މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް)ގެ ދަރިވަރުންގެ ނެޓްބޯޅަ މުބާރާތް ފޯރިއާއެކު ނިންމާލައިފިއެވެ. މިމުބާރާތް ބާއްވާފައި ވަނީ އެސްކޫލުގެ ޕްރައިމަރީ ގްރޭޑްގެ ކްލާސްތަކުގެ މެދުގައެވެ. އެގޮތުން މިފަހަރުގެ މުބާރާތް ބާއްވާފައި ވަނީ ގްރޭޑް 1-6 ގެ ދަރިވަރުންނަށެވެ.
ފާއިތުވި ހަފުތާތެރޭގައި ކުރިޔަށްގެންދިޔަ މި ނެޓްބޯޅަ މުބާރާތުގައި ކޮންމެ ގްރޭޑަކުން ވެސް އެ ގްރޭޑެއްގައި ހިމެނޭ ކްލާސްތަކުން ވާދަކޮށްފައި ވެއެވެ. އަދި ކޮންމެ ގްރޭޑަކުން ވެސް ޗެމްޕިއަންކަން ހޯދި ކްލާހަސް ޓްރޮފީ ދީފައިވެއެވެ.

އެނެމް މޮޅު 7 ކުޅުންތެރިން – އެމްޖޭއެސް
ގްރޭޑް 5 އަދި ގްރޭޑް 6 އިން އެންމެ މޮޅު 7 ކުޅުންތެރިން ހޮވައި އެކުދިންނަށް ޓްރޮފީއާއި ސެޓްފިކެޓް ދީފައި ވެއެވެ.
މިމުބާރާތާތުގައި ގްރޭޑް 4 އިން ދަށުން ބައިވެރިވި ކޮންމެ ދަރިވަރަކަށް ވެސް މެޑެލެއް ދީފައި ވެއެވެ. ދަށް ގްރޭޑްތަކުގައި ކުޅިވަރުން ކުޅުން ބާއްވާނީ ވާދަވެރި ގޮތަށްވުރެ ބޮޑަށް އުފާލާއި މަޖާ މާހައުލެއްގައި ކުޅެން ފުރުސަތު ހޯދައިދީ އަދި ކުޅެން ހިތްވަރުދިނުމުގެ ގޮތުންނެވެ.

ގްރޭޑް 5 ގެ ޗެމްޕިއަން 5ސީ ކްލާސް
މި މުބާރާތަށް މެޑެލް ހަދިޔާކޮށްދީފައި ވަނީ ހަސަން މުތީއު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ގްރޭޑް 1 ބީ ދަރިވަރުން
މި މުބާރާތަށް މެޑެލް ހަދިޔާކޮށްދީފައި ވަނީ ހަސަން މުތީއު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
5
4
3
2
1
- ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް ފޯރިއާއެކު ކުރިޔަށް ދަނީ
- ޏ.އޭއީސީ: ގްރޫޕް ސްޓޭޖް ނިމުނުއިރު ދެބައިންވެސް މުޒައްފަރު ހައުސް ފައިނަލަށް
- ޏ.އޭއީސީ: އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ ދެ ގުރުޕުން ވެސް މިއަދުގެ މޮޅުވީ މުޒައްފަރު އާއި އަމީނު ހައުސް
- ޏ.އޭއީސީ: އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ މިއަދުގެ ދެ މެޗުން މޮޅުވީ ޝަނިވިރާޒާ އާއި އިމާދު ހައުސް
- ޏ.އޭއީސީ: އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ މިއަދު މެންދުރު ފަށަނީ