އިއްޔެ ހަވީރު ފުވައްމުލަކު ކްރިކެޓް ދަނޑުގައި ފެށި ރަމަޟާން ކްރިކެޓް ކާނިވލުގެ ފުރަތަމަ މެޗު 2 ވިކެޓުން ކާމިޔާބުކުރީ ދަޑިމަގު ސިކްސާސްގެ ޓީމެވެ.
މިމެޗުގައި އެޓީމާއި ވާދަކުރީ ޓީމް 2 ފުރެންޑްސް ކްލަބު ފުނާޑުއެވެ. މިމެޗުގައި ދެޓީމުން ވެސް ފެނިގެން ދިޔައީ މުޅިންހެން ވެސް އާ ކުޅުންތެރިންނެވެ.

ކްރިކެޓް ކާނިވަލްގެ ފުރަތަމަ މެޗުން މޮޅުވީ ދަޑިމަގު ސިކްސާސްގެ ޓީމު
ފުރަތަމަ އިނިންސްގައި ޓީމް 2 ފުރެންޑްސް ކްލަބު ފުނާޑުން ނިކުތީ ބެޓް ކުރުމަށެވެ. ހަވިކެޓަށް އެޓީމަށް ހެދުނީ 24 ލަނޑެވެ. މިއިނިންސްގައި ދަޑިމަގު ސިކްސާސްގެ އުކުން ވަރުގަދަވެފައި ހޮވުންވެސް މޮޅެވެ. އެގޮތުން އިދިކޮޅު ޓީމުގެ މީހުން ނުބައި ކުރަމުން ދިޔައީ ޖަހާ ބޯޅަ ހިފައިގެންނާއި ވިކެޓް ވައްޓާލައިގެންނެވެ.
ޖަވާބުގައި ދަޑިމަގު ސިކްސާސް ބެޓްކުރަން ނުކުމެ މޮޅަށް ކުޅުނެވެ. ފެށުމުގެ ގޮތުން ބެޓް ކުރަން ނުކުތް އިބްރާހިމް އަރީޝް ވަނީ މެޗުގައި އެންމެ ގިނަ ލަނޑު ހަދާފައެވެ. އޭނާ 7 ބޯޅައިން 15 ލަނޑު ހެދިއެވެ. އަދި ދަޑިމަގު ޓީމުން މެޗުން މޮޅުވީ 5ވަނަ އޯވަރުގައި 2 ވިކެޓުންނެވެ.

ކްރިކެޓް ކާނިވަލްގެ ފުރަތަމަ މެޗުން މޮޅުވީ ދަޑިމަގު ސިކްސާސްގެ ޓީމު
މިއަދުވެސް ރަމަޟާން ކްރިކެޓް ކާނިވަލްގެ ކުޅުން ކުރިޔަށް ދިޔައެވެ.
ފުވައްމުލައް ސިޓީގައި ކްރިކެޓް ކާނިވަލް ކުރިޔަށް ގެންދާތާ 5 އަހަރު ވެއްޖެއެވެ. މާލެ ނޫނީ އެންމެ ގިނަ ދުވަހު މިމުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލަކުގައެވެ. ފުވައްމުލަކުގައި ގިނައިން ކުރިޔަށް ގެންގޮސްފައި ވަނީ ސްކޫލްކުދިންގެ ކްރިކެޓް މުބާރާތްތަކެވެ
ޚިޔާލުތައް