މެޖިކްލީން ފުޓްސަލް މުބާރާތް 2021ގެ ދެގުރޫޕްގެ 1ވަނަ ހޯދަޑު ސްޕޯޓްސް ކްލަބް އާއި އެފްސީ ދޫނޑިގަލޯނާ އަށް

ހޯދަޑު ޓީމުން 2ވަނަ ޕޮއިންޓް ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވި
Share on facebook
Share on twitter
Share on google

މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2021ގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި މިރޭ މޮޅުވީ ހޯދަޑު ސްޕޯޓސް ކްލަބު އާއި އެފްސީ ދޫނޑިގަލޯނާ ޓިމެވެ. މިދެޓިމުވެސ ްވަނީ މުބަރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުންވެސް މޮޅުވެ ދެ ގްރުޕުން އެއްވަނަ ހޯދާފައެވެ.

ހޯދަޑު ސްޕޯޓސް އަދި ދަޑިަމގު ޖޫނިއާސް ބައްދަލުކުރިމެޗު 2-1.

މިރޭގެ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ހޯދަޑު ސްޕޯޓްސް ކްލަބް އާއި އެފްސީ ދަޑިމަގު ޖޫނިއާސް ޓީމެއެވެ. ކުރިން ހީކުރެވިފައިވާ ގޮތާއި ޚިލާފަށް ދަޑިމަގު ޖޫނިއާސް އިން ވަނީ ހޯދަޑު ސްޕޯޓްސް ހިފެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އަދި އެޓީމުން ވަނީ މުބާރާތުގައި މިހާތަނަށް ގޯލެއް ނުވަދެ ހުރި ހަމައެނި ގޯލު، ހޯދަޑު ސްޕޯޓްސްގެ ގޯލުގެ ފޫދުއްވާލާފައެވެ. ފުރަތަމަ ފާހުފައި ދަޑިމަގު ޓީމުން މެޗުގައި ގޯލެއް ޖަހައި ނެގި ލީޑު މެޗުގެ ގިނަވަގުތު ދެމެހެއްޓިއެވެ. ދެވަނަ ހާފު ފެށިގެން ވެސް ގިނަ އިރުތަކެއް ވަންދެން މެޗުގެ ނަތީޖާ އެޓީމުގެ ކޮޅުގައި ހިފަހައްޓާލިއެވެ.

ނަމަވެސް ދެވަނަ ހާފުގައި ހޯދަޑު ޓީމުގެ ކުޅުން އަވަސްކޮށް އިދިކޮޅު ގޯލަށް ބާރު ބޮޑުކުރަމުން ދިޔައެވެ. ނަތީޖާއަކަށްވީ މެޗުގެ ފަހު 10 މިނިޓް ތެރޭގައި ހޯދަޑު ޓީމުގެ ޖާޒީ ނަމްބަރު 9 ހުސޭން ޖަހައިދިން ގޯލާއެކު ހޯދަޑު ޓީމަށް ގޫރުޕްގެ 1 ވަނަ ޔަގީން ވުމެވެ. އަދި މެޗުގެ ފަހު 2 ވަނަ މިނިޓަށް ވެފައި ވަނިކޮށް ދަޑިމަގު ޖޫނިއާސް އިން ކުރި ފައުލަކާއި އެކު 5 ފައުލް ހަމަވެ 6 ވަނަ ފައުލާއެކު ލިބުނު ދެވަނަ ޕޮއިންޓް ޕެނަލްޓީ ހޯދަޑު ޓީމުގެ ޖޯޒީ ނަމްބަރު 6 ކާމިޔާބުކޮށް އެޓީމުގެ މޮޅުވުމުގެ ރެކޯޑް %100 ގައި ދެމެހެއްޓިއެވެ. މިމޮޅާއެކު އެޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިނޓާއެކު ގްރުޕްގެ 1 ވަނަ ހޯދާފައެވެ. މި ގްރޫޕުން ދެވަނ ލިބެނީ މާލެގަން ޔޫތު ފައުންޑޭޝަން ޓީމަށެވެ.

މިރޭގެ ފަހު މެޗު އެކްސްޖޭވީސީ ފުނާޑިއަންސް އާއި ދޫނޑިގަލޯނާ ޓީމުގެ މެޗު

މިރޭގެ ދެވަނަ މެޗުގައި ވާދަކުރީ ގްރޫޕް 2 ގެ ދެ ޓީމުކަމަށްވާ އެފްސީ ދޫނޑިގަލޯނާ އާއި އެކްސްޖޭވީސީ ފުނާޑިއަންސް ޓީމެވެ. މި މެޗުގެ ނިމިގެން ދިޔައީ 12-0 ގެ ބޮޑު ތަފާތަކުން އެފްސީ ދޫނޑިގަލޯނާ މޮޅުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދޫނޑިގަލޯނާ ޓިމުގެ ޖޯޒީ ނަމްބަރު 11 ޝައްފާން އެވެ.

މިރޭގެ ފަހު މެޗު އެކްސްޖޭވީސީ ފުނާޑިއަންސް އާއި ދޫނދިގަލޯނާ ޓީމުގެ މެޗު

މިމެޗަށް ނުކުތް އިރުވެސް އެފްސީ ދޫނޑިގަލޯނާ ޓީމަށް ވަނީ ގުރޫޕްގެ 1 ވަނަ ލިބިފައެވެ. އަދި ދެވަނަ ވަނީ އެފްސީ ދަޑިމަގު ޓީމަށް ވަނީ ލިބިފައެވެ. ނަމަވެސް މިމެޗުން މޮޅުވެގެން ދޫނޑިގަލޯނާ ޓީމަށް %100 މޮޅުވުމުގެ ރެކޯޑު ދެމެހެއްޓޭނެއެވެ.

މެޖިކްލީން ފުޓްސަލް މުބާރާތުގެ ޕޮއިންޓް ޓޭބަލް 2021 – ގްރޫޕް ސްޓޭޖް

ސެމީ ފައިބނަލުގައި ވާދަކުރާނެ ޓީމުތައް

1 ވަނަ ޓީމު: ހޯދަޑު ސްޕޯޓްސް ކްލަބު އާއި އެފްސީ ދަޑިމަގު ޓީމު

2 ވަނަ ޓީމު: އެފްސީ ދޫނޑިގަލޯނާ އާއި މާލެގަން ޔޫތު ފައުންޑޭޝަން

ސެމީ ފައިނަލުގައި ކުޅެނީ ދެ ގްރޫޕުގެ 1 ވަނަ އަދި 2 ވަނަ  ކްރޮސްކޮށެވެ.

ސެމީ ފައިނަލު މެޗުތައް ކުޅެނީ 28 ޑިސެމްބަރު 2021، ވާ އަންގާރަ ދުވަހުގެ ރޭ 20:30 އަދި 21:40 ގައެވެ.

ފައިނަލް: 30 ޑިސެމްބަރު 2021 20:30

މުބާރާތް ލައިވްކޮށް ގެނެސްދޭ އަފުން ނިއުސްގެ ދެ ކޮމެންޓޭޓަރުން – އަލީ ޝަރީފު އާއި އަހުމަދު ޝަފީގު

 

މުބާރާތުގެ މެޗުތައް 

1: އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް 0 – 5  ހޯދަޑު ސްޕޯޓްސް ކްލަބް

2: އެކުވެރި ފުނާޑު 2 – 6 އެކްސްޖޭވީސީ ފުނާޑިއަންސް

3: އެފްސީ ދަޑިމަގު ޖޫނިއާސް 2 – 3 މާލެގަން ޔޫތު ފައުންޑޭޝަން

4: އެފްސީ ދޫނޑިގަލޯނާ 1 – 0 އެފްސީ ދަޑިމަގު

5: އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް 1 – 1 އެފްސީ ދަޑިމަގު ޖޫނިއާސް

6: އެކުވެރި ފުނާޑު 2 – 6 އެފްސީ ދޫނޑިގަލޯނާ

7: ހޯދަޑު ސްޕޯޓްސް ކްލަބް 1 – 0 މާލެގަން ޔޫތު ފައުންޑޭޝަން

8: އެކްސްޖޭވީސީ ފުނާޑު 0 – 13 އެފްސީ ދަޑިމަގު

9: މާލެގަން ޔޫތު ފައުންޑޭޝަން 10 – 1 އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް

10: އެކުވެރި ފުނާޑު 0 – 0 އެފްސީ ދަޑިމަގު

11: ހޯދަޑު ސްޕޯޓްސް ކްލަބް 2 – 1 އެފްސީ ދަޑިމަގު ޖޫނިއާސް

12: އެކްސްޖޭވީސީ ފުނާޑު 0 – 12 އެފްސީ ދޫނޑިގަލޯނާ 

1.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments