A wide advertisement which will be shown on all devices. (700 x 100)

ފުޓުބޯޅައިގެ އެންމެ ގިނަ ޓްރޮފީ ލިބިފައިވަނީ ބްރެޒިލްގެ ޑެނީ އަލްވޭޒް އަށް

އެންމެ ގިނަ ޓްރޮފީ ހޯދި ފުޓްބޯޅަ ކުޅުންތެރި

ފުޓުބޯޅައިގެ އެންމެ ގިނަ ޓްރޮފީ ނުވަތަ ތަށި ހޯދާފައިވަނީ ބްރެޒިލްގެ ޑެނީ އަލްވޭޒް ކަމަށް ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ ‘ގޯލް’ އިން ހާމަކުރެއެވެ. އެގޮތުން ބްރެޒިލްގެ ޑެނީ އަލްވޭޒް ވަނީ މަޝްހޫރު ފުޓްބޯޅަ ތަރިން ކަމަށްވާ ލިއޮނެލް މެސީ އާއި ކްރިސްޓއާނާ ރޮނަލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ތަށީގެ އަދަދުން 42 ހަމަކޮށް ލިސްޓްގެ ކުރި ހޯދާފައެވެ.

ޓްރޮފީ ލިސްޓްގެ ކުރީގައި ގިނައީ ސްޕޭންގެ ކުޅުންތެރިންނެވެ. ސްޕޭންގެ 3 ކުޅުންތެރިން އަދި ބްރެޒިލާއި ޕޯޗްގަލްއިން ކޮންމެ ގައުމަކުން 2 ކުޅުންތެރިން ހިމެނެއެވެ. ކްލަބްތަކަށް ބާލާއިރު އެންމެ ގިނައިން ހިމެނޭ ބާސެލޯނާގެ، 8 ކުޅުންތެރިން ލިސްޓްގައި ހިމެނެއެވެ. އެގޮތުން ލިސްޓްގެ އެންމެ ކުރީގައި ތިބި 4 ކުޅުންތެރިންނަކީ ވެސް ބާސެލޯނާގެ ތަރިންނެވެ.

އެންމެ ގިނަ ޓްރޮފީ ހޯދި ފުޓްބޯޅަ ކުޅުންތެރިން. 2021

‘ގޯލް އެސްޕަނިއޯލް’ ގެ ޕޯސްޓަރުން ފާހަގަކޮށްފައިވާ އެންމެ ގިނަ ޓްރޮފީ ހާސިލުކުރި 11 ކުޅުންތެރިންގެ ތެރެއިން 1 ވަނާގައި އޮތް ބްރެޒިލްގެ ޑެނީ އަލްވެޒްއަށް އުމުރުން މިހާރު ވަނީ 38 އަހަރު ވެފައެވެ. ނަމަވެސް މިއަހަރު ޓޯކިޔޯގައި ބާއްވާ އޮލިމްޕިކް މުބާރާތުގެ 23 އަހަރުން ދަށުގެ ބްރެޒިލް ފުޓްބޯޅަ ޓީމުގައި ހިމެނޭ އޯވަރޭޖް 3 ކުޅުންތެރިންގެ ތެރޭގައި ޑެނީ އަލްވެޒް ހިމެނެއެވެ. އަދި އެޓީމު ގެކޕްތަނެއްގެ ގޮތުން ލީޑު ކުރާނީ އޭނާކަމަށް ްބެލެވެއެވެ. އެނެމްފަހުގެ އޮލިމްޕިކްސްގެ ޗެމްޕިއަނުންނަކީ ބްރެޒިލް ކަމަށްވެ، މިފަހަރުގެ މުބާރާތް ވެސް ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާގެ ޓްރޮފީ ލިސްޓް 43 އަށް އަރާނެއެވެ. އަނިޔާގެ ސަބަބުން ނިމުނު ކޮޕާ އެމެރިކާ 2021 ގައި ނުކުޅެވުނުއިރު، މިހާރު ސައޮޕޯލޯއަށް ކުޅެމުންދާ ޑެނީ އަލްވެޒްއަށް ދެކުނު އެމެރިކާގައި ކުރިޔަށްދާ ކޮޕާލިބަޓެޑޯރެސް (ދެކުނު އެމެރިކާގެ ކްލަބްތަކުގެ ޗެމްޕިއަންސް ލީގު)ގެ ނޮކްއައުޓް ސްޓޭޖްގެ ފުރަތަމަ ލެގް 1-1 އިން އަމިއްލަ ދަނޑުގައި އެއްވަރުވެ ދެވަނަ ލެގުގައި އާޖެންޓީނާގެ ރޭސިން އާއި ދެކޮޅަށް ނުކުޅެވެނީ ޓޯކިޔޯއަށް ޔޫތު ޓީމުގައި ދާތީއެވެ. ނަމަވެސް އޮލިމްޕިކްސް ނިންމާފައި އެމުބާރާތުގެ ކުއާޓާ ފައިނަލަށް އާދެވި އިތުރު ޓްރޮފީ ހޯދުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.

ޓްރޮފީ ލިސްޓްގެ ދެވަނާގައި އޮތް މެސީ އަށް އަދި ލިބިފައިވަނީ 38 ޓްރޮފީއެވެ. މެސީގެ އުމުރުން މިހާރު 34 އަހަރު ވެފައިވާއިރު އޭނާއަށް އިތުރު ޓްރޮފީތަކެއް ހޯދިދާނެއެވެ. އެގޮތުން މިއަރަގެ ބެލޮންޑިއޯ ލިބުން ގާތެވެ. އޮލިމްޕިކްސް 2021 ގައި މެސީ ނުކުޅޭނެ ކަމަށް އާޖެންޓީނާއިން ވަނީ ނިންމާފައެވެ. އެޓީމުން އިސްކަން ދިނީ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. ޑެނީ އަލްވޭޒް އަށް ކުރިޔަށް އޮތް 2022 ވޯލްޑްކަޕްގައި ނުކުޅެވޭނެ ކަމަށް ބެލެވޭ އިރު މެސީ އެ މުބާރާތުގައި ކުޅޭނެކަމަށް ބެލެވެއެވެ.

ކޮޕާ އެމެރިކާ 2020 ގެ ޗެމްޕއިން ކަން އާޖެންޓނާއަށް

ޓްރޮފީލިސްޓްގެ 3 ވަނާގައި އޮތް މެކްސްވެލް އަކީ ވެސް ބްރެޒިލް އަދި ބާސެލޯނާގެ ކުޅުންތެރިއެކެވެ. އޭނާއާއި ބާސެލޯނާގެ ތަރި އަންދްރޭ އިނިއެސްޓާ ވެސް ވަނީ 37 ޓްރޮފީ ހާސިލްކޮށްފައެވެ.

ފަސްވާނާގައި އިނގިރޭސި އަދި މެންޗެސްޓާ ޔުނަިއޓެޑްގެ ދިފާޢީ ކުޅުންތެރިޔާ ރަޔާން ގިގްސް އަށް 36 ޓްރޮފީ ލިބިފައިވާއިރު އެއާއި ޖެހިގެން ލިވާޕޫލްގެ ޑެނީ ޑަގްލިޝް އާއި ބާސެލޯނާގެ އަދި ސްޕޭން ގެ ބެކް ޖެރާޑް ޕީކޭ އަށް 35 ޓްރޮފީ ލިބިފައި ވެއެވެ.

ފުޓްބޯޅާގައި މެސީ އާއި އެންމެ ވާދަކުރާ އުމުރުން މިހާރު 36 އަހަރުގެ ޕޯޗުގަލްގެ ކްރިސްޓިއާނާ ރޮނަލްޑޯ އަށް 34 ޓްރޮފީ ލިބިފައިވާ އިރު ހަމަ އެދަދަށް ޕޯޗްގަލްގެ އެހެން ކުޅުންތެރިއެއް ކަމަށްވާ ވިކްޓާ ބާޔާ އަށް ވެސް ޓްރޮފީ ލިބިފައި ވެއެވެ. އޭނާއަކި މިލިސްޓްގައި ހިމެނޭ ހަމައެކަނި ގޯލް ކީޕަރެވެ. އޭނާ އެންމެ ގިނަ އިން ކުޅެފައިވަނީ އެފްސީ ޕޯޓޯ އަށާއި ބާސެލޯނާ އަށެވެ.

ލިސްޓްގެ 10 ވަނާގައި ބާސެލޯނާ އަދި ސްޕޭންގެ ޒަވީ ހާނަންޑޭޒް 33 ޓްރޮފީއާއެކު އޮތްއިރު 11 ވަނާގައި އޮތީ އަބަދަށްފެހި ސްވިޑެންގެ ޒަލަޓާން އިބްރަހިމޮވިޗް އެވެ. އޭނާއަށް 31 ޓްރޮފީ ލިބިފައިވެއެވެ. އޭނާއަކީ ބާސެލޯނާ އާއި ޔުވެންޓާސް، ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް މޮޅުކުޅުމެއް ދައްކާފައިވާ އުމުރުން މިހާރު 39 އަހަރުގެ ކުޅުންތެރިއެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !