A wide advertisement which will be shown on all devices. (700 x 100)

ސެމީ ފައިނަލުގެ ޓީމުތައް ކަށަވަރުވެއްޖެ

އެފްސީ ދަޑިމަގު 0-0 އެކުވެރި ފުނާޑު.

މިހާރު ކުޅެމުންދާ މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2021ގެ މިރޭގެ މެޗުތަކާއެކު މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނެ ޓީމުތައް ކަނޑައެޅިއެއްޖެއެވެ. އެއީ ގްރޫޕް 1 އިން މާލެގަމު ޔޫތު ފައުންޑޭޝަނާއި ހޯދަޑު ސްޕޯޓްސް ކްލަބު އަދި ގްރޫޕް 2 އިން އެފްސީ ދޫނޑިގަލޯނާ އާއި އެފްސީ ދަޑިމަގު ޓީމެވެ.

މާލެގަން ޔޫތުފައުންޑޭޝަން 10-1 ދޫނޑިގަލޯނާ ޖޫނިއަސް

މިރޭގެ ކުޅުނު ގްރޫޕް 1 ގެ މެޗުގައި ވާދަކުރީ މާލެގަން ޔޫތު ފައުންޑޭޝަން އާއި އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް ޓީމެއެވެ. ފަސޭހަކަމާއެކު މާލެގަން ޔޫތު ފައުންޑޭޝަނުން މިމެޗު ކާމިޔާބުކުރީ 10-1 ގެ ބޮޑު ތަފާތަކުންނެވެ. މި މޮޅާއެކު އެޓީމު ވަނީ ގޯލުގެ ތަފާތުން ގޫޕުގެ 1 ވަނަ އަށް ޖެހިލާފައެވެ. ނަމަވެސް މިގްރޫޕުގެ ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އަންނަ ހޯދަޑު ސްޕޯޓުސް ކްލަބަށް ގްރޫޕުގައި އަދި އިތުރު މެޗެއް އޮތުމުން ގުރޫޕްގެ އެއްވަނަ އެޓީމަށް އަލުން ލިބޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެއީ އެޓީމު ދެން ކުޅެން ޖެހޭ މެޗުން ބަލި ނުވާނަމައެވެ.

މިގްރޫޕުގައި މިރޭ ކުޅުނު ދޫނޑިގަލޯނާ ޖޫނިއަސް ޓީމު މުބާރާތުން ކެޓީ ކުޅުނު 3 މެޗުން ވެސް ބަލިވެ ބައިކޮޅަށް 15 ގޯލު ވަދެގެންނެވެ. އެޓީމަށް ޖެހިފައި ވަނީ އެންމެ ގޯލެކެވެ. ދެން މިގްރޫޕުގައި ހިމެނެނީ ދަޑިމަގު ޖޫނިއާސް ޓީމަށް މާދަމާ ރޭ ފަހު މެޗު އޮތް ކަމުގައިވިޔަސް އެޓީމު ވެސް ވަނީ މުބާރާތުން ކަޓާފައެވެ. މި ގްރޫގެ ވަނަތައް ތަރުތީބު ވާނީ މާދަމާ ރޭގެ މެޗަށް ފަހު އެވެ.

އެފްސި ދޫނޑިގަލޯނާ ޖޫނިއާ ޓީމު 2021

މިރޭގެ ދެވަނަ މެޗުގައި ވާދަކުރީ ގްރޫޕް 2 ގެ ދެ ޓީމުކަމަށްވާ އެފްސީ ދަޑިމަގު އާއި އެކުވެރި ފުނާޑު ޓީމެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ގޯލެއް ނުޖެހި އެއްވެރުގައެވެ. ގޯލު ޖަހަން އެންމެ ހުސް ފުރުސަތެއް މިހާފުގައި ލިބުނީ ދަޑިމަގު ޓީމަށެވެ. ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވުނެވެ.

އެފްސީ ދަޑިމަގު 0-0 އެކުވެރި ފުނާޑު.

ދެވަނަ ހާފުގައި ދެޓީމުން ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަސް ކުރި ނަމަވެސް މެޗު ނިމުނީ ގޯލެއް ކާމިޔާބު ނުކުރެވޭ ގޮތް ނުވިއެވެ. މެޗުގެ ފަހު ވަގުތުކޮޅު އެކުވެރި ފުނާޑު ޓީމު ބޮޑަށް ކުރިޔަށް ޖެހިލައިގެން ގޯލެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރިތަން ފެނުނެވެ. އެއީ ސެމީ ފައިނަލުގެ ޖާގައެއް އެޓީމަށް ލިބޭން އޮތީ މިރޭގެ މެޗުން މޮޅުވެގެން ކަމަށްވުމެވެ. ނަމަވެސް މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގު ޓީމުގެ ޖޯޒީ ނަމްބަރު 24 އަބްދުﷲ ޒިއަޒަން އެވެ.

މި ގްރޫޕުގެ ފަހުމެޗު މާދަމާ ރޭ އަދި ކުޅެން އޮތްވާ ގްރޫޕްގެ 1ވަނަ އެފްސީ ދޫނޑިގަލޯނާ ޓީމަށް ވަނީ ޔަގީން ވެފައެވެ. އެޓީމާއެކު ސެމީ ފައިނަލަށް ދަނީ އެފްސީ ދަޑިމަގު ޓީމެވެ. އެޓީމާއި އެކުވެރި ފުނާޑު ޓީމު 4 ޕޮއިންޓުން އެއްވަރު ވިޔަސް ފައިދާ 13 ގޯލުގެ ތަފާތުން އެޓީމަށް ގްރޫޕްގެ ދެވަނަ ލިބެއެވެ. މިގްރޫޕުގެ ފަހު މެޗު ކުޅުމުގެ މާކަ ބޮޑު ބޭނުމެއް ނެތެވެ. އެއީ ގްރޫޕް ނަތީޖާއަށް ބަދަލެއް ނާންނާނެތީއެވެ. ނަމަވެސް ޝަޑިއުލް ކުރިެވިފައިވާ ހުރިހާ މެޗެއް ވެސް މުބާރާތުގައި ކުޅޭނެއެވެ.

މެޖިކްލީން ފުޓްސަލް މުބާރާތުގެ ޕޮއިންޓް ޓޭބަލް 2021

ގްރޫޕް 1:

— ވަނަ ޓީމު: ހޯދަޑު ސްޕޯޓްސް ކްލަބު

—ވަނަ ޓީމު: މާލެގަމު ޔޫތު ފައުންޑޭޝަން

ގްރޫޕް 2:

1 ވަނަ ޓީމު އެފްސީ ދޫނޑިގަލޯނާ

2 ވަނަ ޓީމު: އެފްސީ ދަޑިމަގު ޓީމު

ސެމީފައިނަލުގައި ބައްދަލުކުރާނީ ދެ ގްރޫޕްގެ ވަނަތައް ކްރޮސްކޮށެވެ.

މިމުބާރާތުގައި މިރޭ ކުޅޭމެޗުގައި ބައްދަލުކުރާނީ

މާދަމާ ރޭގެ ދެ މެޗާއެކު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިގެންދާނެއެވެ.

ގްރޫޕް 1: 20:30 ގައި ހޯދަޑު ސްޕޯޓްސް ކްލަބް އާއި އެފްސީ ދަޑިމަގު ޖޫނިއާސް

ގްރޫޕް 2: 21:40 ގައި އެކްސްޖޭވީސީ ފުނާޑު އާއި އެފްސީ ދޫނޑިގަލޯނާ 

މުބާރާތުގެ މެޗުތައް 

1: އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް 0 – 5  ހޯދަޑު ސްޕޯޓްސް ކްލަބް

2: އެކުވެރި ފުނާޑު 2 – 6 އެކްސްޖޭވީސީ ފުނާޑު

3: އެފްސީ ދަޑިމަގު ޖޫނިއާސް 2 – 3 މާލެގަން ޔޫތު ފައުންޑޭޝަން

4: އެފްސީ ދޫނޑިގަލޯނާ 1 – 0 އެފްސީ ދަޑިމަގު

5: އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް 1 – 1 އެފްސީ ދަޑިމަގު ޖޫނިއާސް

6: އެކުވެރި ފުނާޑު 2 – 6 އެފްސީ ދޫނޑިގަލޯނާ

7: ހޯދަޑު ސްޕޯޓްސް ކްލަބް 1 – 0 މާލެގަން ޔޫތު ފައުންޑޭޝަން

8: އެކްސްޖޭވީސީ ފުނާޑު 0 – 13 އެފްސީ ދަޑިމަގު

9: މާލެގަން ޔޫތު ފައުންޑޭޝަން 10 – 1 އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް

10: އެކުވެރި ފުނާޑު 0 – 0 އެފްސީ ދަޑިމަގު

11: ހޯދަޑު ސްޕޯޓްސް ކްލަބް – އެފްސީ ދަޑިމަގު ޖޫނިއާސް

12: އެކްސްޖޭވީސީ ފުނާޑު  – އެފްސީ ދޫނޑިގަލޯނާ 

 

ސެމީ ފައިނަލް:  28 ޑިސެމްބަރު 2021، 20:30 އަދި 21:40

ފައިނަލް: 30 ޑިސެމްބަރު 2021 20:30

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !