ފުޓްސަލް މުބާރާތުގައި ރޭ މޮޅުވި ދޫނޑިގަލޯނާ ޓީމު ސެމީ ފައިނަލަށް

ފުތޓސަލް މުބާރަތުގެ 6 ވަނަ މެޗު: އެފްސީ ދޫނޑިގަލޯނާ އާއި އެކުވެރި ފުނާޑު
Share on facebook
Share on twitter
Share on google

މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ 3 ވަނަ ދުވަހުގައި ކުޅުމުން މާލެގަން ޔޫތު ފައުންޑޭޝަން އާއި އެފްސީ ދޫނޑިގަލޯނާ ޓީމު މޮޅުވެއްޖެއެވެ.

ރޭގެ ފުރަތަމަ މެޗުގައި ވާދަކުރީ އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް އާއި އެފްސީ ދަޑިމަގު ޖޫނިއާސް ޓީމެއެވެ. ވަރަށް ހަމަހަމަ ކުޅުމަކަށްފަހު ދެވަނަ ހާފުގައި ފުރަތަމަ ގޯލު ޖެހީ އެފްސީ ދަޑިމަގު ޖޫނިއާސް ޓީމުގެ ޖޯޒީ ނަމްބަރު 7 މޯޑް އެވެ. ދަޑިމަގު ޖޫނިއަސްގެ އެގޯލާއެކު ދޫނޑިގަލޯނާ ޖޫނިއަސް ގެ ކުޅުން ވަރުގަދަކޮށް އިތުރު ހަމަލާތަކެއް ދަޑިމަގު ޓީމުގެ ގޯލަށް ފޮނުވާލިއެވެ. އަދި މާގިނަ އިރުތަކެއްނުވެ ގޯލެއް ކާމިޔާބުކޮށް 1-1 ނަތީޖާ ހަމަހަމަ ކުރިއެވެ. އެއިގެ ފަހުން މެޗުގައި ވަރަގަދަ ކޮށް ފެނިގެން ދިޔަ ދޫނޑިގަލޯނާ ޖުނިއާސްގެ ޓީމުން އިތުރު ހަމަލާތަކެއް ދިން ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

5 ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ އަމަން – ދޫނޑިގަލޯނާ ޖޫނިއާސް

މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދަޑިމަގު ޖޫނިއާސް ޓީމުގެ ޖާޒީ ނަމްބަރު 12 އަހަމު އަމަން ޖަމްޝީދުއެވެ.

މިނަތީޖާއާއެކު މިދެޓީމަށް ވެސް ދެން ބާކީ އޮތީ އެއްމެޗެވެ. އެމެޗުން މޮޅުވެ އަދި އަނެއްޓީމުގެ ނަތީޖާ އަންނަ ގޮތަކުން ނޫނީ މުބާރާތުގައި ކުރިޔަށްދިއުމުގެ ފުރުސަތެއް ނުލިބޭނެއެވެ. މިގްރޫޕުގައި މާދަމާ ރޭ ކުޅޭ ނަތީޖާއަކީ ހޯދަޑު ސްޕޯޓްސް ކްލަބް އާއި މާލެގަން ޔޫތު ފައުންޑޭޝަން މެޗަކީ މިގްރޫޕުގައި އެންމެ ވަރުގަދަކޮށް ފެންނަ ދެޓީމެވެ.

ރޭގެ ދެވަނަ މެޗުގައި ވާދަކުރީ ގްރޫޕް 2 ގެ ދެ ޓީމުކަމަށްވާ އެކުވެރި ފުނާޑު އާއި އެފްސީ ދޫނޑިގަލޯނާ ޓީމެވެ. މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދޫނޑިގަލޯނާ ޓިމުން ދެއްކި އެވެ. އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ދިނެވެ. އެޓީމުން މެޗު ކާމިޔާބިކުރީ 6-2 އިން ވެ. އެފްސީ ދޫނޑިގަލޯނާ އަށް މިމެޗުގައި 8 ވަރަކަށް ގޯލުޖަހަން ވެސް ފުރުސަތު ލިބުނެވެ. ޓީމުން ވެސް އިދިކޮޅު ގޯލަށް ހަމަލަތައް ފޮނުވާލިއެވެ.

6 ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ – ދޫނޑިގަލޯނާގެ ޝައްފާނު

ދޫނޑިގަލޯނާ ކުޅުނު ދެމެޗުން ވެސް މޮޅުވުމާއެކު ސެމީ ފައިނަލުގެ ޖާގައެއް ލިބިގެން ދާނެއެވެ. މެޗުގެ ހަމައެކަނި ގޯލު ފާހުފައި އެފްސީ ދޫނޑިގަލޯނާ ޓީމުން ކާމިޔާބުކުރީ ދެވަނަ ހާގައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދޫނޑިގަލޯނާ ޓީމުގެ ޖޯޒީ ނަމްބަރު 11 އަބްދުﷲ ޝަައްފާނު އެވެ.

މިމުބާރާތުގައި މިރޭ ކުޅޭމެޗުގައި ބައްދަލުކުރާނީ

ގްރޫޕް 1: 20:30 ގައި ހޯދަޑު ސްޕޯރޓްސް ކްލަބް އާއި މާލެގަން ޔޫތު ފައުންޑޭޝަން

ގްރޫޕް 2: 21:40 ގައި އެކްސްޖޭވީސީ ފުނާޑު – އެފްސީ ދަޑިމަގު ޓީމެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުވައްމުލަކުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫޙު އާލާކޮށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ކުޅުންތެރިނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުންކަމަށް މުބާރާތުގެ ގަވާއިދުގައި ވެއެވެ.

މުބާރާތުގެ މެޗުތައް 

1: އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް 0 – 5  ހޯދަޑު ސްޕޯޓްސް ކްލަބް

2: އެކުވެރި ފުނާޑު 2 – 6 އެކްސްޖޭވީސީ ފުނާޑު

3: އެފްސީ ދަޑިމަގު ޖޫނިއާސް 2 – 3 މާލެގަން ޔޫތު ފައުންޑޭޝަން

4: އެފްސީ ދޫނޑިގަލޯނާ 1 – 0 އެފްސީ ދަޑިމަގު

5: އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް 1 – 1 އެފްސީ ދަޑިމަގު ޖޫނިއާސް

6: އެކުވެރި ފުނާޑު 2 – 6 އެފްސީ ދޫނޑިގަލޯނާ

7: ހޯދަޑު ސްޕޯޓްސް ކްލަބް – މާލެގަން ޔޫތު ފައުންޑޭޝަން

8: އެކްސްޖޭވީސީ ފުނާޑު – އެފްސީ ދަޑިމަގު

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments