ރޭ ކުޅެވުނު ޔޫރޯ 2020 މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ މެޗުން މޮޅުވެ ސްޕޭނާއި އިޓާލީ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. އިޓާލީ މުބާރާތުގެ ސެމީ ދަތުރުކޮށް ފިއެވެ. ޔޫރަޕްގެ ފުޓުބޯޅައިގެ ގަދަބާރެއް ކަމުގައިވާ ބެލްޖިއަމް ވަނީ މުބާރާތާއި ވަކިވާން ޖެހިފައެއެވެ.
ޖަރުމަނުގެ މިއުނިކްގައި ކުޅެވުނު މެޗު އިޓާލީ މޮޅުވީ ބެލްޖިއާއި ވާދަކޮށް 2-1 އިންނެވެ. ރޭގެ މެޗުގެ ފުރަތަމަ ދެގޯލު ވެސް ޖެހީ އިޓަލީއިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ލުކާކޫ ވަނީ މެޗު އެއްވަރުކޮށް ދީފައެވެ. އިޓަލީގެ ފުރަތަމަ ގޯލު ޖަހައިދިނީ ބެރެއްލާ (ޖ.18) އަދި ދެވަނަ ގޯލު ޖެހީ އިންސާގީ (ޖ.10) އެވެ.

އިޓާލީ ސެމީފައިނަލަށް
ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ސުވިޒާލޭންޑާއި ސްޕެއިން ބައްދަލުކުރި މެޗު 1-1 އެއްވަރުވެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލަކީ ސްވިޒާލޭންޑްގެ ޒަކަރިއާ (ޖ.6) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ނަމަވެސް ސްވިޒާލޭންޑްގެ ކެޕްޓަން ބޭންޑް އަޅަގެން އުޅުނު ޝަކީރީ ވަނީ ދެވަނަ ހާފުގައި ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށް ދީފައެވެ ހޯދާފައެވެ. އިތުރު ވަގުތުގައި ކުޅެގެން ގޯލެއް ނުޖެހުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ސްޕެއިން ސެމީފައިނަލަށް
ސްވިޒަލޭންޑުން ޖެހިން 4 ޕެނަލްޓީގެ ތެރެއިން އެންމެ ޕެނަލްޓީއެއް ކާމިޔާބުކުރެވުނު އިރު ސްޕޭނުން ޖެހި ޕެނަޓީން 3 ޕެނަލްޓީ ކާމިޔާބުކުރުމާއެކު އެމީހުންނަށް މެޗުން ކުރި ލިބުނީއެވެ.
ސެމީ ފައިނަލުގައި އިޓާލީ ބައްދަލުކުރާނީ ސްޕޭނާއެވެ.
މިރޭ ކުޅޭ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް؛
ޑެންމާކް އާއި ޗެކްރިޕަބްލިކް – 3 ޖުލައި ދުވަހުގެ ރޭ، ބަކޫ،

މުބާރާތުގެ ކުރިޔަށް ހުރި މެޗުތައް ރޭވިފައިވާ ގޮތް
އާޒަރުބައިޖާންގެ ވެރިރަށް
އިނގިރޭސިވިލާތް އާއި ޔުކުރޭން – 3 ޖުލައި ދުވަހުގެ ރޭ، ރޯމް، އިޓާލީ
ޚިޔާލުތައް