A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2020: ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ޑެންމާކަށާއި އިންގްލޭންޑަށް

އިންގްލޭންޑަށް ބޮޑު މޮޅެއް. 4-0 ޔުކްރޭން

ރޭ ކުޅެވުނު ޔޫރޯ 2020 މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުން މޮޅުވެ ޑެންމާކް އައި އިނގިރޭސި ވިލާތް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ޔޫރަޕްގެ ފުޓުބޯޅައިގެ ގަދަބާރެއް ކަމުގައިވާ ބެލްޖިއަމް ވަނީ މުބާރާތާއި ވަކިވާން ޖެހިފައެއެވެ.

މިފަހަރުގެ މުބާރާތުިގެ ސެމީ ފައިނަލަށް ދަތުރކުރި 4 ޓީމު ވެސް މޮޅުވީ ހުދު ޖާޒީގައި ކުޅެގެންނެވެ. ސެމީފައިނަލުން ވެސް އަނެެއްކާ މޮޅުވާނީ ހުދު ޖާޒީގައި ކުޅޭ ދ ެޓީމުބާ؟

އާޒަރުބައިޖާންގެ ބަކޫގައި ކުޅެވުނު 3 ވަނަ ސެމީފައިނަލް މެޗުގައި ޑެންމާކް ކުރި ހޯދީ ޗެކްރިޕަބްލިކާއި ވާދަކޮށް 2-1 އިން މޮޅުވެގެންނެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޑެންމާކުން ވަނީ ދެ ގޯލު ޖަހައި ކުރި ހޯދާފައެވެ. އެގޮތުން މެޗުގެ 4 ވަނަ މިނިޓްގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ދިނީ ޑިލޭނީ (ޖ.8) އެވެ. އަދި ދެވަނަ ގޯލު ހާފު ނިމެން ކައިރިވެފައި ވަނިކޮށް ކާމިޔާބުކޮށް ދިނީ ޑޮލްބާގް (ޖ.12) އެވެ. ދެވަނަ ހާފު ފަށައިގެން މާގިނަ އިރުތަކެއް ނުވެ ޗެކްރިޕަބްލިކްގެ ޝިކް(ޖ.10) އެނާ މިމިބާރާތުގައި ޖެހި 5 ވަނަ ގޯލާއިއެކު މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޑެންމާކުގެ ޑިލޭނީ (ޖ.8) އެވެ

ދެންމާކް ސެމީ ފައިނަލަށް: ޓީމުގެ އެނެމް އިތުބާރު އެއް ކުޅުންތެރިޔާ އެރިކްސިން މުބާރާތައި ވަކިވާން ޖެހުމުން ޓީމަށް ވަރުގަދަ ހިތްވަރެއް ލިބިފަިއވޭ.

ރޭ ކުޅެވުނު ދެވަނަ މެޗުގައި އިންގްލޭންޑާއި ޔުކްއިން ބައްދަލުކުރި މެޗު 4-0 ބޮޑުތަފާތަކުން ފަސޭހަކަމާއެކު އިންގްލޭންޑް މެޗު ކާމިޔާބުކުރިއެވެ. މެޗުގެ ކުރީކޮޅު ހެރީކޭން ގޯލެއް ކާމިޔާބުކޮށް ދިނީ ސްޓާލިންގެ ހުޅުވާލަދިން ފުރުސަތަކުންނެވެ. އަދި ދެވަނަ ގޯލު އިތުބާރު ޑިފެންޑާ ހެރީމަގުއާ ކާމިޔާބުކޮށްދިންތާ މާގިނަ އިރުތަކެއް ނުވެ ހެރީ ކޭންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނެވެ. އަދި މެޗުގެ 63 ވަނަ މިނިޓުގައި ހެންޑަސަންގެ ގޯލާއެކު ނަތީޖާ 4-0 އަށް ބަދަލުވިއެވެ. ރޭގެ ފަހު މެޗުގެ މޮޅު ކުޅުންތެރިއަކީ އިންގްލޭންދްގެ ކެޕްޓަން ހެރީ ކޭން އެވެ.

ރޭގެ މެޗުގައި ހެރީ ކޭން ގޯލް ޖަހަނީ

ސެމީ ފައިނަލުގައި އިޓާލީ ބައްދަލުކުރާނީ ސްޕޭނާއެވެ. އަދި ޑެންމާކް ވާދަކުރާނީ އިންގްލޭންޑާއެވެ.

ރޭގެ ދެމެޗުގެ މޮޅު ކުރުންތެރިން؛ ޑެންމާކުގެ ޑިލޭނީ އާއި އިންގްލޭންޑްގެ ހެރީ ކޭން

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް؛

އިޓާލިއާއި އާއި ސްޕޭން – 6 ޖުލައި ދުވަހުގެ ރޭ،، ލަންޑަން، ވެމްބްލީ

ޑެންމާކް އާއި އިންގްލޭންޑް، 7 ޖުލައި ދުވަހުގެ ރޭ، ލަންޑަން، ވެމްބްލީ

މުބާރާތުގެ ފައިނަލް ކުޅޭނީ 11 ޖުލައި 2021 ގައި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

މުބާރާތުގެ ކުރިޔަށް ހުރި މެޗުތައް ރޭވިފައިވާ ގޮތް

މުބާރާތުގެ ގޯލް ލިސްޓަށް ބަލާއިރު އެއްވަޏާގައި އޮތީ 5 ގޯލު ޖަހައި 1 އެސިސްޓާ އެކު ޕޯޗްގަލްގެ ކްރިސްޓިއާނާ ރޮނަލްޑޯ އެވެ. އަދި ދެވަނާގައި 5ގޯލާއެކު ޗެކްރިޕްބްލިކްގެ ޝިކް އޮތީވެސް 5 ގޯލު ޖަހައިގެންނެވެ. 3 ވަނާގައި ފްރާންސްގެ ބެންޒަމާއާއި ސްވިދެންގެ ފޮސްޞާރގް އަދ ބެލްޖިއަމގެ ލުކާކޫ އޮތީ 4 ގޯލު ޖަހައިގެންނެވެ. 6 ވަނާގައި 6 ކުޅުންތެރިއަކު 3 ގޯލާއެކު އެބައޮތެވެ. އެއިގެތެރޭގައި ޑެންމާކްގެ ޑޮލްބާގް އާއި އިންގްލޭންޑްގެ ސްޓާލިން އާއި ހެރީ ކޭން ހިމެނޭއިރު މުބާރާތުގައި އިތުރަށް މެޗު ކުޅެން ފުރުސަތުލިބެނީ މިލިސްޓުން ހަމައެކަނި މި 3 ކުޅުންތެރިންނަށެވެ. ނަމަވެސް މީގެ ފަހަތުން 2 ގޯލު ޖެހި މީހުންގެ ތެރެގައި އިޓާލިގެ އިންޒާގި އާއި އިމޮބައިލް އާއި ޑެންމާކްގެ މެހެލޭ އާއި ޕުލްސަން ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !