މިފަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބެނީ ބެންޒަމާއަށް ބާ؟

މިފަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން 2022
Share on facebook
Share on twitter
Share on google

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިފަހަރު، ބެލޮންޑިއޯ 2022، ލިބޭނީ ސްޕޭންގެ ރިއާލް މެޑްރިޑަށް ކުޅޭ ފްރާސްންސްގެ ކަރީމް ބެންޒަމާއަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މި އެވޯޑް ދިނުން އޮންނާނީ މިއަހަރު ނޮވެމްބަރު 17 ގައި ޕެރިހުގެ ތިއޭޓާ ޝެޓްލޭ ގައެވެ.

ކުޅިވަރުގެ މީޑިއާ ރިޕޯޓްތަކުން ހާމަކުރާ ގޮތުގައި ވެސް، އަދި އާއްމު ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ވެސް މިފަހަރުގެ އެވޯޑް ލިބޭނީ ބެންޒަމާ އަށެވެ. އޭނާ އާއި ކައިރިން ވާދަކުރެވޭ ވަރުގެ ކުޅުމެއް ވެސް ނިމުނު 2023ގެ ސީޒަނުގައި އެހެން ކުޅުންތެރިއަކަށް ދެއްކިފައެއް ނުވާ ކަމަށެވެ. މިއީ ޝަރަފުވެރި އިނާމު ދޭ ފްރާންސް ފުޓްބޯލްއިން އެންމެ ފަހުން ނެރެފައިވާ ލިސްޓްގައި ވެސް ބެންޒަމާ ހިމެނެއެވެ. ނަމަވެސް މިއެވޯޑް ލިބޭ މީހަކު ޔަގީން ކުރެވޭނީ 17 ވަނަ ދުވަހުގެ ރެއެވެ.

ކަރީމް ބެންޒަމާ – މިފަހަރުގެ ބޮޑު ފެވާރިޓް ބެލޮން ޑިއޯ

ބެންޒަމާ ވަނީ ރިއަލް މެޑްރިޑާއެކު ފާއިތުވި އަހަރު ސްޕޭން ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ރިއަލް މެޑްރިޑްގެ ކެޕްޓން ކަން ކުރުމާއި އެކު މޮޅު ކުޅުމެއް ދައްކައި ގޮނަ ގޯލުތަކެއް އެޓީމަށް ޖަހާދީފައި ވެއެވެ. 2008 ވަނަ އަހަރަށް ފަހު މިއެވޯޑް މުޅިން ހެންވެސް ހޯދާފައި ވަނީ މެސީ އާއި ރޮނަލްޑޯއެވެ. އެއިގެ އިތުރުން ބެންޒަމާގެ ޓީމުގެ ބައިވެރިޔާ ލޫކާ މޮޑަރިޗް އަށް 1 ފަހަރު މިއެވޯޑް ލިބިފައިވއެވެ. ވުމާއެކު މިފަހަރު އެވޯޯޑް ލިބުމުން އެ 3 މިހުންގެ ލިސްޓަށް ބެންޒަމާ އިތުރު ވެ 4 މީހުން ވެގެންދާނެއެވެ.

ބެލޮންޑިއޯ އެވޯޑް ދޭ ގޮތަށް މިފަހަރު މިވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ. އެއީ ކުރިން އަހަރުން އަހަރަށް މިއެވޯޑު ދިނަސް ދެން އެވޯޑް ދޭނީ ސީޒަނަށް ބަލައިގެން ކޮންމެ ފުޓްބޯޅަ ސީޒަނެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ކަމަށް ފްރާސްސް ފުޓްބޯލް އިން ހާމަކޮށްފައި ވެއެވެ.

ފްރާސްސް ފުޓްބޯލް އިން ނެރެފައިވާ އެންމެ ފަހުގެ 30 ކުޅުންތެރިންގެ ލިސްޓްގައި މިފަހަރު މިއެވޯޑަށް ވާދަކުރާ ކުޅުންތެރިން ހިމަނާފައިވެއެވެ. ނަމަވެސް އެއްވެސް ކުޅުޅުންތެރިއެއް އަދި ރޭންކް ކޮށްފައެވެ ނުވެއެވެ.

އެލިސްޓްން އެންމެ ފާހަގަ ކުރެވެނީ، އެންމެފަހުން 2021ގައި މިއެވޯޑް ހާސިލުކުރި އަދި މިހާތަނަށް އެންމެ ގިނަފަހަރު، 7 ފަހަރު މިއެވޯޑް ހާސިލުކުރި، އަދި މިސީޒަނުގައި ރަނގަޅު ކުޅެމެއް ދައްކަމުން އަންނަ އާޖެންޓީނާގެ ލިއޮނެލް މެސީ މިފަހަރުގެ ފައިނަލް ލިސްޓްގައި ނުހިމެނޭ ކަމެވެ. އެކަމަކު މެސީ އާއި ވާދަވެރި ކްރިސްޓިއާނާ ރޮނަލްޑޯ މިފަހަރުގެ ލިސިްޓްގައި ވެސް ހިމެނެއެވެ. މެސީ އާއި ރޮނަލްޑޯ މި ލިސްޓްގައި 2005 ވަނަ އހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ހިމެނެމުން އައިސްފައި ވެއެވެ.

މިހާތަނަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ގިނަފަހަރު ހާސިލުކުރި ކުޅުންތެރިން 2022

މިފަހަރުގެ ލިސްޓްގައި ވެސް ރިއަލް މެޑްރިޑަށް ބަދަލުވެ، ކުޅެމުން އަންނަ ކުރިގެ ބެޔާން މިޔުނިކުގެ ތަރި ރޮބާޓް ލެވެންޑޮސްކީ ހިމެނެއެވެ. ލެވެންޑޯސްކީ އެނެމް ރަނގަޅަށް ކުޅުނު 2020 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ކެންސަލް ކުރީ ކޯވިޑްގެ ސަބަބުންނެވެ. ވުމާއެކު އޭނާއަށް އަދި އެއެވޯޑް ހާސިލުކުރެވިފައެއް ނުވެއެވެ. އެފަަރު އެވޯޑް ހަފުލާ ކެންސަލް ކުރުމާއި ހަމަޔަށް ވެސް ގިނަބަޔަކު ބުނެފައިވަނީ އެވޯޑް ލިބޭނީ އޭރު 33 އަހަރުގެ ލެވަންޑޯސްކީއެވެ.

މިފަހަރުގެ ޝޯޓް ލިސްޓްގައި ވެސް އެނެމް ގިނައިން ހިމެނެނީ ޕްރިމިއާ ލީގުގެ ކުޅުންތެރިންނެވެ. އެއިގެތެރޭގައި ހިމެނެނީ އިންގިރޭސި 3 ކުޅުންތެރިން ކަމަސްވާ އެލެގްޒެންޑާ އާނޯލްޑް އާއި، ފިލް ފޯޑެން އަދި ހެރީ ކޭން އެވެ. މިފަހަރުގެ ލިސްޓްގައި ހިމެނެނީ؛

އެލެގްޒެންޑާ އާނޯލްޑް- ލިވަޕޫލް   ކަރީމް ބެންޒަމާ – ރިއާލް މެޑްރިޑް

ޔައޯ ކެންސެލޯ – މެން ސިޓީ   ކަސެމިރޯ -ރިއަލް މެޑްރިޑް

ތިބޯ ކޯޓޮއިސް -ރިއާލް މެޑްރިޑް  ކެވިން ޑިބްރޭނާ – މެން ސިޓީ

ލުއިސް ޑިއާޒް – ލިވަޕޫލް     އާލިން ހާލެންޑް -ބޮރޯޝިއާ ޑޯމުންޑް

ސަބެސްޓިއަން ހަލާ-އަޔަކެސް   ޔޮޝުއާ ކިމިޗް- ބެޔާން މިޔުނިކް

ރަފޭލް ލީއޯ – އެސީމިލާން    ރޮބާޓް ލެވަންޑޯސްކީ – ބެޔާން މިޔުނިކް

ރިޔާދް މާރޭޒް – މެން ސިޓީ  މައިކް މައިގްނަން -އެސީ މިލާން

ސާޑިއޮ މާނޭ – ލިވާޕޫލް    ކިލިއަން އެމްބާޕޭ -ރިއަލް މެޑްރިޑް

ލުކާ މޮޑްރިޗް-ރިއާލް މެޑްރިޑް ކްރިސްޓޮފާ އެންކުންކޫ – އާރުބީ ލެޕިޒް

ޑާވިން ނޫނޭޒް -ބެންފީކާ    ކްރިސްޓިއާނާ ރޮނަލްޑޯ -ޔުވެންޓާސް، މެން ޔުނައިޓެޑް

އެންޓީނިއޯ ރުޑިގާ- ޗެލްސީ  މުހަމައްމަދު ސަލާހް – ލިވާޕޫލް

ބާނާޑޯ ސިލްވާ-މެން ސިޓީ  ސްނޮ ހިއުންމިން – ޓޮޓްނަމް ހޮސްޕާ

ވާޖިލް ވެންޑައިކް-ލިވާޕޫލް  ވިނިސިއަސް ޖޫނިއާ – ރިއާލް މެޑްރިޑް

ފަބީނޯ – ލިވާޕޫލް   ޑޮސާން ލަހޮވިޗް – ފިއޮރެންޓީނާ، ޔުވެންޓާސް

މިފަހަރުގެ ގޯލްކީޕާ އެވޯޑަށް ވާދަކުރާ ކުލުންތެރިން 2022

އެންމެ މޮޅު ގޯލްކީޕަރުގެ ގޮތުގައި ޔާޝިން ޓްރޮފީ އަށް ވާދަކުރަނީ އެލިސަން ބެކާ، އާއިއެޑާސަން އާއި ހޯގޯ ލޮރިސް އާއި އެޑުއާޑޯ މެންޑީއެވެ.

21 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިޔާގެ، ކޮޕާ ޓްރޮފީ އެވޯޑަށް ވާދަކުރަނީ ބުކާޔޯ ސާކާ އާއި ޔޫޑް ބެލިންހަމް އާއި އިތުރު 10 ކުޅުންތެރިން ހިމެނެއެވެ.

މިފަހަރުގެ 21 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން 2022

އަންހެން އެންމެ މޮޅު ކުޅުންތެރިޔާއަސް ވަދަކުރަނީ ޗެލްސީގެ ސޭމް ކެރް އާއި އާސެނަލްގެ ވިވިއާން މިއެޑެމޭ އާއި ފްރާންސްގެ ލއިޮންގެ 5 ކުޅުންތެރިއަކާއެކު ޖުމުލަ 20 ކުޅުންތެރިން މިލިސްޓގައި ހިމެނެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments