ރާއްޖޭގެ ހުރިހާ ސްކޫލަތްކަށް ހުޅުވާލައިގެން ގދ.ތިނަދޫއިން އެތުލެޓިކްސް މުބާރާތެއް ބާއްވަނީ

ފުވައްމުލައް: އެތުލެޓިކްސް މީޓުގައި ޖެވެލިން ތްރޯ. ފޮޓޯ: އެތުލެޓިކުސް ފވމ.
Share on facebook
Share on twitter
Share on google

ރާއްޖޭގެ ހުރިހާ ސްކޫލަތްކަށް ހުޅުވާލައިގެން ގދ. ތިނަދޫ ކައުންސިލުން އެތުލެޓިކްސް މުބާރާތެއް ބޭއްވުމުގެ ތައްޔާރީތައް ކުރިޔަށް އެބަދެއެވެ. މިމުބާރާތް ބޭއްވުމަށް ހަމޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 11-15 އަށް، 1 ހަފުތާގެ މުއްދަތެއްގައެވެ. އެއީ ސްކޫލްގެ އައު ދިރާސީ އަހަރުގެ ކިޔެވުން ފެށިގެން މަހެއްހާ ދުވަސް ފަހެވެ.

މި މުބާރާތުގެ ނަމަކީ ގދ. އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް އެވެ. މިމުބާރާތް ބޭއްވުމަށް ގދ.އަތޮޅު ކައުންސިލުން ހަވާލުކޮށްފައި ވަނީ ތިނަދޫގައި އެތުލެޓިކްސް އެކަޑެމީ އެއް ހިންގަމުން އަންނަ ރައުހަތު ސްޕޯޓްސް ކްލަބާ އެވެ.

މިއީ އަތޮޅު ކައުންސިލްކުން އިސްނަގައިގެން މިހާ ފުޅާ ދާއިރާއެއްގައި އެތުލެޓިކްސް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށް ރާއްޖޭގެ އެތުލެޓިކްސްގައި ފުންނާބު އުސް ކުރީގެ އެތުލީޓެއްކަމަށްވާ އަލީ ޝަރީފު މައުލޫމާތު ދެއްވައެވެ.

އެމްޖޭއެސްގެ އެތުލެޓިކްސް ޓީމު 2019- އެނެމް ފަހުން ބޭއްވުނު އެތުލެޓިކްސް މުބާރާތުގެ އެނެމް ކުރީގައި ހިމެނުނު.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމުބާރާތް ހުޅުވާލަފައި ވަނީ 5 އުމުރު ފުރައަކުން ދެޖިންސްގެ މީހުންނަށެވެ. އެ އުމުރުފުރާ ތަކަކީ 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 19 އަހަރުން ދަށެވެ. މިއީ އިންޓަސް ސްކޫލް އެތުލެޓިކްސް މުބާރާތްތައް ވެސް އާއްމުކޮށް ބާއްވާ އުރުފުރާތަކެއް ކަމުން މިމުބާރާތް އަމާޒުކުރެވިފައިވަނީ ބޮޑަށް ސްކޫލް ދަރިވަރުންނަށް ކަމަަށް ބެލެވެއެވެ.

މިމުބާރާތުގައި ރާއްޖޭގެ އެތުލެޓިކްސްގެ އެންމެ މަތީ ފެންވަރުގެ ގިނަ ޓީމްތަކަކުން ބައިވެރިވާނެކަމަށް ރައުހަތު ސްޕޯޓްސް އިން ރާއްޖެއެމްވީ އަށް މަލޫމާތު ދެއްވާފައިވެއެވެ. ނަމަވެސް މިމިބާރާތުގައި ފުވައްމުލަކުގެ އެއްވެސް ސްކޫލެއްގެ ޓީމަކުން ބައިވެރިވާން ނިންމާފައިވާކަން އެގެކަށ ްނެތެވެ. މިއީ ސްކޫލްތަކުެގ ބޮޑު ޗުއްޓީ ދުވަސްވަރަށް ވުމުން ސްކޫލްތަކުގެ މިފަދަ ކަންކަން ނިންމާނީ ދިރާސީ އައު ދިރާސީ އަހަރުގެ ކިޔެވުން ފެށިގެން ކަމަށް ބެލެވެއެވެ.

ޓްރެކް އިވެންޓްގެ ތެރެއިން ދުވުމުގެ ކުރިޔަށް ދަނީ – މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝަޕް 2019

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments