A wide advertisement which will be shown on all devices. (700 x 100)

އައިއޯއައިޖީ ގެ މިފަހަރުގެ ކާމިޔާބު: ގިނަ މެޑަލް ހޯދައިދިނީ އަންހެން އެތުލީޓުން

އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގައި މިފަހަރަކީ ރާއްޖެއިން އެންމެ ގިނަ މެޑަލް ހޯދި ފަހަރެވެ. ޖުމްލަ 28 މެޑަލް މިއަހަރު ހޯދުނު އިރު 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް އިން ލިބުނީ ޖުމްލަ 15 މެޑެލްއެވެ. ނަމަވެސް، ޖުމްލަ 7 ގައުމު ބައިވެރި މިފަހަރު މެޑަލް ހަރުގަނޑަށް ބަލާލާއިރު ރާއްޖެ ދިޔައީ 6 ވަނަ ނުވަތަ  ފަހަތުން ދެވަނައެވެ. ނަމަވެސް 2019 ވަނަ އަހަރު އެންމެ 15 މެޑަލް ހޯދައިގެން މެޑަލް ހަރުގަނޑުން 5 ވަނަ ޖާގަ ރާއްޖެ ހޯދިއެވެ

މިފަހަރުވެސް އެންމެ ގިނަ ރަން މެޑަލް ހޯދިފައިވަނީ ކުރީ ފަހަރެކޭ އެއްގޮތަށް ޓޭބަލް ޓެނިހުންނެވެ. ޚާއްސަކޮށް އަންހެންބައިން ރާއްޖެއާއި ވާދަކުރެވޭ ގައުމެއް އައިއޯއައިޖީގައި ނެތެވެ. ޓޭބަލް ޓެނިސް އަންހެން ބައިން ހުރިހާ ރަނެއް މިރާއްޖެ އިން ގެންދިޔައިރު ފިރިހެން ބައިން ހުރިހާ ރިއްސެއް ގެންދިޔައީ މިރާއްޖެއިންނެވެ. ޓޭބަލް ޓެނިސް ރަންވަންލޯ މިހާރު ލިޔާ ގޮތުންނަމަ ލޯ އެންމެ މެޑަލްއަކާއި އެކު ޖުމްލަ 9 މެޑަލް ޓޭބަލް ޓެނިސް ރާއްޖެ ހޯދިއެވެ. މިއީ ރާއްޖެއަށް މިގޭމްސްއިން ލިބުނު މެޑަލްތަކުގެ 32 އިން ސައްތައެވެ. އެހެންކަމުން ގާތްގަޑަކަށް ތިންބައިކުޅަ އެއްބައި މެޑަލް މިލިބުނީ ޓޭަބަލް ޓެނިސް އިންނެވެ. 2019 ވަނަ އަހަރު ޓޭބަލް ޓެނިސް އިން 3 ރަން މެޑަލް ލިބުނެވެ. މިފަހަރު އިތުރަށް ލިބުނީ މިކްސް ޑަބަލްބައިން ލިބުނު ރަން މެޑަލެވެ

ޓެބަލް ޓެނިސް ނަގާފައި ދެވަނަ އެންމެ ކާމިޔާބު ކުޅިވަރަކީ ބެޑްމިންޓަނެވެ. ބެޑް މިންޓަނުން 1 ރަން މެޑަލް އާއި 3 ރިހި މެޑަލް އާއި 3 ރަންވަންލޯ ނުވަތަ ލޯ މެޑަލް އާއިއެކު ޖުމްލަ 7 މެޑަލް ލިބުނެވެ. އެހެންކަމުން، ރާއްޖެއަށް ލިބުނު މެޑަލްތަކުގެ 57 އިންސައްތަ މެޑަލް ލިބިފައިވަނީ މިދެކުޅިވަރުންނެވެ. 2019 އަހަރުވެސް ރާއްޖެއަށް 1 ރަން މެޑަލް ބެޑްމިންޓަނުން ލިބުނެވެ. އެއީ އަންހެން ސިންގަލްސްއިން ލިބުނު މެޑަލެވެ. ނަމަވެސް، މިފަހަރު އެބައިން ރިހި މެޑަލް ލިބުނު އިރު ރަން މެޑަލް ހޯދާފައިވަނީ އަންހެން ޑަބަލްސް އިންނެވެ. ކަސްރަތުގެ ހަރަކާތައް ބަލާއިރު އަންހެން ޓީމު ރިލޭ ގެ ދެ އިވެންޓަކުން ރަންވަންލޯ މެޑަލް ހޯދިއިރު އަންހެން ފިރިހެން މަސްހުނި ބައިންވެސް ރަންވަންލޯ މެޑަލްއެއް ރާއްޖެއިން ހޯދިއެވެ. ނަމަވެސް ފިރިހެން ބައިން އެއްވެސް މެޑަލްއެއް ނުލިބެއެވެ. ބާސްކެޓްބޯޅަ އަށް ބަލާއިރު އަންހެން ޓީމާއި ފިރިހެން ޓީމުން ކުރެ ކޮންމެ ޓީމަކުން އެއް ރަންވަންލޯ މެޑަލް ހޯދިއެވެ

ރާއްޖޭގެ އެއްނަންބަރު ކުޅިވަރު ފުޓްބޯޅައިގައި މިފަހަރު ރާއްޖެ ބައިވެރިނުވެއެވެ. އަދި ރާއްޖެއަށް ލިބުނު މެޑަލް ތަކުގައި އަންހެނުންގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރެވެއެވެ. ރާއްޖެއަށް ލިބުނު ހުރިހާ ރަން މެޑަލްތަކަކީ އަންހެން އެތުލީޓުން ބައިވެރިވި ކުޅިވަރުތަކެވެ. ހަމައެކަނި ފިރިހެން އެތުލީޓުން ވާދަކުރި އެއްވެސް އިވެންޓަކުން ރަން މެޑަލް ނުލިބުނުއިރު ރާއްޖެއަށް ލިބުނު 28 މެޑަލްގެ ތެރޭގައި ގިނައީ އަންހެން އެތުލީޓުން ހޯދިމެޑަލްތަކެވެ

+1
2
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !