މިހާރު ކުރިޔަށްދާ ހާފިޒު އަހުމަދު ސްކޫލުގެ (ހޭޒް)ގެ އިންޓަ ހައުސް/ކްލާސް ނެޓްބޯޅަ މުބާރާތުގައި ހައުސްތަކުގެ ބައިން ފައިނަލަށް ހަނަފީ (ގްރީން) ހައުސް އާއި ހަންބަލީ (ރެޑް) ހައުސް ހޮވިއްޖެއެވެ. ހަނަފީ ަހުއސް ފައިނަލަށ ްދިަޔއީ ކުޅުނު ްހުރިހާ މެޗަކުން މޮލުވެގެންނެވެ.

ހެޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021،
ހައުސްތަކުގެ ބައިގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ހަނަފީ (ގްރީން) ހައުސް އާއި ޝާފީ (ބްލޫ) ހައުސްގެ ޓީމެވެ. މިމެޗު 15 ގޯލް 11 ގޯލުން ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ޖާގަ ހޯދީ ހަނަފީ (ގްރީން) ހައުސްއެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހަނަފީ (ގްރީން) ހައުސްގެ ގޯލްޝުޓާ މަރިޔަމް މައިސާން ހުސައިން އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާ ހަނަފީ (ގްރީން) ހައުސްގެ ގޯލްޝުޓާ މަރިޔަމް މައިސާން ހުސައިން
ހައުސްތަކުގެ ބައިގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ މާލިކީ (ޔެލޯ) ހައުސް އާއި ހަންބަލީ (ރެޑް) ހައުސް ޓީމެވެ. މިމެޗު 12 ގޯލް 16 ގޯލުން ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ހަންބަލީ (ރެޑް) ހައުސް ޓީމެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހަންބަލީ (ރެޑް) ހައުސް ސެންޓަ މާއީ މުފީދު އިބްރާހިމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ހަންބަލީ (ރެޑް) ހައުސް ސެންޓަ މާއީ މުފީދު އިބްރާހިމް
މިބައިގައި ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުނު އިރު ޓީމުތައް ތަރުތީބު ވެފައިވަނީ:
1. ހަނަފީ (ގްރީން) ހައުސް، 3 މޮޅު، – 9 ޕޮއިންޓް
2. ހަންބަލީ (ރެޑް) ހައުސް، 2 މޮޅު، 1 ބަލި – 6 ޕޮއިންޓް
3. ޝާފީ (ބްލޫ) ހައުސް، 1 މޮޅު، 2 ބަލި – 3 ޕޮއިންޓް
4. މާލިކީ (ޔެލޯ) ހައުސް މޮޅެއް ނެނުވޭ. 3 ބަލި – 0 ޕޮއިންޓް
މިބައިގެ ފައިނަލް މެޗު ކުޅެނީ 19 ނޮވެމްބަރު ވާ ހުކުރު ދުވަހު ހަވީރު 4؛00ގައި ހޭޒްގެ ހޯލުގައެވެ.

ހެޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021، 3 ވަނަ ދުވަހުގެ ކުޅުން.
އިންޓާ ކްލާސް ބައި
މިމުބާރާތުގައި މިއަދު މެންދުރު ފަހު 3:30 ގައި އާއި 4:00ގައި ކުޅުނީ ގައި ފައުންޑޭޝަން ސްޓޭޖު އާއި ގްރޭޑް 1 ހިމަނައިގެން ނަގާފައިވާ 4 ޓީމުގެ ދެމެޗެވެ. މިމެޗުތައް ކުޅުނީ ބޮޑު ނިކަގަސް ދަށު ކޯޓުގައެވެ.
ގްރޭޑް 6އޭ 23 ގޯލް – 5 ގޯލް 6ޑީ،
ގްރޭޑް 6ބީ 5 ގޯލް – 18 ގޯލް ސީ، މެންދުރުފަސް 2:15 ހޯލުގައި
ގްރޭޑް 2 ބީ 2 ގޯލް – 7 ގޯލް 2ސީ، 4:30 ނިކަގަސް ދޮށު ކޯޓުގައި
ގްރޭޑް 3 އޭ 6 ގޯލް – 4 ގޯލް 3ސީ،، 5:00 ނިކަގަސް ދޮށު ކޯޓުގައި
ގްރޭޑް 4 ބީ 3 ގޯލް – 10 ގޯލް 4ސީ، ހަވީރު 5:00 ކުޅޭ ބިމު ކޯޓުގައި
ގްރޭޑް 5 ބީ 3 ގޯލް – 5 ގޯލް 5ސީ، ހަވީރު 4:00 ކުޅޭ ބިމު ކޯޓުގައި

ހެޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021،
މިމުބާރާތުގައި މާދަމާގެ މެޗުތަކުގައި ބައްދަލުކުރާނީ:
ގްރޭޑް 6 ބީ އާއި 6ޑީ، 4:00 ހޯލް ކޯޓުގައި
ގްރޭޑް 6 އޭ އާއި 6ސީ،، 4:45 ހޯލް ކޯޓުގައި
މިމުބާރާތް ކުރިޔަށް ގެންދަނީ ހޭޒްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުން 4 ހައުސްގެ ޓީމުތަކުގައި ވާދަކުރާ ގޮތަށާއި ގްރޭޑް 6 އިން ދަށުގެ ގްރޭޑް ތަކުގެ ކްލާސްތައް ވާދަކުރާ ގޮތަށެވެ.
ޚިޔާލުތައް