މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2021ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް އަށް

ހޯދަޑު ޓީމުން ވަނީ ޖެހިޖެހިގެން 3 ފަހަރު ފުޓްސަލް މުބާރާތް ކާމިޔާބުކޮށްފައި 2021
Share on facebook
Share on twitter
Share on google

މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2021ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް އިން ހޯދައިފިއެވެ. މިމުބާރާތް ހޯދަޑު ސްޕޯޓްސް އިން ކާމިޔާބުކުރުމާއެކު ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތްތައް ޖެހިޖެހިގެން 3 ފަހަރު އެޓީމުން ކާމިބުކޮށް ތަށި މިލްކު ކުރީއެވެ. މިގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ސިޓީ ކައުނިލުން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަނުންނަކީ ވެސް ހޯދަޑު ޓީމެވެ.

ހޯދަޑު ޓީމަށް ދޫނޑިގަލޮނާއިން މަރުހަބާ ކިޔަނީ

2020 ވަނަ އަހަރު ސިޓީ ކައުންސިލުން ފުޓްސަލް މުބާރާތް ނުބާއްވާއިރު އެއަހަރު ހޯދަޑު ޓީމުން ބޭއްވި ހަވިއްތަ ފުޓްސަލް ޗެލެންޖް 2020 އާއި މާލެގަމު ޓީމުން ބޭއްވި މާލެގަން ފުޓްސަލް ޗެލެންޖު މުބާރާތްވެސް ކާމިޔާބުކޮށްފައި ވަނީ ހޯދަޑު ސްޕޯޓްސް އިންނެވެ. ވުމާއެކު އެޓީމުން މިވަނީ ފުޓްސަލް 3 މުބާރާތްއް ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރީ ގްރޫޕް 1 އިން 1 ވަނަ ހޯދައިގެން އައި ހޯދަޑު ސްޕޯޓްސް އާއި ގްރޫޕް 2 އިން 1 ވަނަ ހޯދައިގެން އައި އެފްސީ ދޫނޑިގަލޯނާ ޓީމް އެވެ. މިދެ ޓީމުވެސް ފައިނަލަށް ދިޔައީ މޮޅުވުމުގެ %100 ރެކޯޑަކާއެކުއެވެ. ވުމާއެކު ދެބަސްވެވެން ނެތީ މިއީ މިފަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅުނީ ހުރިހާގޮތަކުން ވެސް އެންމެ މޮޅު ދެ ޓީމުކަމެވެ. ހޯދަޑު ޓީމުން މުބާރާތް ކާމިޔާބުކުރި މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެއެވެ.

މުބާރާތުގެ ރަނަރަޕް ޓީމު؛ އެފްސީ ދޫނޑިގަލޯނާ

މިރޭގެ ފައިނަލު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މިހާފުގައި ދެޓީމުން ވެސް ކުޅުނީ ދާދީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ކުޅެމުން ދިޔައީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ މެޗުން މޮޅުވުމަށެވެ. ގިނަ ސަޕޯޓަރުން ތަކަކާއެކު ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައެވެ.

ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް ދެމުން ދިޔައީ ދޫނޑިގަލޯނާ ޓީމުންނެވެ. ނަމަވެސް މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ހޯދަޑު ސްޕޯޓްސް ކްލަބުން ޖެހީ ދޫނޑިގަލޯނާ ހާފުގެ މެދުތެރެެއިން ހޯދަޑު ޓީމުގެ 10 ނަމްބަރު އަޔާޒު ކުޅުންތެރިއެއްގެ ކައިރިން ނައްޓާލާއި ފޮނުވާލި ބާރު ޝޫޓެއް ގޯލުގެ ކުރިމަތިން ކީޕަރަށް ހުރަސްވާގޮތަށް ހުރި ހޯދަޑު ޓީމުގެ 9 ނަމްބަރު ކުޅުންތެރިޔާ ބޯޅަ ކުޅޭ ކަމަށް ހަދައި ދެފައި ދެގޯޅިން ބޯޅަ ދޫކޮށްލުމުން ގޮސް ގޯލުގެ ތިރީ ކަނަށް ވަދެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހޯދަޑު ސްޕޯޓްސް ކްލަބުގެ ޖާޒީ ނަމްބަރު 10 އަހުމަދު އަޔާޒު އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުްނތެރިޔާ އަހުަމދު އަޔާޒު- މެޗުގައި މެޗުޅުކުމެއް ދެއްކި

ހޯދަޑު ސްޕޯޓްސް ކްލަބުގެ ގޯލާއެކު އެޓީމުން ދިފާއަށް އިސްކަން ދޭން ފެށިއެވެ. އޭރު ވަނީ ދެވަނަ ހާފުގެ 10 މިނިޓުގެ ކުޅުން ނިމި ބާކީ 10 ވަރަކަށް މިނިޓަށް ވެފައެވެ. ދޫނޑިގަމު ޓީމުން ބޮޑަށް ކުރިއަށް ޖެހިލައި ހަމަލާއަށް އިސްކަން ދީ ގިނަ ހަމަލާތަކެއް ހޯދަޑުގެ ގޯލަށް ފޮނުވާލިއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެ މެޗު ނިމުނީއެވެ. މެޗުގެ ފޯރިގަދަވެ ކުދިކުދި ހަމަނުޖެހުންތައް ވެސް ހިނގިއެވެ. ނަމަވެސް މެޗު ނިމުމުން ދެޓީމުގެ ކުޅުންތެރިން ވެސް ސަލާމްކޮށް ކުޅިވަރުގައި މޮޅާއި ދެރަ ގަބޫލުކުރާކަން އަމަލުން ދެއްކިއެވެ.

މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓުސަލް ކުޅުންތެރިން ކުޅެފައި ވެއެވެ.

މުބާރާތް ނިމުމުން މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑެލް ދިނުން ބާއްވާފައި ވެއެވެ.

މުބާރާތުގެ ވަނަތައް

ޗެމްޕިއަން ޓީމު: ހޯދަޑު ސްޕޯޓްސް ކްލަބު

ރަނަރަޕް ޓީމު: އެފްސީ ދޫނޑިގަލޯނާ 

 

މުބާރާތުގެ އެނެމް މޮޅު 5 ކުޅުންތެރިން:

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

އަބްދުﷲ ޝައްފާން ޖާޒީ ނަމްބަރު 11، ދޫނޑިގަލޯނާ

އަލީ ލިރުޣާމު ޖޯޒީ ނަމްބަރު 9، ހޯދަޑު ސްޕޯޓްސް ކްލަބު

އިބްރާހިމް އަރީޝް ޖޯޒީ ނަމްބަރު 11، އެފްސީ ދަޑިމަގު

އަޝްރަފު އަބްދުﷲ ޖޯޒީ ނަމްބަރު 1، ހޯދަޑު ސްޕޯޓްސް ކްލަބު

……………………….

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments