A wide advertisement which will be shown on all devices. (700 x 100)

ޔޫއެފާ ޗެމްޕއިންސް ލީގުގެ 20/21 ގަދަ 16

ޔޫއެފާ ޗެމްޕިއަންސް ލީގް 2020/21 ދެވަނަ ބުރުގެ ގަދަ ޓީމުތައް ހޮވިއްޖެ

ރޭގައި ކުޅެވުނު ގްރޫޕް ސްޓޭޖްގެ ފަހުމެޗުތަކުގެ ނަތީޖާއިން މި ސީޒަންގެ ޔޫއެފާ ޗެމްޕިންސް ލީގު ގަދަ 16 އަށް ޓީމުތައް ހޮވިއްޖެއެވެ. ޔޫރަޕުގެ ގާދަ ބާރުންގެ ގޮތުގައި ބެލެވޭ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި އިޓަލީގެ ގަދަ ބާރެއްކަމަށްވާ އިންޓަމިލާން މިވަނީ ގްރޫޕް ސްޓޭޖުން މުބާރާތުން ކަޓައިގެން ގޮސްފައެވެ. މަޝްހޫރު އެހެން ޓީމުތަކުން ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

މިފަހަރުގެ ސީޒަން 2020/21 ގެ ގަދަ 16 އަށް މިދިޔައީ ޖަރުމަނުގެ 4 ޓީމާއި، ސްޕޭންގެ 4 ޓީމުގެ އިތުރުން އިނގިރޭސިވިލާތުގެ 3 ޓީމާއި އިޓަލީގެ 3 ޓީމު އަދި ފްރާންސްގެ ދެ ޓީމެވެ. މިމުބާރާތުގައި ގައުމަކުން އެންމެ ގިނަވެގެން ވެސް ފުރުސަތު ލިބެނީ ލީގުގެ އެނެމް މޮޅު 4 ޓީމަށެވެ. ވުމާއެކު ސްޕޭނާއި ޖަރުމަނުން މުބާރާތަށް ކޮލިފަިއވި 4 ޓީމުވެސް މިވަނީ 2 ވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ.

އިނގިރޭސި 4 ޓީމުގެ ތެރެއިން ގަދަ 16 އަށް މިދިޔައީ 3ޓީމެވެ. އިނގިރޭސި ވިލާތުން ދެވަނަ ބުރަށް ދިޔައީ މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ގެ އިތުރުން ލިވަރޕޫލެވެ. މި 3 ޓީމުން ވެސް ވަނީ ގްރޫޕްގެ އެއްވަނަ ހޯދައި، ދެވަނަ ބުރުގެ ގުރުއަތުން ސީޑް ކުރެވޭ ޓީމުތަކުގެ ފުރުސަތު ހޯދާފައެވެ.

ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނުގެ ޝާލްކޭ އާއި އިޓަލީގެ ވަރުގަދަ އިންޓަމިލާންގެ މެޗު 0-0 އިން އެއްވަރުވުމުން އެދެ ޓީމުވެސް މުބާރާތުން ކެޓީއެވެ. ޕޮއިންޓްގެ ގޮތުން އެއްވަރުވެ ދެވަނަ ޖާގަ ހެޑް-ޓް-ހެޑް ދެ މެޗުން ވެސް މޮޅުވެގެން ލިބުނީ ޖަރުމަނުގެ ވީއެފްއެލް ބޮރޫޝިއާ މޮއެންޝެންގްލެޓްބެކް އަށެވެ.

މިފަހަރުގެ މުބާރާތުގައި ޖަރުމަނުގެ ވީއެފްއެލް ބޮރޫޝިއާ މޮއެންޝެންގްލެޓްބެކް އަށް ގަދަ 16 ގައި ޖާގަ މިލިބުނީ ފަހުގެ ތާރީޚެއްގައި އަލަށެވެ. ވީއެފްއެލް ބޮރޫޝިއާ މޮއެންޝެންގްލެޓްބެކް އަށް އިންޓަރނޭޝަނަލް މުބާރާތަކުން މިހާތަނަށް ލިބިގފައިވާ ހަމައެކަނި ކާމިޔާބީއަކި 1977 ގައި އިންޓަރ ކޮންޓިނެންޓަލް ކަޕް ގެ ރަނަރަޕް ގެ މަގާމެވެ. ޗެމްޕއިންސް ލިގުގައި ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

ޔޫއެފާ ޗެމްޕއިންސް ލީގް 2020/21 ދެވަނަ ބުރުގެ ޓީމުތައް ހޮވިއްޖެ

އިޓަލީގެ އެޓްލާންޓާ އަށް ބައިނަލް އަގުވާމީ މުބާރާތަކުން މިހާތަނަށް އެންމެ ކުރިޔަށް ދެވިފައި ވަނީ 1988 ވަނަ އަހަރު އިޓަލީގެ ސީރިއާ ބީގެ ޓީމެއްގެ ގޮތުގައި އޮވެ ޔޫއެފާ ކަޕްވިނާސް ކަޕްގެ ސެމީ ފައިނަލާއި ހަމައަށެވެ. އަދި އެއިގެ ފަހުން ޔޫރޮޕާ ލީގުގައި 4 ސީޒަންގައި ކުޅެ 1990/91ގެ ކްއާޓަރ ފައިނަލަށް ދިޔައެވެ. އެޓީމު ޔޫއެފާ ޗެމްޕއިންސް ލީގަށް އަލަށް ކޮލިފައި ވެފައިވަނީ ނިމުނު 2019/20ގެ ސީޒަނުގައެވެ. އެމުބާރާތުގެ ގްރޫޕް ސީ އިން ދެވަނަ ހޯދައި ގަދަ 16ގައި ސްޕޭންގެ ވެލެންސިއާގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެން ކުއާޓާފައިނަލަށް ދަތުރުކުރިއެވެ. ކުއާޓާފައިނަލްގައި އެޓީމުބަލިވީ މުބާރާތުގެ ރަނަރަޕް ފްރާންސްގެ ޕީއެސްޖީއަތުން 2-1 އިންނެވެ.

އަށް ގްރޫޕްގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު ގްރޫޕް ސްޓޭޖް މެޗުތަކުގައި ދެ ޓީމެއް ޕޮއިންޓް އެއްވަރު ވެއްޖެނަމަ ބަލަނީ އެދެޓީމެއް ބައްދަލުކުރި ދެ މެޗުގެ ނަތީޖާ ގައި ބުރަވާކޮޅަަކަށް ކުރި ލިބޭ ގޮތަށެވެ. އެގޮތުން ވެސް އެއްވަރުވެއްޖެ ނަމަ ފައިދާ ގޯލުން ކުރި ލިބޭ ގޮތަށެވެ.

ގްރޫޕް އޭ:

1 ވަނަ: ޖަރުމަނުގެ ބޭޔާން މިޔުނިކް – 16 ޕޮއިންޓް

2 ވަނަ: ސްޕޭނުގެ އެތުލެޓީކޯ މެޑްރިޑް – 9 ޕޮއިންޓް

ގްރޫޕް ބީ:

1 ވަނަ: ސްޕޭނުގެ ރިއާލް މެޑްރިޑް – 10 ޕޮއިންޓް

2 ވަނަ: ޖަރުމަނުގެ ވީއެފްއެލް ބޮރޫޝިއާ މޮއެންޝެންގްލެޓްބެކް – 8 ޕޮއިންޓް

3 ވަނަ ޔުކްރޭންގެ ޝާލްކޭ – 8 ޕޮއިންޓް (ހެޑް ޓް ހެޑް ދެ މެޗުންވެސް ބަލިވީ)

ގްރޫޕް ސީ:

1 ވަނަ: އިނގިރޭސިވިލާތް މެންޗެސްޓަރ ސިޓީ – 16 ޕޮއިންޓް

2 ވަނަ: ފްރާންސްގެ އެފްސީ ޕޯޓޯ – 13 ޕޮއިންޓް

ގްރޫޕް ޑީ:

1 ވަނަ: އިނގިރޭސިވިލާތް ލިވަރޕޯލް އެފްސީ – 13 ޕޮއިންޓް

2 ވަނަ: އިޓަލީގެ އެޓްލާންޓާ ބީސީ – 11 ޕޮއިންޓް

ގްރޫޕް އީ:

1 ވަނަ: އިނގިރޭސިވިލާތް ޗެލްސީ އެފްސީ – 14 ޕޮއިންޓް

2 ވަނަ: ސްޕޭނުގެ ސެވިއްޔާ އެފްސީ – 13 ޕޮއިންޓް

ގްރޫޕް އެފް:

1 ވަނަ: ޖަރުމަނުގެ ބޮރޯޝިއާ ޑޯމުންޑް – 13 ޕޮއިންޓް

2 ވަނަ: އިޓަލީގެ އެސްއެސް ލާޒިއޯ – 10 ޕޮއިންޓް

ގްރޫޕް ޖީ:

1 ވަނަ: އިޓަލީގެ އުވެންޓާސް – 15 ޕޮއިންޓް

2 ވަނަ: ސްޕޭނުގެ އެފްސީ ބާސެލޯނާ – 15 ޕޮއިންޓް

ގްރޫޕް އެޗް:

1 ވަނަ: ފްރާންސް ޕީއެސްޖީ – 12 ޕޮއިންޓް

2 ވަނަ: ޖަރުމަނުގެ އާރުބީ ލެޕީޒް – 12 ޕޮއިންޓް (ހެޑް ޓް ހެޑް ދެ މެޗުން ދެޓީމު މޮޅުވެ ފައިދާ ގޯލުން ފަހަތުގައި)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !