A wide advertisement which will be shown on all devices. (700 x 100)

ހޭންޑްބޯޅަ މުބާރާތް: ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ޖާގަ ޕޮލިސް ޓީމާއި ހޭޒް އަށް

ޕޮލިސް ޏ.އޭއީސީ ބައްދަލުކުރި މެޗު

މިއަދު ހަވީރު ކުޅެވުނު ހޭންޑް ބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު ދެމެޗުން މޮޅުވެ ޕޮލިސް ޓީމާއި ހޭޒްގެ ޓީމު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފުވައްމުލަކު ސްޓޭޑިމަގައި މިހާރު ކުރިޔަށްދާ ވައިލްޑް ސްޓޯން ކޯޑް ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ފުރަތަމަ ބައްދަލުކުރީ ފުވައްމުލަކު ނޭޗާޕާކް ޓީމު އާއި ހޭޒް ޓީމެވެ. މިމެޗު 9 ގޯލް 3 ގޯލުން ކާމިޔާބުކޮށް ސެމީ ފައިނަލުގެ ދެވަނަ ޖާގަ ހެޒް ޓީމު ކަށަވަރު ކުރިއެވެ. މިމެޗުން މޮޅުވެގެން ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ފުވައްމުލަކު ނޭޗާޕާކް ޓީމަށް ވެސް އޮތެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ހޭޒް ޓީމުގެ ނާދިއާ ޔޫސުފު އެވެ.

މެޗު 9ގެ މޮޅު ކުޅުންތެރިޔާ ހޭޒް ޓީމުގެ ނާދިއާ

މިއަދު ހަވީރު 4:50ގައި ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި ކުޅުނު ގްރޫޕް އޭ ގެ ފަހު މެޗުގައި ބައްދަލުކުރީ ފުވައްމުލަކު ޕޮލިސް ޓީމް އާއި ޏ.އޭއީސީ ޓީމުވެ. މިމެޗު 7 ގޯލު 6 ގޯލުން ކާމިޔާބުކުރީ ފުވައްމުލަކު ޕޮލިސް ޓީމެވެ. މި މެޗަށް ނުކުތް އިރުވެސް ފުވައްމުލަކު ޕޮލިސް ޓީމުވަނީ ސެމީ ފައިނަލުން ޖާގައެއް ހޯދާފައެވެ. މި މިޗެން މޮޅުވުމާއެކު އެޓީމު ވަނީ ކުޅުނު 3 މެޗުން ވެސް މޮޅުވެ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ފުވައްމުލަކު ޕޮލިސް ޓީމުގެ ފާތިމަތު މާޔާ އެވެ.

މެޗު 10ގެ މޮޅު ކުޅުންތެރިޔާ ޕޮލިސް ޓީމުގެ މާޔާ

މާދަމާ މި މުބާރާތުގެ ކުޅުމެން ނޯވެއެވެ. ދެން ކުޅުން އޮތީ ހޮނިހިރު ދުވަހު އެވެ. އެދުވަހު ކުޅޭނީ ގްރޫޕް ބީގެ ފަހު ދެމެޗެވެ. މިގްރޫޕުން އެމްޖެއެސް ކުރިގައި އޮތަސް އެޓީމުވެސް މުބާރާތުން ކެޓުމުގެ މެތަމެޓިަކް ޗާންސެއް އެބައޮތެވެ. އެއީ އެޓީމު 4 ގޯލުގެ ތަފާތުން އެފް އެސް އަތުން ބަލިވެފައި، ބްރައިޓްވޭ އިންޓަނޭޝަންލަ ސްކޫލް ޓީމު ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ޓީމުގެ މެޗުން މޮޅުވުމެވެ. ނަމަވެސް މިއީ ވަރަށް ނާދިރު ގޮތެއް ކަމަށް ބެލެވެއެވެ. ގްރޫޕް ބީއިން މިހާއު އެނެމް ކުރީގައި އޮތީވެސް އެމްޖޭއެސް ޓީމެވެ.

ގްރޫޮޕް އޭ ޕޮއިންޓް ޓޭބަލް

މާދަމާ ނޫން އަނެއް ދުވަހު، 4 ޑިސެމްބަރު 2021ގައި ކުޅެނީ: ގްރޫޕް ބީ ގެ ފަހު ދެމެޗެވެ.

ހަވީރު 3:45 ގައި އެމްޖޭއެސް ޓީމު އާއި އެފްއެސް ޓީމު

ހަވީރު 4:50 ގައި ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ޓީމް އާއި ބްރައިޓްވޭ އިންޓަނޭޝަންލަ ސްކޫލް ޓީމު

ހޭންދްބޯޅަ މުބާރާތުގެ ކުޅުމުގެ ތެރެއިން 2021

މިމުބާރާތުގެ ސެމީ ފައިނަލް ދެމެޗު ކުޅޭނީ 5 ޑިސެމްބަރުގައެވެ. ފައިނަލް މެޗު ކުޅުމާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު 7 ޑިސެމްބަރުގައެވެ.

މިމުބަރާތަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ނޮވްމްބަރު މަހު 27 އިން ޑިސެމްބަރު މަހުގެ 7 އަށެވެ.

ގިނަ ސްޕޮންސަރުންގެ އެހީ އާއެކު ކުރިޔަށްގެންދާ މިމުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވައިލްޑް ސްޓޯން ކޯޑް އެވެ. މީގެ އިތުރުން އެސްޓީއޯ އާއި އައިބޭގެ އިތުރުން އެއިޑާ ވެސް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !