ހޭންޑްބޯޅަ މުބާރާތް: މިއަދުގެ މެޗުން މޮޅުވެ ޕޮލިސް ޓީމު ސެމީފައިނަލަށް

ޕޮލިސް ޓީމު މުބާރާތުގެ ސެމީ ފައިނަލަށް
Share on facebook
Share on twitter
Share on google

ފުވައްމުލަކު ސްޓޭޑިމަގައި މިހާރު ކުރިޔަށްދާ ވައިލްޑް ސްޓޯން ކޯޑް ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ އަންހެނުންގެ ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލަށް ފުވައްމުލަކު ޕޮލިސް ޓީމު ހޮވިއްޖެއެވެ. މުބާރާތުގެ 3 ވަނަ ދުވަހުގެ ދެ މެޗުން މޮޅުވެފައި ވަނީ ފުވައްމުލައް ޕޮލިސް ޓީީމާއި ފުވައްމުލަކު ނޭޗާ ޕާކް ޓީމެއެވެ.

ފުވައްމުލަކު ނޭޗާ ޕާކްއާއި ޏ.އޭއީސީ ބައްދަލުކުރި މެޗު

މިއަދު ހަވީރު 3:45ގައި ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި ކުޅުނު ގްރޫޕް އޭ ގެ މެޗުގައި ވާދަކުރީ ފުވައްމުލައް ޕޮލިސް ޓީމް އާއި ހޭޒްގެ ޓީމެވެ. މިމެޗު 11 ގޯލު 3 ގޯލުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ފުވައްމުލައް ޕޮލިސް ޓީމެވެ. މިމޮޅާއެކު ކުޅުނު ދެ މެޗުން މޮޅުވެ ފައިދާ 10 ގޯލާއެކުން ޕޮލިސް ޓީމުވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މިމެޗުން ބަލިވި ހޭޒްގެ ޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ލިބޭނީ ގްރޫޕުގެ ފަހު މެޗުގައި ފުވައްމުލަކު ނޭޗާ ޕާކްގެ ޓީމު ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފުވައްމުލަކު ޕޮލިސް ޓީމުގެ ފާތިމަތު މާޔާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޕޮލިސް ޓީމުގެ ފާތިމަތު މާޔާ

މިއަދު ހަވީރު 4:50 ގައި ކުޅުނު މުބާރާތުގެ 6ވަނަ މެޗުގައި ވާދަކުރީ ފުވައްމުލަކު ނޭޗާ ޕާކް ޓީމު އާއި ޏ.އޭއީސީގެ ޓީމެވެ. މިމެޗު 7 ގޯލު 2 ގޯލުން ކާމިޔާބުކުރީ ފުވައްމުލަކު ނޭޗާ ޕާކް ޓީމެވެ. މިއަދުގެ މޮޅާއެކު ފުވައްމުލަކު ނޭޗާޕާކްގެ ޓީމަށް ސެމީ ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު ހުޅުވިގެން ދިޔައީއެވެ. މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވުމުން ސެމީ ފައިނަލުގެ ޖާގަ ހޯދުމަށް ގްރޫޕްގެ ފަހުމެޗުގައި ހޭޒްގެ ޓީމު ބަލި ކުރަން ޖެހެއެވެ. މިއަދުގެ މެޗުން ޏ.އޭއީސީ ޓީމު ބަލިވުމާއެކު ކުޅުނު ދެ މެޗުން އެޓީމު ބަލިވެ، ވަނީ މުބާރާތުން ކަޓާފައެވެ. ނަމަވެސް އެޓީމަށް އަދި އެއްމެޗު ކުޅެން އެބަ އޮތެއެވެ. އެއީ މިގްރޫޕުގެ އެންމެ ވަރުގަދަ ޕޮލިސް ޓީމާއި ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފުވައްމުލަކު ނޭޗާ ޕާކް ޓީމުގެ ހަނީ އާތިފެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަ ފުވައްމުލަކު ނޭޗާ ޕާކް ޓީމުގެ ހަނީ އާތިފް

މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ވާދަ ކުރެއެވެ. މި 8 ޓީމު ވަނީ ގްރޫޕް ދެ ގްރޫޕަށް ބަހާލާފައެވެ. ލީގު އުސޫލަށް ކުޅެ، ކޮންމެ ގްރޫޕަކުން އެންމެ ގިނައިން ޕޮއިންޓް ލިބޭ ދެ ޓީމެއް ސެމީ ފައިނަލުގައި ކުރޮސްކޮށް ވާދަކޮށް ފައިނަލަށް ދެޓީމު ހޮވާނެއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެނީ 5 ޑިސެމްބަރުގައެވެ.

މާދަމާގެ ފުރަތަމަ މެޗުގައި ޕޮލިސް އާއި ހޭޒް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް އެގުރޫޕުން ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ.

މާދަމާ، 1 ޑިސެމްބަރު 2021ގައި ކުޅެނީ: ގްރޫޕް ބީގެ 4 ޓީމެވެ.

ހަވީރު 3:45 ގައި ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ޓީމް އާއި ފުވައްމުލަކު ސްކޫލްގެ ޓީމު

ހަވީރު 4:50 ގައި އެމްޖެއެސް ޓީމު އާއި ބްރައިޓްވޭ-ފުވައްމުލައް ޓީމު

މާދަމާ ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ޓީމް އާއި ފުވައްމުލަކު ސްކޫލްގެ ޓީމު ބައްދަލުކުރާ މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެއެވެ.

ފުވައްމުލަކު ނޭޗާ ÷ާކްގެ ކުލުންތެރިއެއްގެ ހަމަލާއެއް އިދިކޮޅު ގޯލަށް

މިމުބަރާތަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދއިއުމަށް ހަމޖެހިފައިވަނީ މި ނޮވްމްބަރު މަހު 27 އިން ޑިސެމްބަރު މަހުގެ 4 އަށެވެ.

ގިނަ ސްޕޮންސަރުންގެ އެހީ އާއެކު ކުރިޔަށްގެންދާ މިމުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވައިލްޑް ސްޓޯން ކޯޑް އެވެ. މީގެ އިތުރުން އެސްޓީއޯ އާއި އައިބޭގެ އިތުރުން އެއިޑާ ވެސް ހިމެނެއެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments