މިހާރު ކުރިޔަށްދާ ހާފިޒު އަހުމަދު ސްކޫލުގެ (ހޭޒް)ގެ އިންޓަ ހައުސް/ކްލާސް ނެޓްބޯޅަ މުބާރާތުގައި ހައުސްތަކުގެ ބައިން މިއަދު ކުޅުނު ދެމެޗުން މޮޅުވީ ޝާފީ (ބުލޫ) ހައުސް އާއި ހަނަފީ (ގްރީން) ހައުސް އެވެ. އެއާއެކު ގްރީން ހައުސް އަށް ވަނީ ފައިނަލުން ޖާގަލިބިފައެވެ.
ހައުސްތަކުގެ ބައިން މިއަދުގެ 9 ވަނަ މެޗުގައި ވާދަކުރީ މާލިކީ (ޔެލޯ) ހައުސް އާއި ޝާފީ (ބްލޫ) ހައުސްގެ ޓީމެވެ. މިމެޗު 12 ޕޮޓް 23 ޕޮޓުން ކާމިޔާބުކުރީ ޝާފީ (ބްލޫ) ހައުސް އެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޝާފީ ހައުސްގެ ސެންޓާ ޝަކީލާ އަލްހާނު އެވެ. މިމެޗުން ބަލިވުން މާލިކީ (ޔެލޯ) ހައުސް ވަނީ ކުޅުނު ދެމެޗުން ބަލިވެ މުބާރާތުން ގާތްގަޑަކަށް ކަޓާފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިން
މިއަދުގެ 10 މެޗުގައި މިބައިން ވާދަކުރީ ހަންބަލީ (ރެޑް) ހައުސް ޓީމާއި ހަނަފީ (ގްރީން) ހައުސްގެ ޓީމެވެ. މި މެޗު 15 ޕޮޓް 13 ޕޮޓުން ކާމިޔާބުކުރީ ހަނަފީ (ގްރީން) ހައުސް ގެ ޓީމެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހަނަފީ (ގްރީން) ހައުސްގެ ގޯލްކީޕާ އާމިނަތު މާޝާ އަބްދުﷲ އެވެ. މިމެޗުން މޮޅުވުމުން ހަނަފީ (ގްރީން) ހައުސް ވަނީ ކުޅުނު ދެމެޗުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
މިބައިގެ ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗު މާދަމާ ކުޅޭނެއެވެ. ފުރަމަ މަ މެޗުގައި ހަވީރު 3:45ގައި ވާދަކުރާނީ ހަނަފީ ހައުސް އާއި ޝާފީ ހައުސް އެވެ. ދެވަނަ މެޗުގައި 4:45ގައި ބައްދަލުކުރާނީ މާލިކީ ހައުސް އާއި ހަންބަލީ ހައުސް އެވެ. މިބައިގެ މެޗުތައް ކުޅެނީ ހޭޒްގެ ހޯލުގެ ކޯޓުގައެވެ.

ހޭޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021
އިންޓާ ކްލާސް ބައި
މިމުބާރާތުގައި މިއަދު މެންދުރު ފަހު 3:30 ގައި އާއި 4:00ގައި ކުޅުނީ ގައި ފައުންޑޭޝަން ސްޓޭޖު އާއި ގްރޭޑް 1 ހިމަނައިގެން ނަގާފައިވާ 4 ޓީމުގެ ދެމެޗެވެ. މިމެޗުތައ ްކުލުނީ ބޮދު ނިކަގަސް ދަށު ކޯޓުގައެވެ.
ފައުންޑޭޝަން ސްޓޭޖް/ގްރޭޑް1 ޓީމް އޭ 2-8 ޓީމް ޑީ
ފައުންޑޭޝަން ސްޓޭޖް/ގްރޭޑް1 ޓީމް ބީ 5-2 ޓީމް ސީ

ހޭޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021
ގްރޭޑް ކްލަސްތަކުގެ މެޗުތައް
ގްރޭޑް 6 އޭ 23 ޕޮޓް – 7 ޕޮޓް 6ބީ، ހޯލުގައި
ގްރޭޑް 6 ސީ 15 ޕޮޓް – 2 ޕޮޓް 6ޑީ، ހޯލުގައި
ގްރޭޑް 2އޭ 1 ޕޮޓް – 6 ޕޮޓް 2ސީ،
ގްރޭޑް 5އޭ 19 ޕޮޓް – 3 ޕޮޓް 5ބީ، ކުޅޭ ބިމު ކޯޓުގައި
ގްރޭޑް 4އޭ 8 ޕޮޓް – 1 ޕޮޓް 4ސީ، ކުޅޭ ބިމު ކޯޓުގައި
ގްރޭޑް 3 ބީ 5 ޕޮޓް – 5 ޕޮޓް 3ސީ، (އެއްވަރު)
މިމުބާރާތުގައި މާދަމާގެ މެޗުތަކުގައި ބައްދަލުކުރާނީ:
ފައުންޑޭޝަން ސްޓޭޖް/ގްރޭޑް1 ބީ ޓީމް އާއި ޑީ ޓީމް، 3:30 ނިކަގަސް ދޮށު ކޯޓުގައި
ފައުންޑޭޝަން ސްޓޭޖް/ގްރޭޑް1 އޭ ޓީމް އާއި ސީ ޓީމް، 4:00 ނިކަގަސް ދޮށު ކޯޓުގައި
ގްރޭޑް 2 ބީ އާއި ސީ، 4:30 ނިކަގަސް ދޮށު ކޯޓުގައި
ގްރޭޑް 3 އޭ އާއި ސީ،، 5:00 ނިކަގަސް ދޮށު ކޯޓުގައި

ހޭޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021
ގްރޭޑް 5 ބީ އާއި ސީ، ހަވީރު 4:00 ކުޅޭ ބިމު ކޯޓުގައި
ގްރޭޑް 4 ބީ އާއި ސީ، ހަވީރު 5:00 ކުޅޭ ބިމު ކޯޓުގައި
ގްރޭޑް 6 އޭ އާއި ޑީ، މެންދުރުފަސް 1:30 ހޯލުގައި
ގްރޭޑް 6 ބީ އާއި ސި، މެންދުރުފަސް 2:15 ހޯލުގައި
މިމުބާރާތް ކުރިޔަށް ގެންދަނީ ހޭޒްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުން 4 ހައުސްގެ ޓީމުތަކުގައި ވާދަކުރާ ގޮތަށާއި ގްރޭޑް 6 އިން ދަށުގެ ގްރޭޑް ތަކުގެ ކްލާސްތައް ވާދަކުރާ ގޮތަށެވެ.
ޚިޔާލުތައް