ޏ.އޭއީސީ: އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ މިއަދުގެ ދެ މެޗުން މޮޅުވީ ޝަނިވިރާޒާ އާއި އިމާދު ހައުސް

ޏ.އޭއީސީ ނެޓްބޯލަ މުބާރާތުގެ ދެވަނ ދުވަހުގެ މުޅު ކުޅުންތެރިން 2021
Share on facebook
Share on twitter
Share on google

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު 2 މެޗުން މޮޅުވީ ޝަނިވިރާ ހައުސް އާއި އިމާދު ހައުސްގެ ޓީމެވެ. ސިނިއާ ގްރޫޕުން ޝަނިވިރާޒާ ޓީމު ބަލިވި އިރު ޖޫނިއާ ގުރޫޕުން އަމީނު ހައުސް ކައިރިން މޮޅުވީ ޝަނިވިރާޒާ ހައުސް އެވެ.

ޏ.އޭއީސީ ހޯލުގައި ކުރިޔަށްދާ މިމުބާރާތުގައި މިއަދު ހަވީރުގެ ފުރަތަމަ މެޗުގަިއ ވާދަކުރީ ޖޫނިއާ ބައިން އަމީނު ހައުސް އާއި ޝަނިވިރާޒާ ހައުސްގެ ޓީމެވެ. މިމެޗު ވާދަވެރި ކުޅުމަކަށްފަހު 12 ޕޮޓް 10 ޕޮޓު އިން ކާމިޔާބުކުރީ ޝަނިވިރާޒާ ހައުސްގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަނިވިރާޒާ ހައުސްގެ ގޯލް އެޓޭކާ ފާތިމަތު އަނުމް އެވެ.

ޖޫނިއާބައި: އަމީނު 12- 10 ޝަނިވިރާޒާ ހައުސް

މިގްރޫޕުން ޝަނިވިރާޒާ ހައުސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. ވުމާއެކު ފަހު މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު ޝަނިވިރާޒާ ހައުސް އިން މިވަނީ ތަނަވަސް ކޮށްފައެވެ. އަމީނު ހައުސްގެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައި ވުމުން އެޓީމުގެ ފަހު މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު އަދިވެސް ހުޅުވިފައި އެބައޮތެވެ.

މި އުމުރު ފުރާގައި މާދަމާ ހަވީރު 16:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މުޡައްފަރު ހައުސް އާއި އިމާދު ހައުސް އެވެ. މިމެޗުން މޮޅުވެގެން ނޫނީ އިމާދު ހައުސް އަށް މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ނުލިބޭނެއެވެ.

މިއަދު ކުޅުވުނު ސީނިއާ ބައިގެ މެޗުގައި ޝަނިވިރާޒާ ހައުސް އާއި އަމީނު ހައުސް ބައްދަލުކުރި މެޗު ވެސް 23-2 ގެ ބޮޑު ތަފާތަކުން މޮޅުވީ އިމާދު ހައުސްގެ ޓީމެވެ. މިމެޗުން ބަލިވުމުން ޝަނިވިރާޒާ ހައުސްގެ ސީނިއާ ޓީމަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ދޮރު ގާތްގަޑަކަށް އެއްކޮށް ބަންދުވީއެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ އިމާދު ހައުސްގެ ޔަނާލު އަބްދުﷲ އެވެ.

ސީނިއާބައިގައި މާދަމާ ހަވީރު 17:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މުޡައްފަރު ހައުސް އާއި އަމީނު ހައުސް އެވެ. މިމެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ބަލިވާ ޓީމަށް ވެސް ފުރުސަތު ނުގެއްލޭނެއެވެ.

ޖޫނިއާބައި: އިމާދު 23- 2 ޝަނިވިރާޒާ ހައުސް

މި މުބާރާތުގައި ވާދަކުރަނީ ޏ.އޭއީސީ 4 ހައުސްގެ ޓީމުތައް ޖޫނިއާ އަދި ސީނިއަ ބައި ވަކިން، ކޮންމެ ބަޔަކުން ވެސް ކޮންމެ ހައުސް އަކުން ޓީމެއް ވާދަކުރާ ގޮތަށެވެ. ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމެއް ކޮންމެ ބައަކުން ވެސް ފައިނަލަށް ދާނެއެވެ.

 

މުބާރަތުގެ މެޗުތައް (ޖޫނިއާ ބައި)

7 ނޮވެމްބަރު މެންދުފަހު 13:45 މުޡައްފަރު ހައުސް 7 – 6 ޝަނިވިރާޒާ ހައުސް

7 ނޮވެމްބަރު މެންދުފަހު 14:30 އަމީނު ހައުސް 11 – 2 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 16:15 އަމީނު ހައުސް 10 – 12 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 16:30 މުޡައްފަރު ހައުސް އާއި އިމާދު ހައުސް

10 ނޮވެމްބަރު ހަވީރު 16:30 އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހަވީރު 16:30 މުޡައްފަރު ހައުސް އާއި އަމީނު ހައުސް

13 ނޮވެމްބަރު ހެނދުނު 7:45 ފައިނަލް މެޗު

 

މުބާރަތުގެ މެޗުތައް (ސީނިއާ ބައި)

7 ނޮވެމްބަރު ހަވީރު 16:15 ޝަނިވިރާޒާ ހައުސް 6 – 22 އަމީނު ހައުސް

7 ނޮވެމްބަރު މެންދުފަހު 17:00 މުޡައްފަރު ހައުސް 5 – 4 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 17:00 އިމާދު ހައުސް 23 – 2 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް އާއި އަމީނު ހައުސް

10 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހަވީރު 17:00 އަމީނު ހައުސް އާއި އިމާދު ހައުސް

13 ނޮވެމްބަރު ހެނދުނު 9:400 ފައިނަލް މެޗު

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments