A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2020: އިތުރުވަގުތުގެ ޕެނަލްޓީއިން ޑެންމާކް ބަލިކޮށް އިނގިރޭސިން ފައިނަލަށް

ރޭގެ މެޗުން މޮޅުވުމަށް ކޭން އަށް ލިބުނު ފުރސަތު

ރޭ ކުޅެވުނު ޔޫރޯ 2020 މުބާރާތުގެ ސެމީ ފައިނަލުގެ ފަހު މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެ، ކުޅެވުނު އިތުރު ވަގުތުގައި ލިބުނު ޕެންލަޓިއެއް ކާމިޔާބުކޮށް ޑެންމާކްގެ މައްޗަށްކުރި ހޯދައި އިނގިރޭސިން ފައިނަލަށް ދަތުރުކޮށްފިއެވެ. ފައިނަލުގައި އިނގިރޭސިންނާއި ވާދަކުރާނީ އިޓާލީ އެވެ.

ގިނ ދުވަސްތަކަކަށްފަހު ބޮޑު މުބާރާތެއްގެ ފައިނަލަށް އިނގިރޭސިން ދިއުމުން އުފާފާޅުކުރަނީވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުގައި އިދިކޮޅު ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން  މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ޑެމްމާކްގެ ޑެމްސްގާޑް (ޖ.14) ކުރި ހޯދިއެވެ. ނަމަވެސް އެއިގެ 9 މިނިޓް ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެންމާކްގެ ހާފުގެ މެދުތެރެއިން ހެރީ ކޭންގެ ދިން ތްރޫޕާސް އެއް ހޯދައި އެޓީމުގެ ސާކާ (ޖ.25) ބޯޅައާއެކު ޕެނަލްޓީ އެރިއާ ތެރެއަށް ވަދެ ގޯލް އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ، ސްޓާލިން މާކްކޮށްގެން ހުރި ސިމޮން ކަޔާ (ޖ.4) ބޯޯޅަ ސާފުކޮށްލަން އުޅުމުގައި އޭނާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަދެ ނަތީޖާ 1-1 އިން އެއްވަރުވިއެވެ.

ޑެންމާކުން މެޗުގެ ޅީޑް ނަގައި އުފާފާޅުކުރަނީ

މެޗުގެ ފުރިހަމަ ވަގުތުގައި އިތުރު ގޯލެއް ނުޖެހުމުން ކުޅުނު އިތުރުވަގުތުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސްޓާލިން ބޯޅައާއެކު ޑެންމާކްގެ ޕެނަލްޓީ އޭރިއާތެ ރެއަށް ވަދެގަތުމުން އޭނާ ދިފާއުކުރުމަށް އުޅުމުގެ ތެރެގައި ފަހަތުން އޭނާގެ ގައިގައި ޖެހި ވެއްޓުމުން އިންގްލޭންޑަށް ޕެންލަޓީ އެއް ލިބުނީއެވެ. ހެރީ ކޭން ޖެހި ޕެންލަޓީ ޑެންމާކްގެ ކީޕަރު ޝޫމައިކަލް ދިފާއުކުރި ނަމަވެސް އަލުން ގޯލް ކުރިމައްޗަށް ނުކުތް ބޯޅަ ހެރީކޭން ދެވަނަ ފަހަރާ ގޯލަށް ވައްދާލައިގެން މެޗު 2-1 އިން ކާމިޔާބުކުރިއެވެ. އިނގިރޭސިންނަށް ލިބުނު ޕެންލަޓީ އާއި މެދު ޑެންމާކްގެ ކުޅުންތެރިން މައްސަލަ ޖެއްސި ނަމަވެސް ވީއޭއާރު އިން އިތުރަށް ބެލުމަށްފަހު ވެސް ނިންމީ އެ ކުށަކީ ޕެންލަޓީއެއް ކަމަށެވެ.

މިމެޗުގައި ކެޕްޓަން ހެރީކޭން (ޖ.9) ވަނީ މޮޅުކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތރިޔާގެ މަގާމުވެސް ހޯދާފައެވެ.

ހެރީކޭން މެޗުގެ މޮޅު ކުޅުންތެރިޔާ – މުބާރާތުގައި 4 ގޯލު ޖަހާފައި ވޭ

މީގެ ކުރިން ބޮޑު މުބާރާތުގެ 4 ސެމީ ފައިނަލުގައި އިނގިރޭސިން ބަލިވެފައެވެ. އެއީ 1968، 1990، 1996 އަދި 2018 ގެ ސެމީ ފައިނަލުންނެވެ. އަދި މިއި 1966ގެ ވޯލްޑް ކަޕް ފައިނަލަށްފަހު އެފަދަ ބޮޑު މުބާރާތެއްގެ ފައިނަލުގައި އިނގިރޭސިން ކުޅޭ ފުރަތަމަ ފަހަރެވެ. ކޯޗް ސައުތުގޭޓްގެ އިނގިރޭސިން 1996ގެ ސެމީފައިނަލުގައި ބަލިވީ ޕެނަލްޓީ ޖަހަގެންނެވެ.

އިންގްލޭންޑްގެ ފުރަތަމަ ގޯލުގެ ސަބަބު ކަމަށްވާ ސާކާ ވެގެން ގޮސްފައިވަނީ އިނގިރޭސި ޓީމަށް މުބާރާތުގެ ސެމީ ފައިނަލުގައި ފުރަތަމަ 11 ގައި ހިމެނެިގެން ކުލެން ނުކުން އެންމެ ހަނގު ކުޅުންތެރިޔާއަަށް ވެފައެވެ. ރެގެ މެޗަށް އެނާ ނުކުތް އިރު ވެފައި ވަނީ 19 އަހަރާއި 305 ދުވަހެވެ.

ޗެލްސީއަށ ކުޅޭ ސާކާ – 19 އަހަރުގައި ސެމީފައިނަލުގައި ކުޅުނު އެންމެ ހަނގު އިނގިރޭސި ކުޅުންތއެރިޔާ

ރޭގެ ގޯލާއެކު ހެރި ކޭން ވަނީ އިނގިރޭސި ލެޖެންޑް ގެރީ ލިނެކާ އާއިއެއްވަރަކަށް ބޮޑު މުބާރާތުގައި ގޯލު ޖަހާފައެވެ. އެއީ 10 ގޯލެވެ. އިނގިރޭސި ޓީމަށް ޔޫރޯގައި އެންމެ ގިނަ ގޯލުޖަހައި ދިން 3 ފޯވަޑުންގެ ލިސްޓުގައި ހެރީކޭން ވެސް މިވަނީ ހިމެނިފައެވެ. އެގޮތުން އެލަން ޝިއަރާ 5 ގޯލު( ޔޫރޯ 96)، ވެން ރޫނީ 4 ގޯލު (2004) އަދި ހެރީ ކޭން ވެސް މިވަނީ 4 ގޯލު ޖަހާފައެވެ.

މިއީ ޔޫރޯ ފައިނަލުގައި އިޓަލީ ކުޅޭ 4 ވަނަ ފަހަރެވެ. އެއްގައުމަކުން މިމުބާރާތުގަ ފައިނަލުގައި އެންމެ ގިނައިން ދެން ކުޅެފައިވަނީ ޖަރުމަން 6 ފަހަރެވެ. މި ދެޓީމުންވެސް ނަމތީޖާ ނެރުމަށް ޕެނަލްޓީ 6 ފަހަރު ޖަހާފައިވެއެވެ. އިޓާލިން ވަނީ ޔޫރޯގައި މިހާތަނަށް ބަލިނުވެ 33 މެޗު ކުޅެފައެވެ. އަދި މިއީ ސްޕޭން ބޮޑު މުބާރާތްތަކުގެ ސެމީ ފައިނަލުން ބަލިވި 6 ވަނަ ފަހަރެވެ. އިޓަލިގެ ބަނޫޗީ އާއި ކިއެލިނީ ޔޫރޯ ފައިނަލުގައި ކުޅޭ މިއީ ދެވަނަ މުބާރާތެވެ.

ޔޫރޯ 2020ގައި މޮޅު ކުޅުމެއް ދެއްކި ޑެންމާކްގެ ގޯލްކީޕަރު ޝުމައިކަލް (ޖޫނިއާ) އަދި އެޓީމުން ފާހަގަ ކުރެވުނު މޮޅުކުޅުންތެރިޔާ މޭލާ

މުބާރާތުގެ ފައިނަލް މެޗު:

މުބާރާތުގެ ފައިނަލް ކުޅޭނީ 11 ޖުލައި 2021 ގައި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި އިނގިރޭސިން ސަޕޯޓަރުން ކުރިމަތީގައެވެ.

އިޓަލީ އާއި އިންގްލޭންޑް ފައިނަލުގައި ވާދަކުރަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !