާލެގަމު ޓީމު ވަގުތު ފުޓްސަލް ޗެލެންޖް 2020 ގެ ކުއާރޓަރ ފައިނަލަށް

މިހާރު އައްޑޫ ސިޓީ ހިތަދޫ ގައި ކުރިޔަށްދާ ވަގުތު ފުޓްސަލް ޗެލެންޖްގައި ފުވައްމުލައް ސިޓީއިން ބައިވެރިވި މާލެގަމު ސްޕޯޓްސް ކްލަބު ކުއާޓަރ ފައިނަލުގެ ޖާގަ ހޯދައިފިއެވެ. މިމުބާރާތުގައި ފުވައްމުލަކުން ބައިވެރިވި 3 ޓީމުގެ ތެރެއިން ކުއާރޓާފައިނަލުގެ ޖާގަ ލިބުނު ހަމައެކަނި ޓީމަކީ މާލެގަމު ޓީމެވެ. އަނެއް ދެޓީމު ވަނީ ދެވަނަ ބުރުން ކަޓާފައެވެ.

އިއްޔެ ރޭ ކުޅެވުނު ދެވަނަ ބުރުގެ މެޗުން މާލެގަމު ސްޕޯޓްސް ކްލަބު 6-5 އިން މޮޅުވީ ގއ. ނިލަންދޫއަށް ނިސްބަތްވާ އެފްސީ ޓޮޕް ބްރަދާސް އާއި ވާދަކޮށެވެ. ވަރަށް ފޯރިގަދަކޮށް ދިޔަ މި މެޗުގައި އެފްސީ ޓޮޕް ބްރަދާސް އިން ގޯލެއް ޖަހާފައިވަނިކޮށް މާލެގަމު ޓީމުން ވަނީ ފަހަތު އަރައި 2 ގޯލު ޖަހައި މެޗުގެ ލީޑު ހޯދާފައެވެ. އޭގެ ފަހުން ދެ ޓީމުން ވެސް ގޯލަކުން ގޯލަކުން ޖަހަމުން ގޮސް މެޗު ނިމުނީ 6-5 އިންނެވެ. ނިލަންދޫ ޓީމަކީ މިމުބާރާތުގައި ވަރަށް ފާހަގަ ކުރެވިގެން ދިޔަ މޮޅު ޓީމެކެވެ. ނަމަވެސް މާލެގަމު ޓީމުން މިވަނީ އެޓީމު ކަޓުވާލައި ކުއާޓާރ ފައިނަލުގެ ޖާގަ ހޯދާފައެވެ.

މާލެގަމު ސްޕޯރޓްސް ކްލަބު

މުބާރާތުގެ ކުއާޓަރ ފައިނަލުގެ ދެވަނަ މެޗުގައި މާލެގަމު ޓީމުން ވާދަކުރާނީ ޒެލޮން ޓީމާއެވެ. މިމެޗު ކުޅޭނީ މާދަމާ ރޭ (20 ޑިސެމްބަރު 2020) 8:00 ގައެވެ.

ދެވަނަ ބުރުގައި ރޭ ދިގުވާޑު ސްޕޯޓްސް ކްލަބު ވާދަކުރީ ހިތަދޫ އެފްސީ ބޭރުމަތި ބައްދަލުރި މެޗު 2-1 އިން ދިގުވާޑު ޓީމު ބަލިވީއެވ.ެ އެއާއެކު އެޓީމު ވެސް މިވަނީ މުބާރާޓުން ކަޓާފައެވެ. މިމެޗުން މޮޅުވި ހިތަދޫ އެފްސީ ބޭރުމަތި ޓީމަކީ މިމުބާރާތް 2017 އަދި 2018 ގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. ދިގުވާޑު ޓީމު ވަނީ މުބާރާތުގައި ފާހަގަކޮށްލެވޭ ފަދަ ކުޅުމެއް ދައްކައި ފައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ހޯދަޑު ސްޕޯޓްސް އާއި 1-1 އެއްވަރުވި މެޗު ނޫން ހުރިޙާ މެޗެއް ކާމިޔާބުކުރިއެވެ. ދެވަނަ ބުރުން ޖާގަ ހޯދީ އެޓީމާއި ހޯދަޑު ސްޕޯރޓްސް ހިމެނުނު ގްރޫޕް ޑީ އިން 1 އެވަނަ ހޯދައިގެންނެވެ.

ދިގުވާޑު ޓީމުގެ އާދަމް ލަރީފް (ރޮނާ) ޓީމު ދެވަނަ ބުރަށް ގެންގޮސްދިނުމުގައި މުހިންމު ރޯލެއް ކުޅުނު

ދިގުވާޑުސކ. 2-0 ފްރެންޑްސް ކްލަބް

ދިގުވާޑުސކ. 7-0 އެފްއާރުޓީ

ދިގުވާޑު އަދި ހޯދަޑު ޓީމު ހިމެނުނު ގްރޫޕް ޑީ

އިއްޔެ ރޭ ހޯދަޑު ސްޕޯޓްސް ވެސް ދެވަނަ ބުރުގައި ފޭދޫ ލޮނަ ޓީމު އާއި ކުޅެ 3-0 އިން ވީ ބައްޔެވެ. މި ފުވައްމުލައް ސިޓީގައި އެންމެ ފަހުން ބޭއްވި ފުޓްސަލް ދެ މުބާރާތްވެސް ކާމިޔާބު ކުރި ހޯދަޑު ސްޕޯޓްސް ޓީމަށް މުބާރާތުގައި މާމޮޅު ކުޅުމެއް ދެއްކިފައިއެއް ނުވެއެވެ. އެގޮތުން ބަލާއިރު މުބާރާތުގައި އެޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު އަނެއް ދެ މެޗުން ވީ އެއްވަރެވެ. ދެވަނަ ބުރަށް ދިޔައީ 4 ޓީމު ހިމެނުނު ގްރޫޕްގެ 3 ވަނަ ޓީމުގެ ގޮތުގައެވެ. އަދި ދެވަނަ ބުރުގައި ކުޅުނު މެޗުން ބަލިވުމުން މުބާރާތުން ކެޓީއެވެ.

ހޯދަޑު ސކ. އަދި ދިގުވާޑު ސކ. ބައްދަލުކުރި މެޗު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !