A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2020: ޕެނަލްޓީގައި ސްޕޭން ބަލިކޮށް އިޓަލީއަށް ފައިނަލަށް

އިޓަލއިން ސްޕެއިން 1-1 އިން ހިފަހައްޓައި ޕެނަލއްޓީގައި 4-2 އިން ކުރި ހޯދި

ރޭ ކުޅެވުނު ޔޫރޯ 2020 މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެ، ކުޅެވުނު އިތުރު ވަގުތުގައި ގޯލެއް ނުޖެހުމުން ޕެންލަޓީ ޖަހައިގެން ސްޕޭންގެ މައްޗަށް އިޓާލީ ކުރި ހޯދައި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިޓާލި ކުޅުންތެރިއަކު ބޯޅައާއެކު ކުރިޔަށް

ރޭ އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގައި ފުރަތަމަ ގޯލެއް ޖަހައި ކުރި ހޯދީ އިޓާލީގެ ޗިއޭސާ (ޖ.14) އެވެ. ނަމަވެސް ދެވަނަ ހާފު ނިމުމުގެ ކުރިން ސްޕެއިނުގެ މޮރާޓާ (ޖ.7) ގޯލެއް ޖަހައި މެޗުގެ ނަތީޖާ 1-1 އިން އެއްވަރުކޮށް ދިނެވެ. މޮރާޓާގެ މިގޯލާއެކު އޭނާ ވަނީ ޔޫރޯ ދެ މުބާރާތެއްގައި 3 ގޯލުޖެހި ހަމައެކަނި ސްޕޭންގެ ކުޅުންތެރިޔާއަށް ވެފައެވެ. އިތުރު ވަގުތުގައި ސްޕެއިންގެ ކުޅުުން ވަރުގަދަ ކުރިއެވެ. އެގޮތުން އެޓީމުގެ އޮލްމޯ އާއި މޮރާޓާގެ އަދި މާކޯސް ލޮރެންޓޭގެ ހަމަލާތައް ފާހަގަ ވިއެވެ. ނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވިއެވެ.

އިޓާލީގެ ޗިއޭސާ- މެޗުގެ މޮޅު ކުޅުންތެރިޔާ، އަދި ސްޕެއިންގެ ގޯލް ކާމިޔާބު ކޮށްދިން މޮރާޓާ- ޕެނަލްޓީ މިސްވެ ދެރަފައި.

ނަތީޖާ ނެރުމަށް އިޓަލީއިން ޖެހި ފުރަތަމަ ޕެންލަޓީ ސްޕޭންގެ ކީޕަރު މަތަކުރިއެވެ. އަދި ސްޕޭންގެ ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އިޓާލީއިން އިތުރަށްޖެހި 4 ޕެނަލްޓީ ކާމިޔާބުކުރި އިރު ސްޕޭން 4 ވަނަ ޕެންޓީ މޮރާޓާ ފޮނުވާލުމުން އިޓާލީ ކީޕަރު މަތަކުރިއެވެ. އަދި އިޓަލީގެ ފަހު ޕެނަލްޓީ ޖޯޖީނިއޯ ފަސޭހަކަމާއެކު ވައްދާލުމުން 4-2 އިން ޕެނަލްޓީ އިން މޮޅުވިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އިޓާލީގެ ގޯލް ކާމިޔާބުކޮށްދިން ޗިއޭސާއެވެ.

މިއީ ޔޫރޯ ފައިނަލަުގައި އިތަލީ ކުޅޭ 4 ވަނަ ފަހަރެވެ. އެއްގައުމަކުން މިމުބާރާތުގަ ފައިނަލުގައި އެންމެ ގިނައިން ދެން ކުޅެފައިވަނީ ޖަރުމަން 6 ފަހަރެވެ. މިދެޓީމުންވެސް ނަމތީޖާ ނެރުމަށް ޕެނަލްޓީ 6 ފަހަރު ޖަހާފައިވެއެވެ. އިޓާލިން ވަނީ ޔޫރޯގައި މިހާތަނަށް ބަލިނުވެ 33 މެޗު ކުޅެފައެވެ. އަދި މިއީ ސްޕޭން ބޮޑު މަބާރާތްތަކުގެ ސެމީ ފައިނަލުން ބަލިވި 6 ވަނަ ފަހަރެވެ. އިޓަލިގެ ބަނޫޗީ އާއި ކިއެލިނީ ޔޫރޯ ފައިނަލުގައި ކުޅޭ މިއީ ދެވަނަ މުބާރާތެވެ.

ސާޖިއޯ ބްސްކެޓްގެ ކައްޕިތާނުކަމުގައި މޮޅު ކުޅުމެއް މި މުބާރާތުގައި ސްޕޭން ޓީމުން ދެއްކި

މުބާރާތުގެ ސެމީ ފައިނަލް މިރޭގެ މެޗު:

ޑެންމާކް އާއި އިންގްލޭންޑް، 7 ޖުލައި ދުވަހުގެ ރޭ، ލަންޑަން، ވެމްބްލީ

މުބާރާތުގެ ފައިނަލް ކުޅޭނީ 11 ޖުލައި 2021 ގައި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

މުބާރާތުގެ ގޯލްތައް ޖަހާފައިވާ ވަގުތައް ބަލާއިރު އެންމެ ގިނަ ގޯލު ޖަހާފައިވަނީ ދެވަނަ ޙާފުގެ ކުރީ ކޮޅު (46-60 މިނިޓް) ގައެވެ. އެއި 30 ގޯލެވެ. މުބާރާތުގައި މިހާތަނަށް 137 ގޯލު ޖަހާފައިވާއިރު ކޮންމެ މެޗަކަށް 2.8 ގޯލު ޖެހެއެވެ. އެއީ ކޮންމެ 32 މިނިޓަކުން ގޯލެކެވެ. އެންމެ ގިނަ ގޯލު ޖަހާފައިވަނީ 13 ގޯލު ސްޕެއިން، ދެނަ އިޓާލީ 12 އަދި ޑެންމާކް 11 އެވެ. މުބާރާތުގައި ފާހަގަ ކުރާ ގިނަ ކަންކަމުން އެންމެ މޮޅީ ސްޕޭން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އެންމެ ގިނަ ގޯލް، 13، ޖެހުމާއި، އެންމެ ގިނަ ވަގުތު ބޯޅަ ގެންގުޅުމާއި (%66.8)، އެންމެ ފުރިހަމަ ޕާސްދިނުމާއި (%89.3)، އެންމެ ގިނަ ގޯލް ހަމަލާ (111) ހިމެނެއެވެ.

މޮރާޓާގެ ހަމަލާއެއް އިޓަލީ ގޯލަށް

ލަނޑު ލިސްޓަށް ބަލާއިރު އެއްވަނާގައި އޮތީ 5 ގޯލު ޖަހައި 1 އެސިސްޓާ އެކު ޕޯޗްގަލްގެ ކްރިސްޓިއާނާ ރޮނަލްޑޯ އެވެ. އަދި ދެވަނާގައި 5ގޯލާއެކު ޗެކްރިޕްބްލިކްގެ ޝިކް އޮތީވެސް 5 ގޯލު ޖަހައިގެންނެވެ. 3 ވަނާގައި ފްރާންސްގެ ބެންޒަމާއާއި ސްވިދެންގެ ފޮސްޞާރގް އަދ ބެލްޖިއަމގެ ލުކާކޫ އޮތީ 4 ގޯލު ޖަހައިގެންނެވެ. 6 ވަނާގައި 6 ކުޅުންތެރިއަކު 3 ގޯލާއެކު އެބައޮތެވެ. އެއިގެތެރޭގައި ޑެންމާކްގެ ޑޮލްބާގް އާއި އިންގްލޭންޑްގެ ސްޓާލިން އާއި ހެރީ ކޭން ހިމެނޭއިރު މުބާރާތުގައި އިތުރަށް މެޗު ކުޅެން ފުރުސަތު ލިބެނީ މިލިސްޓުން ހަމައެކަނި މި 3 ކުޅުންތެރިންނަށެވެ. ނަމަވެސް މީގެ ފަހަތުން 2 ގޯލު ޖެހި މީހުންގެ ތެރެގައި އިޓާލިގެ އިންޒާގި އާއި އިމޮބައިލް އާއި ޑެންމާކްގެ މެހެލޭ އާއި ޕުލްސަން ހިމެނެއެވެ.

އިޓަލީ ފައިނަލަށް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !