ޏ. އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ)ގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތް ފަށައިގެން ފޯރިއާއެކު ކުރިޔަށް އެބަދެއެވެ. މުބާރާތުގެ މެޗުތައް ކުޅެމުން އަންނަނީ ޏ.އޭއީސީގެ މަލްޓީޕާޕަސް ހޯލުގައެވެ. މި މުބާރާތުގެ ކުޅުން ފަށާފައި ވަނީ ފާއިތުވި ހުކުރު ދުވަހު އެވެ.
މި މުބާރާތް ވަނީ ދެބަޔަކަށް ބަހާލާފައެވެ. އެއީ ޖޫނިއާ ކެޓަގަރީ އާއި ސިނިއާ ކެޓަގަރީ އެވެ. ކޮންމެ ކެޓަގަރީއަކުން ވެސް 4 ހައުސްގެ ޓީމުތައް ވާދަކުރެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ސީނިއާ ބައިގެ ޝަނިވިރާޒާ ހައުސް (ޔެލޯ ހައުސް) އަމީނު ހައުސް (ބްލޫ ހައުސް)އެވެ. ފޯރިގަދަ ކުޅުމަކަށް ފަހު މިމެޗު ނިމުނީ 17-11 އިން ޝަނިވިރާޒާ ހައުސް މޮޅުވެގެންނެވެ.
ސީނިއާ ކެޓަގަރީ
2 ވަނަ މެޗު: މުޟައްފަރު ހައުސް 6-12 އިމާދު ހައުސް
3 ވަނަ މެޗު: އަމީނު ހައުސް 10-19 މުޟައްފަރު ހައުސް
ޖޫނިއާ ކެޓަގަރީ
4 ވަނަ މެޗު: ޝަނިވިރާޒާ ހައުސް 1-7 އަމީނު ހައުސް
5 ވަނަ މެޗު: މުޟައްފަރު ހައުސް 16-1 އިމާދު ހައުސް
ޚިޔާލުތައް