A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2020: ބެލްޖިއަމް އާއި ޗެކްރިޕަބްލިކް ކުއާޓާ ފައިނަލަށް

ޔޫރޯ2020 ދެވަނަ ބުރުގެ 3 އަދި 4 ވަނަ މެޗު

އެންމެ ފަހުގެ ޔޫރޯ (ޔޫރޯ2016) ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށްފަހު ވަރުގަދަ ބެލްޖިއަމް ޔޫރޯ 2020 މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރކޮށްފިއެވެ. ރޭ ކުޅެވުނު ފުރަތަމަ މެޗު ކާމިޔާބުކޮށްގެން ޗެކް ރިޕަބްލިކުން ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދާފައެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކާސް އެރީނާ ގައި ރޭ ކުޅެވުނު ޔޫރޯ 2020ގެ ދެވަނަ ބުރުގެ 3 ވަނަ މެޗު ޗެކް ރިޕަބްލިކުން ކާމިޔާބުކުރީ 2-0 އިން ނެދަލޭންޑް (ލަންދޭސީން) ބަލިކޮށްގެނެވެ. މެޗުގެ ދެ ގޯލުވެސް ޖެހީ ދެވަނަ ހާފުގަައެވެ. މެޗުގައި ނެދަލޭންޑް (ޑަޗް) ޓީމުން ގިނަވަގުތު ބޯޅަ އެމީހުންގެ ކޮންޓްރޯލް ދަށުގައި ގެންގުޅުނު ނަމަވެސް މުޅި މެޗުގައި ވެސް އިދިކޮޅު ގޯލާ  5 ހަމަލާ ދިން އިރު ސީދަލަށް ގޯލަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވެއެވެ.  އަނެއް ކޮޅުން ޗެކު ރިޕަބްލިކުން 9 ހަމަލާ ދީ، 5 ހަމަލާއެއް އިދިކޮޅު ގޯލަށް އަމާޒުކޮށްފައި ވެއެވެ.

ޗެކް ރިޕަބްލިކް އާއި ނެދާލޭންޑްސް ބައްދަލުރި މެޗު

މި ދެޓީީމު 12 ފަހަރު ވާދަކޮށްފައިވާ އިރު 6 ފަހަރު ޗެކުން މޮޅުވެ 3 ފަހަރު އެއްވަރުވެ އަނެއް 3 ފަހަރު ނެދަލޭންޑް މޮޅުވެފައި ވެއެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކީ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދި ން ތޯމަސް ހޯލްސް (ޖ.9) އެވެ. މިމޮޅާއެކު ޗެކުން ކުއާޓާ ފައިނަލުގައި ވާދަކުރާނީ ޑެންމާކުއާއެވެ.

ރޭގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޔޫރޯ ޗެމްޕޯއިން ޕޯޗުގަލް އާއި ފީފާ ވޯލްޑް ރޭންކިންގެ ފާއިތުވި 3 އަހަރުވެސް އެއްވަނާގައި އޮތް ބެލްޖިއަމް ކުޅުނު މެޗުން ބެލްޖިއަމް ކުރި ހޯދީ 1-0 އިންނެވެ. އެޓީމަށް މިގޯލް ކާމިޔާބުކޮށް ދިނީ ކެޕްޓަން އެޑިން ހަޒާޑްގެ ކޮއްކޮ ތޯގަން ހަޒާޑް (ޖ.16) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ.

މުބާރާތާއި އަލްވަދާޢު ކިޔަން ޖެހުނު ޕޯޗްގަލް ޓީމުގެ ރޮނަލްޑޯ އާއި ރޮނޭޓޯ ސަންޗޭސް

ފުރަތަމަ ހާފުގައި ޗެކުން ގޯލެއް ޖެހި ކަމުގައި ވިޔަސް ދެވަނަ ހާފުގައި ބޮޑަށް ޖެހުނީ ދިފާއަށް ކުޅޭށެވެ. ބެލްޖިއަމްގެ ކޯޗް މާޓިނޭޒް ބުނީ އެމީހުން ވަނީ މެޗުގައި ދިފާއަށް ފުރިހަމައަށް ވިސްނައިގެން މެޗު ކޮންޓްރޯލް ކޮށްފައި ކަމަށެވެ. ދެވަނަ ހާފުގެ ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައު އިތުބާރު މިޑްފިލްޑަރު ކެވިން ޑިބްރޭނާ (ޖ.7) ކުޑަހުޅުގެ އަނިޔާއަކާއި ހެދި ބަދަލުކުރަން ޖެހުނު އިރު ހާފު ނިމެން އުޅެނިކޮށް ކެޕްޓަން އެޑިން ހަޒާޑަށް (ޖ.10) ވެސް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. ހަޒާޑަށް ދިމާވީ މަސްގަނޑުގެ އަނިޔާއެކެވެ.

ޑިބްރޭނާއާއި އެޑިން ހަޒާޑް އަށް އަނިޔާވެއްޖެ.

މުޅި މެޗުގައި ކްރިސްޓިއާނާ ރޮނަލްޑޯގެ ޕޯޗުގަލް އިން 24 ހަމަލާ އުފެއްދި އިރު 5 ހަމަލާ ގޯލަށް އަމާޒުވިއެވެ. އެއިގެ ތެރޭގައި ދެވަނަ ހާފުގައި ދިން 5 ހަމަލާ ހިމެނެއެވެ. ބެލްޖިއަމް ޓީމަށް މުޅި މެޗުގައި ދެވުނީ 6 ހަމަލާއެވެ. އެއިގެ ތެރެއިން ގޯލަށް އަމާޒުވި ހަމައެކަނި ހަމަލާއިން ވަނީ ގޯލެއް ކާމިޔާބުކުރެވިފައެވެ.

ޕޯޗްގަލްގެ މި ނާކާމިޔާބީއާއެކު ކްރިސްޓިއާނާ ރޮންލަޑޯއަށް މިފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާކަމުގެ މަގާމު ލިބުމުގެ ފުރުސަތު އިތުރަށް މިވަނީ ހަނިވެފައެވެ. އެއީ ކްލަބް ލެވެލްގައި ލީގު ނުލިބުމާއި ގައުމީ ޓީމް ލެވެލްގައި ކުއާޓާފައިނަލުން ކަޓައިގެން ދާން ޖެހުމުންނެވެ.

މުބާރާޓުގެ މެޗުތައް ރޭވިފައިވާ ގޮތް

މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ؛

ކްރޮއޭޝިއާ އާއި ސްޕޭން – ކޯޕަންހޭގަން، ޑެންމާކު

ފްރާންސް އާއި ސްވިޒާލޭންޑް – ބުކަރެސްޓް، ރޫމޭނިއާ

ކުއާޓާ ފައިނަލުގައި އިޓާލީ ވާދަކުރާނީ މިރޭ ބެލްޖިއަމް އަދި ޑެންމާކް ބައްދަލުކުރާނީ މިރޭ ނެދާލޭންޑްސް އާއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !