މި ސީޒަންގެ ޔޫއެފާ ޗެމްޕިންސް ލީގު ކުއާޓާ ފައިނަލް މެޗުތަކުގެ ކުޅުން ރޭ ނިމި ސެމީ ފަިއނަލަށް ޓީމުތައް ހޮވިއްޖެއެވެ. މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމު ކަމަށްވާ ޖަރުމަނުގެ ބެޔާން މިޔުނިކު ވަނީ ކުއާޓާ ފައިނަލުގައި ފްރާންސްގެ ޕީއެސްޖިއަތުން ބަލިވެ މުބާރާތާއި ވަކިވެފައެވެ. ޕީއެސްޖީއިން ވަނީ ގަދަ 16ގައި މަޝްހޫރު ބާސެލޯނާ ވެސް ބަލިކޮށް މުބާރާތުން ކަޓުވާލާފައެވެ.
ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ފްރާންސްގެ ޕީއެސްޖީއާއި އިނގިރޭސިވިލާތުގެ ޗެލްސީ އަދި މެންޗެސްޓާ ސިޓީގެ އިތުރުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސްޕެއިންގެ ރިއަލް މެޑްރިޑެެވެ.

ނޭމާ އާއި ފޯޑެން – ދެ ފޯވަޑުން
ޔޫރަޕުގެ ގަދަ ބާރުންގެ ގޮތުގައި ބެލެވޭ އިނގިރޭސި ވިލާތުގެ 3 ޓީމު ކުއާޓާ ފައިނަލުގައި ކުޅުނު އިރު ޗެލްސީ އިން ޕޯޗްގަލްގެ އެފްސީ ޕޯޓޯގެމައްޗަށް ކުރިހޯދައި ސެމީގެ ޖާގަ ހޯދާފައެވެ. މިދެޓީމުގެ ދެމެދުގަިއ ކުޅެވުނު ދެމެޗުން ދެޓީމު ވަނީ މޮޅުވެފައެވެ. ނަމަވެސް އެގްރިގޭޓް ނަތީޖާއިން ޗެލްސީއަށް ކުރި ލިބުނީ 2-1 އިންނެވެ. މިއީ ޗެލްސީއަށް 2013ގެ ފަހުން މިމުބާރާތުގެ މިހާ ހިސާބަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ. މިމެޗުގައި ޕޯޓޯގެ ޓެރެމީ އޯވާހެޑް ކިކަކުން ކާމިޔާބުކުރި މޮޅު ގޯލަކީ މިމުބާރާތުގެ އެންމެ މޮޅު ގޯލަށް ވުން ގާތް ގޯލެކެވެ.
ކުއާޓާފައިނަލަގެ ފުރަތަމަ ލެގް: ޕޯޓޯ 0-2 ޗެލްސީ
ކުއާޓާފައިނަލަގެ ފުރަތަމަ ލެގް: ޗެލްސީ 0-1 ޕޯޓޯ (2-1 ގެ އެގްރިގޭޓުން ޗެލްސީއަށް ކުރިލިބޭ)

ޗެލްސީގެ ޖ.10 ޕުލްސިޗް ފަހުމެޗުގެ މޮޅުކުޅުނތެރިޔާގެ މަގާމު ހޯދި.
ފްރާންސްގެ ޕީއސްޖި އާއި ޖަރުމަނުގެ ބޭޔާން ްމިޔުނިކު ބައްދަލުކުރި 2 މެޗުން 2 ޓީމު މޮޅުވިއެއކަމަކު އެގްރީގޭޓުން އެއްވަރުވެ އަވޭ ގޯލުން ޕީއެސްޖީއަސް އެޑްވާންޓޭޖް ލިބި ސެމީ ފައިނަލުގެ ޖާގަ ވަނީ ލިބިފައެވެ.
ކުއާޓާފައިނަލަގެ ފުރަތަމަ ލެގް: ބެޔާން މިޔުނިކް 2-3 ޕީއެސްޖީ
ކުއާޓާފައިނަލަގެ ފުރަތަމަ ލެގް: ޕީއެސްޖީ 0-1 ބެޔާން މިޔުނިކް (3-3 ގެ އެގްރިގޭޓުން އެއްވަރުވެ އަވޭ 2 ގޯލް ފަރަގުން ކުރިލިބެނީ ޕީއެސްޖީއަށް)

ސިޓިގެ ޑިބްރޭނާ އާއި ރީއާލްގެ ކަސަމީރޯ އަދި ލިވަރޕޫލްގެ ސަލާހް
އިނގިރޭސި ލީގުގަިއ ކުރީގައި އޮތް މެންޗެސްޓާ ސިޓީއިން ވަނީ ކުޅުނު ދެ ލެގުގައި ވެސް ޖަރުމަނުގެ ބުރޯޝިއާ ޑޯމުންޑްގެ މައްޗަށް 2-1 އިން މޮޅުވެފައެވެ. މިއީ މެންޗެސްޓާ ސިޓީ ގެ ތާރީޚުގައި ވެސް 2 ވަނަ ފަހަރާ މިމުބާރާތުގެ ސެމީ ފައިނަލަށް ދެވުމެވެ. މިގެ ކުރިން މިހިސާބަށް ދަތުރުކުރެވުނީ 2015 ގައެވެ.
ކުއާޓާފައިނަލަގެ ފުރަތަމަ ލެގް: މެންޗެސްޓާ ސިޓީ 2-1 ޑޯމުންޑް
ކުއާޓާފައިނަލަގެ ފުރަތަމަ ލެގް: ޑޯމުންޑް 1-2 މެންޗެސްޓާ ސިޓީ (2-1 ގެ އެގްރިގޭޓުން މެންޗެސްޓާ ސިޓީއަށް ކުރިލިބޭ)
މުބާރާތުގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ސްޕޭނުގެ ރެއާލް މެޑްރިޑުން ވަނީ ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި އައްލަ ދަނޑުގައި ލިވާޕޫލްގެ މައްޗަށް 3-1 އިން މޮޅުވެފައެވެ. ނަމަވެސް ރޭ ކުޅެވުނު ދެވަނަ ލެގްގެ މެޗު ގޯލެއް ނުޖެހި އެއްވަރުވުމުން 3-1ގެ އެގްރިގޭޓްުން ރެއާލް އަށް ކުރި ލިބި ސެމީފައިނަލުގެ ޖާގަލިބެއެވެ.
ކުއާޓާފައިނަލަގެ ފުރަތަމަ ލެގް: ރެއާލް މެޑްރިޑު 3-1 ލިވާޕޫލް
ކުއާޓާފައިނަލަގެ ފުރަތަމަ ލެގް: ލިވާޕޫލް 0-0 ރެއާލް މެޑްރިޑު (1-3 ގެ އެގްރިގޭޓުންރެއާލް މެޑްރިޑަށް ކުރިލިބޭ)

ރޭ ރީއާލް އިން ސެމީގެ ޖާގަ ކަށަވަރުކުރުން
މުބާރާތުގެ ސެމީފައިނަލުގައި ޗެލްސީ ވާދަކުރާނީ ރިއަލް މެޑްރީޑާއެވެ. އަދި ޕީއެސްޖި ވާދަކުރާނީ މެންޗެސްޓާ ސިޓީ އެވެ.
ސެމީ ފައިނަލުގައި ވެސް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ދެމެޗުން ދެ ޓީމުގެ ޕޮއިންޓް އެގްރިގޭޓް އެއްވަރު ވެއްޖެނަމަ އިތުރު ވަގުތު ކުޅެ ނެތީޖާނެރެވެތޯ ބަލާނީއެވެ. އެގޮތުން ވެސް އެއްވަރުވެއްޖެނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ.
ސެމީ ފައިނަލް ފުރަތަމަ ލެގް މެޗް 1 އަދި 2: 27 އާއި 28 އެޕްރީލް
މެޗް 1 ރިއަލް މެޑްރީޑާ އާއި ޗެލްސީ
މެޗް 2 ޕީއެސްޖީ އާއި މެންސިޓީ
ސެމީ ފައިނަލް 2ވަނަ ލެގް މެޗް 3 އަދި 4: 4 އާއި 5 މެއި
މެޗް 3 މެންސިޓީ އާއި ޕީއެސްޖީ
މެޗް 4 ޗެލްސީއާއި ރިއަލް މެޑްރިޑް
ޚިޔާލުތައް