A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިޓީ ބަލިކޮށް ގދ.ވާދޫ ޒޯން 4 ގެ ޗެމްޕިއަންކަން ހޯދައިފި

ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ޒޯން 4 ގެ ފައިނަލްގައި ފުވައްމުލަކު ސިޓީގެ ފުޓްސަލް ޓީމު ބަލިކޮށް ގދ. ވާދޫގެ ފުޓްސަލް ޓީމް ޗެމްޕިއަންކަން ހޯދައިފިއެވެ. ރޭ ފުވައްމުލަކު ސިޓީގައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗު ވާދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 ލަޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫ ޓީމުގެ ޖާޒީ ނަމްބަރު 10 އަޔާޒު އަހުމަދެވެ.

ވާދޫ ޓީމުން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން 4 މިނިޓަށްވެފައިވަނިކޮށެވެ. މިލަޑަށްފަހު ފުވައްމުލަކު ސިޓީގެ ޓީމުން އިތުރު ހިތްވަރަކާއިއެކު ދެހާފު ފެށިގެން 7 ވަނަ ނިޓްގެ ތެރޭ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ ހަތް މިނިޓްފަހުން އަނެއްކާވެސް ވާދޫ ޓީމުން ލަނޑެއްޖަހާ ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ރޭގެ ފައިނަލް މެޗު ނިމިގެން ދިޔައީ މިނަތީޖާއާއިއެކުގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !