ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުން ބާއްވާ އަންހެނުންގެ ހޭންޑްބޯލް މުބާރާތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ބާއްވައިފިއެވެ. ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި މި މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ދެކުނުދާއިރާގެ މަޖުލިސް މެމްބަރު މުމްތާޒު މުހައްމަދު އެވެ.
މިރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ މޭޔައި އިސްމާއީލު ރަފީގުއާއި، ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރު ހިންގުމާއި ހަވާލުވެ ހުރި ސުއާދުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ޟިރާރު ބައިވެރިވެ ވަޑައިގަތެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާރުގައި އިއްޔެ ހަވީރު ކުޅުނީ ރަހުމަތްތެރިކަމުގެ މެޗެކެވެ. މިމެޗުގައި ބައްދަލުކުރީ ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ޓީމަކާއި ޏ.އޭއީސީގެ ޓީމެކެވެ. މިމެޗު 3-2 ން ކާމިޔާބުކުރީ ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ޓީމެވެ. މިމެޗުގެ މޮޅު ކުލުންތެރިއަކަށް ހޮވިފައިވަނީ ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ޓީމުގެ ޖާޒީ ނަމްބަރު 10 އެވެ.
މިމުބަރާތަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދއިއުމަށް ހަމޖެހިފައިވަނީ މި ނޮވްމްބަރު މަހު 27 އިން ޑިސެމްބަރު މަހުގެ 4 އަށެވެ.
ގިނަ ސްޕޮންސަރުންގެ އެހީ އާއެކު ކުރިޔަށްގެންދާ މިމުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވައިލްޑް ސްޓޯން ކޯޑް އެވެ. މީގެ އިތުރުން އެސްޓީއޯ އާއި އައިބޭގެ އިތުރުން އެއިޑާ ވެސް ހިމެނެއެވެ.
މިމުބާރާތުގައި ފުވައްމުލަކުގެ ސްކޫލްތަކުންނާއި، ސިޓީ ކައުންސިލުން ޓީމުތައް ބައިވެރިވެއެވެ.
ޚިޔާލުތައް