ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ގުރުނަގައިފި

ޗެމްޕިއަންސް ޅީގު ދެވަނަ ބުރުގައި ބާސާ އަދި ޕިއެސީ ބައްދަލުކުރަން ޖެހިއްޖެ.
Share on facebook
Share on twitter
Share on google

މި ސީޒަންގެ ޔޫއެފާ ޗެމްޕިންސް ލީގު ގަދަ 16 ޓީމުގެ ގުރުލުން މިއަދު ބާއްވައިފިއެވެ. މިފަހަރުގެ ދެވަނަ ބުރުގައި ވާދަކުރަން ޖެހޭ އެންމެ ބޮޑު ދެޓީމަކީ ސްޕޭނުްގެ ބާސެލޯނާއާއި ފްރާންސްގެ ޕީއެސްޖީއެވެ. މީގެ އިތުރުން ސްޕޭންގެ އެތުލެޓިކޯ މެޑްރިޑް އާއި ޗެލްސީއެވެ.

ދެވަނަ ބުރުގެ ގުއަތުލުމުގައި ގްރޫޕް ސްޓޭޖުގެ 8 ޓީމެއްވަނީ ސީޑް ކޮށްފައެވެ. އަދި މީގެ އިތުރުން ގުރުއަތު ކޮންޓްރޯލް ކުރެވިފައި ވަނީ ގްރޫޕް ސްޓޭޖްގައި ކުރިން ބައްދަލުކުރި ޓީމަކާއި އަދި އެއްލީގެއްގެ ދެޓީމަކާއި ބައްދަލުނުވާ ގޮތަށެވެ.

ދެވަނަ ބުރުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ އަދި މާރިޗް މަހުއެވެ. ފުރަތމަ ލެގް ގެ ކުޅުން ފެބްރުއަރީ 16-17 އަދި 23-24 އަށް އަދި ދެވަނަ ލެގް މާރިޗް 9-10 އަދި 16-17 ގައެވެ.

ޗެމްޕިއަންސްޕީގް 2020/21 ގަދަ 16ގެ ގުރުއަތު

ދެވަނަ ބުރާއި ހަމައިން ޓީމަށް 3 ކުޅުން ތެރިއަކު އިތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮކްއައުޓް މެޗުތަކުގެ ދެ ލެގުން ޕޮއިންޓްން އެއްވަރުވެއްޖެ ނަމަ ބަލާނީ އަވޭ ގޯލަށެވެ. އެގޮތުން ވެސް އެއްވަރުވެއްޖެ ނަމަ 30 މިނިޓްގެ 2 ހާފު ކުޅެގެން ނަތީޖާ ނެރޭނީ ގޮތަށެވެ. އެގޮތުން ގޯލު ޖަހައިގެން އެއްވަރުވެއްޖެ ނަމަ އަވޭ ގޯލަށް ޑަބަލް ޕޮއިންޓް ދީގެން ނަތީޖާނެރޭ ގޮތަށެވެ. އިތުރުވަގުތުގެ 30 މިނިޓްގައި ގޯލެއް ނުޖެހި އެއްވަރުވެއްޖެނަމަ ނަތީޖާނެރެން ޕެނަލްޓީ ޖަހާގޮތަށެވެ. ޔޫއެފާއިން ބަލަނީ މެޗުތަކުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހުމާއި ވީހާވެސް ދުރަށް ދިއުމަށް މަސައްކަތް ކުރުމަށެވެ.

ދެވަނަ ބުރުގެ މެޗުތައް

ފުރަތަމަ ދުވަސް: 2021 ފެބްރުއަރީ 16 އަދި މާރިޗް 10

ޖަރުމަނުގެ އާރުބީ ލެޕީޒް – ލިވަރޕޫލް (އިނގިރޭސި)

ސްޕޭންގެ ބާސެލޯނާ – ފްރާންސްގެ ޕީއެސްޖީ

2 ވަނަ ދުވަސް: 2021 ފެބްރުއަރީ 17 އަދި މާރިޗް 9

ޕޯޗުގަލްގެ އެފްސީ ޕޯޓޯ – އިޓާލީގެ ޔުވެންޓާސް

ސްޕޭންގެ ސެވިއްޔާ – ޖަރުމަނުގެ ބޮރޯޝިއާ ޑޯމުންޑް

3 ވަނަ ދުވަސް: 2021 ފެބްރުއަރީ 23 އަދި މާރިޗް 17

އިޓާލީގެ ލާޒިއޯ – ޖަރުމަނުގެ އާރުބީ ލެޕީޒް

ސްޕޭންގެ އެތުލެޓިކް މެޑްރިޑް – ޗެލްސީ (އިނގިރޭސި)

4 ވަނަ ދުވަސް: 2021 ފެބްރުއަރީ 24 އަދި މާރިޗް 16

ޖަރުމަނުގެ ވީއެފްއެލް ބޮރޫޝިއާ މޮއެންޝެންގްލެޓްބެކް – މެންޗެސްޓަރ ސިޓީ (އިނގިރޭސި)

އިޓަލީގެ އެޓްލާންޓާ ބީސީ – ސްޕޭނުގެ ރިއާލް މެޑްރިޑް

ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި 3 ކުޅުންތެރިން. މެސީ 71، ރޮނަލްޑޯ 67 އަދި ކަރިމް ބެންޒަމާ 51.

މިމުބާރާތުގެ ކުއާޓަރ ފައިނަލް ކުޅެނީ އޭޕްރީލް 6/7 އަދި 13/14 ގައެވެ. ސެމީ ފައިނަލް މެޗުތައް 27/28 އޭޕްރީލް އަދި މޭ 4/5ގައެވެ.

މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ތުރުކީގެ އިސްތަންބޫލްގެ އަތާތުރުކު ސްޓޭޑިއަމްގައި 29 މޭ2021 ގައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments