ޔޫރޯ 2020: ޕެނަލްޓީއިން އިނގިރޭސިން ބަލިކޮށް އިޓަލީއަށް ތަށި

އިޓާލީ ޔޫރޯ މުބާރާތް ދެވަނަ ފަހަރު ކާމިޔާބު ކޮށްފި- ޔޫރޯ 2020
Share on facebook
Share on twitter
Share on google

ރޭ ކުޅެވުނު ޔޫރޯ 2020 މުބާރާތުގެ ފައިނަލު މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެ، އިތުރު ވަގުތުގައި ކުޅެގެންވެސް ގޯލެއް ނުޖެހި އެއްވަރުވެފައި ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެނެވެ. ޕެނަލްޓީގައި އިޓަލިން އިނގިރޭސިންގެ މައްޗަށް 3-2 އިން ކުރި ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. މިއީ މިމުބާރާތުގެ ތާރީޚުގައި ވެސް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު 2 ވަނަ ފަހަރެވެ.

އިޓަލީން މުބާރާތް ކާމިޔާބުކުރި 2020

ރޭގެ މެޗުގެ 2 ވަނަ މިނިޓްގައި ފުރަތަމަ ގޯލެއް ކާމިޔާބުކޮށް ޓީމުން ސަޕޯޓަރުން ހެއްވާލީ އިނގިރޭސިންނެވެ. މިގޯލު ކާމިޔާބުކޮށް ދިނީ މެދުތެރެއިން ހެރިކޭން އަރިމަތިން، ޓްރިޕިއާއަށް ދިން ބޯޅަ ހިފައިގެން ގޮސް އޭނާ ހުރަސް ކުރުމުން ޕެނަލްޓީ އޭރިއާގެ އަނެއްފަޅިން އެޓީމުގެ ޝޯ ފޮނުވާލި ބާރު ހަމަލާއެއް ގޯލު ކައިރި ތިރީ ކަނަށް ވަދެގެން ކާމިޔާބުކުރި ގޯލެކެވެ. އެއާކު އިޓަލީގެ ކުޅުުން ރަނގަޅުކޮށް ހަމަލާ ދޭން ފެށިއެވެ. އެގޮތުން މި މުބާރާތުގައި މޮޅު ކުުމެއް ދައްކަމުން ދިޔަ އިޓަލީގެ ކިއޭސާ (ޖ.14) ގެ ނުރައްކާތެރި ހަމަލާއެ ފުރަތަމަ ހާފުނިމުމުގެ ކުރިންވެސް އިނގިރޭސި ގޯލަށް އަމާޒުވިއެވެ.

އިޓަލީއަށް މެޗު އެއްވަރު ކުރެވުނީ މެޗުގެ ދެވަނަ ހާފުގެ އިންޖަރީ ވަގުތުގައެވެ. އެޓީމުގެ ޑޮމިނިކޯ ބަރާޑީ ނެގި ކޯނަރެއް ދެ ކުޅުންތެރެއަކު ވެގެން ބޮލުން ގޯލަށް ފޮނުވާލި ބޯޅަ އިނގިރޭސި ކީޕަރު ޕިކްފޯޑް އަތުން ޖަހައި ފޮނުވާލުމުން ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވި ވަގުތު އިޓަލީ ޓީމުގެ ބަނޫޗީ ގޯލަށް ވައްދާލައި މެޗުގެ ނަތީޖާ 1-1 އިން އެއްވަރު ކުރިއެވެ.

މެޗް އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި ވެސް އިނގިރޭސި ޓީމަށް ބާރު ބޮޑުވެގެން ދިޔައެވެ. ނަމަވެސް އެމީހުން ބައިކޮލަށް އިތުރު ގޯލެއް ވަނަނުދީ ޕެނަލްޓީ އާއި ހަމަޔަށް މެޗު ހިފަހައްޓާލިއެވެ. މެޗުގެ ފުރަތަމަ ޕެނަލްޓީ އިޓަލީ އަދި އިނގިރޭސި ކެޕްޓަން ހެރީ ކޭން ކާމިޔާބު ކުރިއެވެ. އިޓަލީގެ ދެވަނަ ޕެނަލްޓީ އިނގިރޭސި ކީޕަރު ޕިކްފޯޑް މަތަކުރިއިރު އިނގިރޭސިންގެ 2 ވަނަ ޕެނަލްޓީ ހެރީ މެގުއާ ކާމިޔާބުކުރި އެވެ. ނަމަވެސް އިނގިރޭސި ޓީމުން އިތުރަށް ރަޝްފޯޑް، އަދި ސަންޗޯ ޖެހި ޕެނަލްޓީ އިނގިރޭސިންނަށް ނާކާމިޔާބުވެ އިޓަލީއަށް ކުރި ލިބުނެވެ. ނަމަވެސް އިޓަލީގެ ފަހު ޕެނަލްޓީ ވަައްދާލައިގެން މެޗުން ކުރިހޯދުމުގެ ޔަގީންކަން އޮވެ އިތުބާރު މިޑްފިލްޑަރު ޖޯޖީނިއޯ ޖެހި ޕެނަލްޓީ ޕިކްފޯޑް ދިފާއުކޮށް ނަތީޖާ ހަމަހަމަ ކުރަން ޓީމަށް ފުރުސަތު ތަންވަސްކޮށް ދިނެވެ. ނަމަވެސް އިނގިރޭސި ޒުވާން ކުޅުންތެރިޔާ ސާކާ ޖެހި ފަހު ޕެންލަޓީ އިޓަލީ ކީޕަރު ޑޮނަރޫމާ ދިފާއު ކުރުމާއެކު އިޓަލީއަށް މެޗުން ކުރި ލިބުނީ 3-2 އިންނެވެ.

މިފަހަރު އިޓަލި ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން

މިމެޗުގެ މޮޅު ކުޅުންތެރިއަކީ އިޓަލީގެ ބަނޫޗީއެވެ. އޭނާއަކީ މިމުބާރާތުގައި ގޯލު ޖެހި އެންމެ ދޮށީ ކުޅުންތެރިއާއެވެ. އޭނާގެ އުމުރަކީ މިއަދަށް 34 އަހަރާއި 71 ދުވަހެވެ. މި ފައިނަލް މެޗަކީ ބަނޫޗީއަށް އިޓަލީ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ޔޫރޯ މެޗު ކުމުގެ ރެކޯޑް ލިބުނު މެޗް ވެސް މެއެވެ. އެގޮތުން އޭނާ ވަނީ ޔޫރޯގައި 18 މެޗު ކުޅެފައެވެ. ދެން އެންމެ ކައިރީގައި ތިބި ބުފަން އާއި ކިއެލިނީ ކުޅެފައި ވަނީ 17 މެޗެވެ.

އިޓަލީ މިވަނީ ޔޫރޯ މުބާރާތުގެ އެންމެ ކާމިޔާބު 4 ޓީމުގެތެރޭގައި ހިމެނިފައެވެ. އެއީ 2 ޔޫރޯ މުބާރާތް ކާމިޔާބުކޮށްގެންނެވެ. އެއްވަނާގައި ސްޕޭނާއި ޖަރުމަނުން 3 ފަހަރު އަދި ފްރާންސް 2 ފަހަރު ހިމެނެއެވެ. އިޓަލީއަށް މިތަށި މިލިބުނީ 53 އަހަރަށް ފަހުގެއެވެ. މިމުބާރާތުގައި އިޓަލީން ޕެނަލްޓީ ޖެހި ދެ މެޗުންވެސް އެޓީމުން ވަނީ ކުރި ހޯދާފައެވެ. މިއީ ޔޫރޯގެ ތާރީޚުގައި ފައިނަލް މެޗުގައި އިތުރުވަގުތު ކުޅެން ޖެހުނު 7 ވަނަ ފަހަރެވެ. އަދި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު 2 ވަނަ ފަހަރެވެ.

ހެރީ ކޭން ވަނީ ޔޫރޯގައި 11 މެޗު ކުޅެ އިނގިރޭސި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗު ކުޅުނު ގެރީ ނެވިލް އާއި އެއްވަރުކޮށްފައެވެ.

ޔޫރޯ 2020 އެނެމް މޮޅު ކުޅުންތެރިޔާ- އިތަލިގެ ގޮލް ކީޕަރު ޑޮނަރޫމާ

މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައި ވަނީ އިޓަލީ އާއި ސްޕޭނުން ކޮންމެ ޓީމަކުން ވެސް 13 ގޯލެވެ. ޕާސް އެންމެ ރަނގަޅުވެފައި ބޯޅަ ގެންގުޅުން އެންމެ މޮޅީ ސްޕޭން އެވެ. އިޓަލީއިން މިމުބާރާތުގައި 128 ހަމަލާ ދިން އިރު ސްޕޭނުން 111 ހަމަލާ މަދު މެޗު ކުޅެެގެން ދީފައި ވެއެވެ. އެންމެ ގިނައިން ޓެކްލް ޖެހި އިޓަލީން 99 ތެކްލް ޖަހާފައި ވެއެވެ.

މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އިޓަލިގެ ގޯލް ކީޕަރު ޑޮނަރޫމާ އެވެ. އޭނާ އަށް މިމުބާރާތުގައި 9 ސޭވް، 3 ކްލީން ޝީޓާއެކު ބައިކޮޅަށް 4 ގޯލު ވަދެފައި ވެއެވެ. އެންމެ ފަހުގެ ޔޫރޯގެ މޮޅު ކުޅުންތެރިއަކީ ފްރާންސްގެ ގްރިޒްމަން އެވެ. އެއިގެ ކުރީ 2012، 2008 ގައި ސްޕޭނުގެ އިންއެސްޓާ އާއި ޒަވީ އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހުމުގެ އިނާމު ހާސިލުކުރި ކްރިސްޓިއާނާ ރޮނަލްޑޯ އެވެ. އޭނާ 5 ގޯލާއި އެއް އެސިސްޓް ހެދިއެވެ. ދެވަނާގައި 5 ގޯލު ޖަހައިގެން އުޅެނީ ޗެކް ރިޕްބްލިކްގެ ޝިކް، އަދި 4 ގޯލާއެކު 3 ވަނާގައި ބެންޒަމާ އެވެ.

މިމުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސްޕޭންގެ މިޑްފީލްޑް ކުޅުންތެރިއާ ޖަޒީ ނަމްބަރު 26 ޕެޑްރީ އެވެ.

މުބާރާތް ރޭ ނިމިގެން ދިޔައިރު މުޅި ޔޫރޯ 2020 ގައި 142 ގޯލު ޖާފައި ވެއެވެ. އެއީ ކޮންމެ 32 މިނިޓަށް ގޯލެކެވެ. އަދި ކޮންމެ މެޗަކަށް 2.79 ގޯލެވެ. އެންމެ ގިނަ ގޯލު ޖަހާފައިވަނީ ދެވަނަ ފާހު ފުރަތަމަ 15 މިނިޓްގެ ތެރޭގައެވެ. އެއީ 30 ގޯލެވެ. ދެވަނަ ފާހުގެ ފަހު ދެ 15 މިނިޓްގައި ވެސް، ކޮންމެ 15 މިނިޓެއްގެ ތެރޭގައި 24 ގޯލު ޖަހފައިވެއެވެ. މިމުބާރާތުގެ މެޗު އެއްވަރުވެގެން ކުޅުނު 15 މިނިޓްގެ ދެ ފާފުގެ ތެރޭގައި ޖުމްލަ 7 ގޯލު ޖަހާފައިވެއެވެ.

ޔޫރޯ 2020 ކާމިޔާބުކުރީ އިޓަލީއިން – މިއީ އިޓަލިގެ 2 ވަނަ ޔޫރޯ ތަށި

މުބާރާތުގެ ފައިނަލް މެޗު:

މުބާރާތުގެ ފައިނަލް ކުޅުނީ 11 ޖުލައި 2021 ގައި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި އިނގިރޭސިން ސަޕޯޓަރުން ކުރިމަތީގައެވެ. މެޗުގެ ތެރެއިން ސަޕޯޓަރަކު ދަނޑަށް އަރައިގެން ކުޅުން ކުޑަވަގުތު ކޮޅަކަށް މެދުކެނޑިގެންވެސް ދިޔައެވެ. އިނގިރޭސި ސަޕޯޓަރުންތަކެއް މެޗު ފެށުމުގެ ކުރިން ގަދަބާރުން ދަޑަށް ވަންނަން ވެސް މަސައްކަތް ކުރިއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments