ރަމަޟާން ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް އިންޑިއަންސް އޭ ހޯދައިފި

Share on facebook
Share on twitter
Share on google

މިދިޔަ އެޕްރީލް މަހު ފުވައްމުލަކުގައި ފެށުނު ރަމަޟާން ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް އިންޑިއަންސް އޭ ޓީމު ހޯދައިފިއެވެ. އިއްޔެ ފުވައްމުލަކު ކުރިކެޓް ސްޓޭޑިއަމުގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލް މެޗުގައި ޔުނައިޓެޑް އިންޑިއަންސް އޭ ޓީމާއި ވާދަކުރީ ޓީމު ކުރުނބާއެވެ. ޔުނިޓެޑް އިންޑިއަންސް އޭ ޓީމު މެޗު ކާމިޔާބުކުރީ 59 ލަނޑުންނެވެ.

އިއްޔެ މެޗުގައި ފުރަތަމަ ބެޓްކުރަން ނިކުތީ ޔުނައިޓެޑް އިންޑިއަންސް އޭ ޓީމުންނެވެ. މުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައިވާ ނުވާ ޔުނަިއޓެޑް އިންޑިއަންސް އޭ ޓީމުންް 6 އޯވަރުތެރޭ 121 ލަނޑު ހެދިއެވެ. އެންމެ ގިނަ ލަނޑު ހަދާފައިވަނީ މެޗުގެ މޭން އޮފްދަ މެޗު ހޯދި ނައުފަލް އާއި މިތުންއެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް 30 ލަނޑު ހެދިއެވެ. ކުރުނބާ ޓީމުން ޖަވާބުގައި ކުޅުން ނިކުމެ 6 އޯވަރު ނިމުނު އިރު ހެދުނީ 62 ލަނޑެވެ.

އިއްޔެގެ މެޗަށްފަހު މަގާމުތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކުރުން އޮތެވެ. މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީ އާއި އިނާމު ހަވާލުކޮށް ދެއްވީ ފުވައްމުލަކު ސިޓީ ކައުންސިލަށް އާ މޭޔަރެއްގެ ގޮތުގައި ހޮވިފައިވާ އިސްމާއީލް ރަފީގެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ބޭޓުސް މަނުގެ މަގާމު ހޯދާފައިވަނީ މިމުބާރާތުގައި 142 ލަނޑު ހެދި މިތުންއެވެ. އެންމެ މޮޅު އުކުންތެރިއަކަށް (ބޯލާ) އަކަށް ހޮވިފައިވަނީ 5 ވިކެޓް ނެގި އަހުމަދު ޒާދު އާއި އިބްރާހިމް ރާއި އެވެ. އެންމެ މޮޅު ހޮވުންތެރިއަކަށް (ފީލްޑާ) އަކަށް ހޮވިފައިވާ މުހައްމަދު ޝަކީބެވެ.

5.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments