ފުނާޑިއަންސް ކޮޅަށް ލަނޑު ގޯންޏެއް! 13-0 އެފްސީ ދަޑިމަގު

13 -0 އިން ދަޑިަމގު ޓީމު
Share on facebook
Share on twitter
Share on google

މިހާރު ކުޅެމުންދާ މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ރޭގެ ފަހުމެޗަކި މިޙާތަނަށް ޓީމަކުން މިމުބާރާތުގައި އެނެމް ގިނަ ގޮލު ޖެހި މެޗެވެ. މިމެޗުގައި އެފްސީ ދަޑިމަގު ޓީމުން ވަނީ އެކްސްޖޭވީސީ ފުނާޑިއަންސް ކޮލަށް ލަނޑު ގޯންޏެއް ވައްދާލައިފައެވެ. ރޭގެ ފުރަތަމަ މެޗުން މޮޅުވެ ހޯދަޑު ސްޕޯޓްސް ވަނިީސެމީ ފައިނަލުގެ ޖާގަހޯދާފައެވެ.

ރޭގެ ފުރަތަމަ މެޗުގައި ވާދަކުރީ ހޯދަޑު ސްޕޯޓްސް ކްލަބް އާއި މާލެގަން ޔޫތު ފައުންޑޭޝަން ޓީމެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ހޯދަޑު ޓީމުގެ ޖޯޒީ ނަމްބަރު 9 ކާމިޔާބުކުރި ގޯލާއެކު މެޗުގެ ސެމީ ފައިނަލުގެ އުއްމީދުވަރުގަދަ ކުރިއެވެ. މުޅި މެޗުގައި ވެސް ހޯދަޑު ޓީމުގެ ކުޅުން ވަރުގަދަވެފައި ހަމަލާތައް ގިނައެވެ. ނަމަވެސް މާލެގަން ޓީމުން ދިޔައީ ކައުންޓާ އެޓޭކުގައި އިދިކޮޅު ގޯލަށް ހަމަލާތައް ދެމުންނެވެ. މެޗުގެ ފަހު ސިކުންތު ކޮޅުގައި ކައުންޓާ އެޓޭކަައެއް މާލެގަން ޓީމުން ހުސް ގޯލުތެރެެއަށް ފޮނުވާލި ބޯޅައިގެ ސްޕީޑް މަޑުވެމުން ފަހަތުން އައި ދިފާއީ ކުޅުންތެރިޔާ ވަނީ އެބޯޅަ ދިފާޢުކޮށް ބޭރަށް ފޮނުވާލާފައެވެ. ވުމާއެކު މެޗު ނިމުނީ 1-0 އިން ހޯދަޑު ސްޕޯޓްސް ކްލަބު މޮޅުވެގެންނެވެ.

ފުޓްސަލް މުބާރާތުގެ 7 ވަނަ މެޗު: ހޯދަޑު ސްޕޯޓްސް 1-0 މާލެގަން ޔޫތު ފައުންޑޭޝަން

މިމޮޅާއެކު ހޯދަޑު ސްޕޯޓްސް ކުލަބު ކުޅުނު ދެމެޗުން ވެސް މޮޅުވެ މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ވަނީ ޔަގީންކޮށްފައެވެ. އެއީ މިގްރޫޕްގައި ކޮންމެ ޓިމެއް ެވސް 2 މެޗު ކުޅުނު އިރު ހޯދަޑު ޓީމަށް 2 މެޗުން 6 ޕޮއިންޓްއި ފައިދާ 6 ގޯލު އޮތްއިރު ދެވަނާގައި އޮތީ މިރޭ ބަލިވި މާލެގަން ޔޫތު ފައިނޑޭޝަން ޓީމެވެ. އެޓީމު ވެސް 2 މެޗު ކުޅެ އެއް މޮޅު އެއް ބަލި އާއެކު ފައިދާ އަދި ގެއްލުން ވެސް ގޯލެއް ނެތެވެ. އެޓީމުން ވަނީ 3 ގޯލު ޖަހާފައެވެ. 3 ވަނާގައި އޮތީ އެފްސީ ދަޑިމަގު ޖޫނިއާސް އެވެ. އަދި 4 ވަނާގައި ދޫނޑިގަލާނޯ ޖޫނިއަސް ޓީމެވެ.

ފުޓްސަލް މުބާރާތުގެ 7 ވަނަ މެޗު: ހޯދަޑު ސްޕޯޓްސް 1-0 މާލެގަން ޔޫތު ފައުންޑޭޝަން

 

މިގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގަ އެނގޭނީ މާލެގަމާއި އެފްސީ ދޫނޑިގަލޯނާ ޖޫނިއަސް ޓީމުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އެމެޗުން މޮޅުވެގެން މާލެގަމު ޓީމަށް ފައިނަލަށް ދެވެނެއެވެ. އެއްވަރު ވެއްޖެ ނަމަ ޖެހޭނީ ހޯދަޑު ސްޕޯޓްސް ކްލަބު އާއި ދަޑިމަގު ޖޫނިއަސް މެޗުގެ ނަތީޖާއަށް ބަލާށެވެ.

މުބާރާތުގެ ޕޮއިންޓް ޓޭބަލް

ރޭގެ ދެވަނަ މެޗުގައި ވާދަކުރީ ގްރޫޕް 2 ގެ ދެ ޓީމުކަމަށްވާ އެކްސްޖޭވީސީ ފުނާޑިއަންސް އާއި އެފްސީ ދަޑިމަގު ޓީމެވެ. މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް އެފްސީ ދަޑިމަގު ޓީމުން ޖެހިއެވެ. މިމުބާރާތުގެ މެޗެއްގައި މިހާތަނަށް ގޯލުގެ އަދަދު ދެއަކުރަށް އަރައިގެން ދިޔައީ މި މެޗުގައެވެ. ފުރަތަމަ ހަފުނިމުނީ ވެސް 7-0 އިން ކުރީގައި އޮވެގެންވެ. ދެވަނަ ހާފުގައި އިތުރު 6 ގޯލު ޖަހައި ނަތީޖާ 13-0 އަށް ބަދަލުކޮށްލިއެވެ.

ފުޓްސަލް މުބާރާތުގެ 8 ވަނަ މެޗު: އެފްސީ ދަޑިމަގު 13 – 0 ފުނާޑިއަންސް

މިގްރޫޕުން ސެމީ ފައިނަލުގެ ޖާގަ އެފްސީ ދޫނޑިގަލޯނާ ޓީމަށް ޔަގީން ވެފައިވާ އިރު އެޓީމު ވަނީ ކުޅުނު 2 މެޗުން މޮޅުވެ 6 ޕޮއިންޓާއި ފައިދާ 5 ގޯލު ހަމަކޮށްފައެވެ. މިގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި އޮތީ އެފްސީ ދަޑިމަގު ޓީމެވެ. ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް އެޓީމު ދެން ކުޅެ މެޗުން ބަލިވެގެން ނުވާނެއެވެ. ޓީމުން ވެސް އިދިކޮޅު ގޯލަށް ހަމަލަތައް ފޮނުވާލިއެވެ.

8 ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ ޝިއާޢު- އެފްސީ ދަޑިމަގު

މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދަޑިމަގު ޓީމުގެ ޖޯޒީ ނަމްބަރު 17 އަލީ ޝިއާއު އެވެ.

މިމުބާރާތުގައި މިރޭ ކުޅޭމެޗުގައި ބައްދަލުކުރާނީ

ގްރޫޕް 1: 20:30 ގައި މާލެގަން ޔޫތު ފައުންޑޭޝަން އާއި އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް

ގްރޫޕް 2: 21:40 ގައި އެކުވެރި ފުނާޑު އާއި އެފްސީ ދަޑިމަގު

މުބާރާތުގެ މެޗުތައް 

1: އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް 0 – 5  ހޯދަޑު ސްޕޯޓްސް ކްލަބް

2: އެކުވެރި ފުނާޑު 2 – 6 އެކްސްޖޭވީސީ ފުނާޑު

3: އެފްސީ ދަޑިމަގު ޖޫނިއާސް 2 – 3 މާލެގަން ޔޫތު ފައުންޑޭޝަން

4: އެފްސީ ދޫނޑިގަލޯނާ 1 – 0 އެފްސީ ދަޑިމަގު

5: އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް 1 – 1 އެފްސީ ދަޑިމަގު ޖޫނިއާސް

6: އެކުވެރި ފުނާޑު 2 – 6 އެފްސީ ދޫނޑިގަލޯނާ

7: ހޯދަޑު ސްޕޯޓްސް ކްލަބް 1 – 0 މާލެގަން ޔޫތު ފައުންޑޭޝަން

8: އެކްސްޖޭވީސީ ފުނާޑު 0 – 13 އެފްސީ ދަޑިމަގު

9: މާލެގަން ޔޫތު ފައުންޑޭޝަން  – އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް

10: އެކުވެރި ފުނާޑު – އެފްސީ ދަޑިމަގު

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments