A wide advertisement which will be shown on all devices. (700 x 100)

ކުލަ ގަދަ ރަސްމިއްޔާތަކާއެކު އެތުލެޓިކްސް މުބާރާތް ފަށައިފި

މަކިޓާ ޖޫނިއަރ އެތުލެޓިކްސް މުބާރާތް 2019 ގެ ތެރެއިނ

ކުލަގަދަ ރަސްމިއްޔާތަކާއެކު މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއންޝިޕް 2019 ފުވައްމުލަކު ސްޓޭޑިއަމްގައި އިއްޔެ ފަށައިފިއެވެ. ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ސްކޫލްތަކުގެ ޓީމުތަކާއި ސްޕޯރޓްސް އެކަޑެމީގެ ޓީމުތައް ބައިވެރިވާ މި މިބާރާތް ކުރިޔަށް ގެންދެވޭނީ މިމަހު 24-28 އަށެވެ. މިމުބާރާތަށް ފުވައްމުލައް ސިޓީ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

އިއްޔެ ހެނދުނު ފެށި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހަވީރު އެވެ. ސްކޫލްކުދިންޑް ޑްރިލް އިވެންޓްތަކަކާއެކު ހަވީރު ބޭއްވި ރަސްމިއްޔާތު ބަލަން ފުވައްމުލަކުގެ ގިނައަދަދެއްގެ ބަޔަކު ސްޓޭޑިއަމަށް ހާޒިރުވެ ތިއްބެވެ.

ފެށުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރިލް ހަރަކާތެއް

މި މުބާރާތުގައި 21 ސުކޫލަކުންނާއި 11 ކްލަބަކުން ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެވެ.

ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކުގެ ހުރިހާ ސްކޫލްތައްކަމަށްވާ ފުވައްމުލަކު ސްކޫލް، (އެފްއެސް)، ހާފިޒު އަޙުމަދު ސްކޫލް (ހޭޒް)، ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އަދި މުހައްމަދު ޖަމާލުއްދީން ސްކޫލް(އެމްޖޭއެސް) އިތުރުން އައްޑޫ ސިޓީގެ ހުރިހާ ސްކޫލަކުން ހެން ބައިވެރިވެފައި ވެއެވެ.

މީގެ އިތުރުން ގއ. ދާންދޫ ސްކޫލާއި، ގއ. އަތޮޅު ތައުލީމީ މަރުކަޒު (ގއ.ވިލިނގިލި) އާއި ލ.އަތޮޅު ސްކޫލާއި، ރ. މަޑުއްވަރީ ސްކޫލާއި، ހދ. މަކުނުދޫ ސްކޫލް ހިމެނެއެވެ. މާލޭގެ، ވިލާ އިންޓަރނޭޝަނަލް ހައިސްކޫލާއި، ބިލަބޮން އިންޓަރނޭޝަނަލް ހައިސްކޫލް ހިމެނެއެވެ.

މުބާރާތުގެ ފިލްޑް އިވެންޓްތަކުގެ ތެރެއިން

މުބާރާތުގައި ބައިވެރިވެފައިވާ ކްލަބުތަކަށް ބަލާއިރު ގިނައީ މާލޭގައި ހިންގާ އެތުލެޓިކްސް އެކަޑަމީ ތަކެވެ. ރޭސާރސް، ކްލަބު މުގޫ ސްޕޯރޓްސް، ކްލަބު ކާމް ސްޕޯރޓްސް، ކްލަބު ރާވެރިޔާ، ކުޑަހުސޭން ސްޕޯރޓްސް އެސޯސިއޭޝަން، ކީ ސްޕޯރޓްސް އެކަޑެމީ، ސާއިދު ސްޕޯރޓްސް، ދަ ބްލެކް މާލިން، ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަން، ރައުހަތު ސްޕޯރޓްސް އާއި ޖީއެން ވޮލަންޓިއަރސް ހިމެނެއެވެ.

މިމުބާރާތުގެ އިވެންޓްތައް ނިމެމުންދާ ވަރަކަށް މެޑެލް އާއި ސަނަދުތައް ދެމުން ގެންދާނެއެވެ.

މެޑެލްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !