ހޭޒް: އިންޓަ ހައުސް/ކްލާސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހަންބަލީ ހައުސް އަށް

ހޭޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021، ޗެމްޕިއަން ޓީމު: ހަންބަލީ ހައުސް
Share on facebook
Share on twitter
Share on google

ހާފިޒު އަހުމަދު ސްކޫލުގެ (ހޭޒް)ގެ އިންޓަ ހައުސް/ކްލާސް ނެޓްބޯޅަ މުބާރާތުގައި ހައުސްތަކުގެ ބައިގެ ޗެމްޕިއަންކަން ހަންބަލީ (ރެޑް) ހައުސް ހޯދައިފިއެވެ. މުބަރާތުގެ ފައިނަލުގައި ހަންބަލީ ހައުސް ވާދަކުރީ ހަނަފީ (ގްރީން) ހައުސް އާއެވެ.

ހޭޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021، ޗެމްޕިއަން ޓީމު: ހަންބަލީ ހައުސް

މިއަދު ހަވީރު، ހޭޒް ހޯލުގެ އިންޑޯ ކޯޓުގައި ކުޅުނު ފައިނަލް މެޗު ވާދަވެރި ކުޅުމަކަށްފަހު ހަންބަލީ (ރެޑް) ހައުސް މޮޅުވީ 12 ގޯލް 10 ގޯލު، ހަނަފީ ހައުސް އާއި ދެކޮޅަށް ކުޅެގެންނެވެ. ނަމަވެސް މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗުން 15-13 އިން މޮޅުވެފައިވަނީ ހަނަފީ ހައުސް އެވެ. ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހަމްބަލީ (ރެޑް) ހައުސްގެ ގޯލް ޑިފެންޑާ މަރިޔަމް އީޝާ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ:މަރިޔަމް އީޝާ- ހަންބަލި ހައުސް

މުބާރާތުގެ ކުޅުން ނިމުމަށް މއިަދު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމަނަކީ ފުނާޑު މިސްކިތްމަގު ދާއިރާއަށް ނިސްބަތްވާ ސިޓީ ކައުންސިލް މެމްބަރު އާމިނަތު އިނާޔާ އެވެ. މުބާރާތް ނިމުމާއއެކު މުބާރާތުގެ ވަނަތަކަށް އިނާމާއި މެޑެލް އަދި ތަށި ދިނުން ވަނީ ބާއްވާފައެވެ.

ޒްގެ އިންޓަހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021، ޗެމްޕިއަން ޓީމު: ހަނަފީ ހައުސް

މުބާރާތުގެ ވަންތައް

ޗެމްޕިއަން ޓީމު: ހަންބަލީ (ރެޑް) ހައުސް

ރަނަރަޕް ޓީމު:ހަނަފީ (ގްރީން) ހައުސް

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން

މުޅި މުބާރާތުގެ އެނެމެ މޮޅު 7ކުޅުންތެރިން.

މާއީ މުފީދު އިބްރާހިމް – ރެޑް (ހަމްބަލީ ހައުސް)

މަރިޔަމް އިޝާ – ރެޑް (ހަމްބަލީ ހައުސް)

އާއިޝަތު އަލްޝާ އިބްރާހިމް – ރެޑް (ހަމްބަލީ ހައުސް)

އާއިޝަތު ލާރާ ތަލާލް – ގްރީން (ހަނަފީ ހައުސް)

އާމިނަތު މާޝާ އަބްދުﷲ – ގްރީން (ހަނަފީ ހައުސް)

އާއިޝަތު އާޝީ ސާޖިދު – ގްރީން (ހަނަފީ ހައުސް)

ޝަކީލާ އަލްހާނު  – ބްލޫ (ޝާފީ ހައުްސް)

ފައިނަލް މެޗަށްފަހު އިނާމު ދިނުން

އިންޓާ ކްލާސް ބައި

ހައުސްތަކުގެ ބައިގެ މެޗުތަކުގެ އިތުރުން ކްލާސްތަކުގެ މެދުގައި ކުރިޔަށް ގެނެދިަޔ ބައިގެ ކުޅުންވެސް މިއަދު ވަނީ ނިމިފައެވެ.

އެގޮތުން ގްރޭޑް 6 ގެ ފައިނަލުގައި ވާދަކުރީ 6 އޭ އާއި 6 ސީ އެވެ. މިމެޗު މޮޅުވެ މިގްރޭޑްގެ ޗެމްޕިއަންކަން ހޯދީ 6 ސީގެ ޓީމެވެ.

ގްރޭޑް 5 ގެ ފައިނަލުގައި ވާދަކުރީ 5 އޭ އާއި 5 ސީ އެވެ. މިމެޗު މޮޅުވެ މިގްރޭޑްގެ ޗެމްޕިއަންކަން ހޯދީ 5 ސީގެ ޓީމެވެ.

ގްރޭޑް 4 ގެ ފައިނަލުގައި ވާދަކުރީ 4 އޭ އާއި 4 ބީ އެވެ. މިމެޗު މޮޅުވެ މިގްރޭޑްގެ ޗެމްޕިއަންކަން ހޯދީ 4 އޭ ގެ ޓީމެވެ.

ގްރޭޑް 3 ގެ ފައިނަލުގައި ވާދަކުރީ 3 އޭ އާއި 3 ސީ އެވެ. މިމެޗު މޮޅުވެ މިގްރޭޑްގެ ޗެމްޕިއަންކަން ހޯދީ 3 އޭ ގެ ޓީމެވެ.

ގްރޭޑް 2 ގެ ފައިނަލުގައި ވާދަކުރީ 2 ބީ އާއި 2 ސީ އެވެ. މިމެޗު މޮޅުވެ މިގްރޭޑްގެ ޗެމްޕިއންކަން ހޯދީ 2 ބީ ގެ ޓީމެވެ.

ހައުސްތަކުގެ ބައި: ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުނު އިރު ޓީމުތައް ތަރުތީބު ވެފައިވަނީ:

1. ހަނަފީ (ގްރީން) ހައުސް، 3 މޮޅު، – 9 ޕޮއިންޓް

2. ހަންބަލީ (ރެޑް) ހައުސް، 2 މޮޅު، 1 ބަލި – 6 ޕޮއިންޓް

3. ޝާފީ (ބްލޫ) ހައުސް، 1 މޮޅު، 2 ބަލި – 3 ޕޮއިންޓް

4. މާލިކީ (ޔެލޯ) ހައުސް މޮޅެއް ނެނުވޭ. 3 ބަލި – 0 ޕޮއިންޓް

މިބައިގެ ފައިނަލް މެޗު ކުޅެނީ 19 ނޮވެމްބަރު ވާ ހުކުރު ދުވަހު ހަވީރު 4:00ގައި ހޭޒްގެ ހޯލުގައެވެ.

ހޭޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021

މިމުބާރާތް ކުރިޔަށް ގެންދިޔައީ ހޭޒްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުން 4 ހައުސްގެ ޓީމުތަކުގައި ވާދަކުރާ ގޮތަށާއި ގްރޭޑް 6 އިން ދަށުގެ ގްރޭޑް ތަކުގެ ކްލާސްތައް ވާދަކުރާ ގޮތަށެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments