A wide advertisement which will be shown on all devices. (700 x 100)

ކަރީމް ބެންޒަމާގެ ކުޑައިރުގެ 3 ހުވަފެން ހަގީގަތަކަށް!

ކަރިމް ބެންޒަމާ ބެލޮންޑިއޯ އިނާމާއި ހަވާލުވުން - ފޮޓޯ: އޭއެފްޕީ

ފާއިތުވި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލުކުރި ފްރާންސްގެ ކަރީމް ބެންޒަމާ ކުޑައިރުގެ 3 ހުވަފެން ހަގީގަތަކަށްވެއްޖެ ކަމަށް ބުނެފިއެވެ.

ކަރީމް ބެންޒަމާ ބުނާ ގޮތުގައި އޭނާ ކުޑައިރު 3 ހުވަފެނެއް ދުށެވެ. ނުވަތަ ބޮޑުވެގެން 3 ކަމެއް ހާސިލުކުރުން އަޒުމު ކަނޑައެޅިއެވެ.

ކަރިމް ބެންޒަމާ – ބެލެންޑިއޯ އިނާމާއެކު 2022

އެއީ:

އޭނާގެ މަންމައަށް ގެއެއް ގަނެދިނުން

ރިއާލް މެޑްރިޑަށް ފުޓުބޯޅަ ކުޅުން

ބެލެންޑިއޯ ޙާސިލުކުރުން ކަމަށް ވެއެވެ.

މި 3 ހުވަފެން ވެސް އޭނާ ވަނީ ހަގީގަތަކަށް ހަދާފައެވެ. މި އޮކްޓޯބަރު މަހު 17ގައި ބެލޮންޑިއޯ އިނާމު، ނުވަތަ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބުމާއެކު މި ހުރިހާ ކަމެއް ވެސް ބެންޒަމާއަށް ވަނީ ހާސިލުވެފައެވެ. ބެންޒަމާ ހާސިލުކުރި ބެލެންޑިއޯ އެވޯޑް އެނާ ތަޚުސީސް ކޮށްފައިވަނީ ފްރާސްގެ ރައްޔިތުންނަށެވެ.

ޕްރޮފެޝަނަލް ކެރިއަރުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބޭ ހިސާބަށް އާދެވޭ ހިނދު، އެމީހަކު ބޭނުންވާ ކޮންމެ ފެންވަރެއްގެ ގެއެއް ނުވަތަ ގަނަޑުވެރެއް، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ގަތުމަކީ އެމީހަކަށް މާބޮޑު ކަމަކަށް ނުވާނެއެވެ.

ކަރީމް ބެންޒަމާ – ބެލޮން ޑިއޯ ޙާސިލުކުރީ 2022

އޭނާއަށް މި ކާމިޔާބީ އާއި ހަމަޔަށް އާދެވުނީ ވެސް ބުރަ މަސައްކަތާއެކު ފުޓުބޯޅައިގެ ހަޔާތުގައި ކުރިމަތިވި ގިނަ ގޮންޖެހުންތަކެއް ގިރާކުރުމަށް ހިތްވަރާއިއެކު ކުރި ބުރަ މަސައްކަތުން ކަންއޭނާގެ ހަޔާތަށް ބަލާލުމުން ސާބިތުވެއެވެ. އޭނާއަށް ފުޓުބޯޅައިގެ މިކާމީޔާބީއާއި ހަމަޔަށް އާދެވުނީ، ޕްރޮފެޝަނަލް ކެރިއަރުން އުމުރުގެ ފަހު ބައި (އުމުރުން 34 އަހަރުގައި) އެވެ.

ބެލެންޑިއޯ ހާސިލުކުރުމަށް ފަހު ބެންޒަމާ ބުނެފައި ވަނީ އޭނާގެ މިހާރު އުއްމީދުތައް ހުރީ އުމުރުން 21، 22 އަހަރުގައި ހުރި ގޮތަކަށް ނޫންކަމަށެވެ. “މަންމަޔަށް ފުރިހަމަކޮށްދޭން ވައުދުވި ކަންކަން ކޮށްދެވިފައި ވާތީ އަހަރެން ވަރަށް ބޮޑަށް ފަޚުރުވެރިވަން. އަދިވެސް އަހަރެންގެ އުއްމީދުތައް އެބަހުރި. ފްރާންސް ޓީމާއެކު ވޯލްޑްކަޕް ހާސިލުކުރުމަކީ އެންމެ ބޭނުން އެއްކަން. މިހާރުގެ އަމާޒަކީ ވޯލްޑްކަޕަށް ގޮސް އެ މުބާރާތް ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއްކުރުން” ބެންޒަމާ ބުނެފައި ވެއެވެ.

ކަރީމް ބެންޒަމާގެ ދެން އޮތް އުއްމީދަކީ ވޯލްދްކަޕް ޙާސިލުކުރުން

މިހާރު ބެންޒަމާގެ އުއްމީދަކީ މިއަހަރު ނޮވެމްބަރުގައި ގަތަރުގައި ބާއްވާ ވޯލްޑްކަޕް ފްރާންސް ޓީމަށް ކާމިޔާބުކޮށް ދިނުމެވެ. ފްރާންސް ޓީމަކީ ފާއިތުވި ވޯލްޑްކަޕްގެ ވެސް ޗެމްޕިއަން ޓީމަށް ވުމާއެކު ވޯޑްކަޕް ތަށި ދިފާއުކުރުމަށް ނުކުން ފްރާސް ޓީމުގައި ބެންޒަމާ ވެގެންދާނީ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

މިހާރު އުމުރުން 34 އަހަރުގެ ކަރީމް މުސްތަފާ ބެންޒަމާ އޭނާ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރު ފެށީ އުމުރުން 18 އަހަރުގައި (2005ގައި) އުފަން ރަށް ފްރާންސްގެ ލިއޯންގެ އޮލިމްޕިކް ލިއޯން ޓީމުގައެވެ. ރިއާލް ޑްރިޑަށް ބަދަލުވީ އުމުރުން 21 އަރުގައެވެ. ރިއަލް މެޑްރިޑްގެ ޓީމުން ބެންޒަމާ ބޮޑަށް ފެންނަން ފެށީ 2018ގައި، އޭނާގެ އުމުރުން 30 އަހަރުގައި، އެޓީމުގެ ތަރި ކްރިސްޓިއާނާ ރޮނަލްޑޯ ޓީމު ދޫކޮށްލި ހިސާބުންނެވެ.

އަލްޖީރީއާއިން ފްރާންސަށް ހިޖުރަކުރި އާއިލާއެއްގެ ކަރިމް މުސްތަފާ ބެންޒަމާ

ބެންޒަމާ ވަނީ ރިއަލް މެޑްރިޑަށް ކުޅުމުގެ އިތުރުން ރިއާލް މެޑްރިޑްގެ ކެޕްޓަނެގެ މަގާމު ވެސް ހާސިލުކޮށްފައެވެ. މީގެ އިތުރުން ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް 2 އަހަރު ބެންޒަމާ ހާސިލުކޮށްފައި ވެއެވެ.

ފްރާސްސްގެ ޓީމާއެކު 2018ގެ ވޯލްޑަކަޕް ހާސިލުކުރުމުގެ ފުރުސަތު އޭނާއަށް ނުލިބުނީ ފްރާންސް ޓީމުގެ ބައިވެރިއަކާއި ދެެމެދު ޖެހުނު އަޚުލާގީ މައްސަލައެއްގައި ގައުމީ ޓީމުން 5.5 އަހަރު ދުވަހަށް އޭރު ސަސްޕެންޑް ކުރެވިފައި ވުމުންނެވެ. އެއާއެކު 2018ގެ ރަޝިއާ ވޯލްޑްކަޕު ކާމިޔާބުކުރި ފްރާންސް ޓީމުގައި ކުޅެން އޭނާއަށް ފުރުސަތު ނުލިބުނީއެވެ. އެހެން ނަމަވެސް އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމާއެކު ޔޫއެފާ ނޭޝަންސް ލީގު ކަމިޔާބުކޮށްފައެވެ. އަދި 2004 ވަނަ އަހަރުގެ ޔޫއެފާ 17 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުރި ފްރާންސް ޓީމުގައި ވެސް ބެންޒަމާ ހިމެނުނެވެ.

ނިމުނު ފުޓްބޯޅަ ސީޒަނުގައި ބެންޒަމާ ވަނީ 46 މެޗުކުޅެ 44 ގޯލު ޖަހައި ސްޕޭންގެ ލަލީގާ އާއި ޔޫރަޕުގެ ޗެމްޕިއަންސް ލީގު ރިއަލް މެޑްރިޑަށް ކާމިޔާބުކޮށް ދީފައެވެ. ބެންޒަމާ ވެގެން ދިޔައީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ފްރާންސްގެ 5 ވަނަ ކުޅުންތެރިޔާއަށެވެ. އޭނާއަށް ބެލޮންޑިއޯ އެވޯޑް ހަވާލުކޮށްދިން އޭނާގެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން އަކީ ވެސް ފްރާންސް ޓީމުގައި މި އެވޯޑް ހާސިލުކޮށްފައިވާ ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިންނަކީ މިހާތަނަށް މިއިނާމު ހާސިލުކުރި އަރަބި ދަރިކޮޅަށް ނިސްބަތްވާ ހަމައެކަނި ދެ ކުޅުންތެރިންނެވެ. ބެންޒަމާގެ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް އޭނާއަށް ރަތްކާޑެއް ދައްކާފައެއް ނުވެއެވެ.

ބެންޒަމާ ގޯލު ޖަހަނީ. ފޮޓޯ. ސްޕޯTްސް ފްރާންސް

ފްރާންސް ޓީމުން ބެލޮންޑިއޯ ހާސިލްކުރި 5 ކުޅުންތެރިން

ކަރީމް ބެންޒަމާ – 1 ފަހަރު (2022)

ޒައިނުއްދީން ޒިދާން – 1 ފަހަރު (1998)

ޖީން-ޕިއެރެ ޕަޕިން – 1 ފަހަރު (1991)

މައިކަލް ޕްލެޓިނީ – 3 ފަހަރު (1983، 1984، 1985)

ޜޭމޮންޑް ކޮޕާ – 1 ފަހަރު (1958

ފްރާނސް އިން ދުނިޔޭގެ އެނެމް މޮޅު ކުލުންތެރިޔާގެ މަގާމު ހޯދި 5 ކުޅުންތެރިން 2022

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !