A wide advertisement which will be shown on all devices. (700 x 100)

ކުއާޓާ ފައިނަލުގައި ޒެލޯންގެ އަތްދަށުވެ ހޯދަޑު ޓީމު ކަޓައިފި

އައްޑޫ ސިޓީގެ ހިތަދޫގެ މަނިކު ސްޓޭޑިއަމުގައި ކުރިއަށްދާ އެޗްއެސްސީ “ވަގުތު” ފުޓްސަލް ޗެލެންޖުގައި ފޯރިގަދަ ކުޅުުމަކަށްފަހު ހޯދަޑު ސްޕޯޓްސް، އާއި ޒެލޯން ބައްދަލުކުރި ކުއާޓާ ފައިނަލުގައި 2-1 ނަތީޖާއަކުން ހޯދަޑު ޓީމު ބަލިވެއްޖެއެވެ.

ޒެލޯންގެ ގޯލުކީޕަރަށް ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރަތްކާޑުގެ ސަބަބުން ބަދަލު ކީޕަރާއިއެކު ކުޅެމުން ދިޔަ ޒެލޯއިން ފުރަތަމަ ހާފުގެ ކޮންޓްރޯލް ނަގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ސްޕޯޓާއި އެކު ޒެލޯން ޓީމުން ކުޅެމުން ގެންދިޔައިރު ގިނަ ހަމަލާތަކެއްވެސް ޒެލޯން ޓީމުން އުފެއްދިއެވެ. މިހާފުގައި ޒެލޯންގެ ހުސައިން އައިކުގެ ނުރައްކާތެރިކަން ފާހަގަވެގެން ދިޔައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒެލޯން އިން ވަނީ ދެލަޑު ކާމިޔާބުކޮށް ހޯދަޑު ޓީމު މާޔޫސްކުރުވާފައެވެ. ޒެލޯންގެ ދެގޯލުވެސް ކާމިޔާބުކޮށްދިނީ ހުސައިން ލައުހްއެވެ.

ދެވަނަ ހާފަށް ހޯދަޑުގެ ޓީމު ނިކުތީ އާހިތްވަރަކާއިއެކުގައެވެ. އެގޮތުން، އަލީ އިރުފާދު ކުޅުމުގެ ތެރެއަށް ނެރެ ހާފްގެ ކުރީކޮޅުވެސް ހޯދަޑު ޓީމުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ހޯދަޑު ޓީމުން ޒެލޯންގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައިރު ކައުންޓާ އެޓޭކުގައި ޒެލޯންއިންވެސް ފުރުސަތު އުފައްދަމުން ދިޔައެވެ. ހޯދަޑު ޓީމުގެ އިރުފާދު ދެ ހަމަލާއެއްވެސް ގޯލްގެ ދަނޑިކައިރިން ދިޔަ އިރު، އަލީ އިހުސާން ފޮނުވާލި ބާރު ހަމަލާވެސް ދިފާއުކޮށް ބޭރުކޮށްލީ ޒެލޯންގެ ގޯލްކީޕަރު ދިފާއުކުރި މަންޒަރުވެސް ފެނިގެންދިޔައެވެ. އަދި ހޯދަޑުގެ ހޯދަޑު ޓީމުގެ އަހުމަދު ސިމާހަށް ލިބުނު ފުރުސަތުގައި ވެސް ބޭނުން ނުހިފުނެވެ.

ފަހު ފަސް މިނެޓް ފެނިގެން ގޮސްފައިވަނީ ހޯދަޑު ޓީމުން ފުލުފުލުގައި އުފައްދަމުން ދިޔަ ނުރައްކާތެރި ހަމަލާތަކާއިއެކު ފޯރިގަދަ ކޮށެވެ. މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ މިހަމަލާތަކުގެ ތެރެއިން ހޯދަޑު ޓީމުގެ ސިމާހު ގޯލެއް ކާމިޔާބުކޮށް ހޯދަޑު ޓީމަށް އުއްމީދު އާކޮށްދިނުމާއި އެކުގައެވެ. މެޗުނިމެން ގާތްވަމުން ދިޔަވަރަކަށް ހޯދަޑު ޓީމުން ކުރިއަށްޖެހި ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި ހިތްދަތިގޮތަކަށް އެޓީމު މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނެވެ. މިދިޔަ އަހަރުވެސް ހޯދަޑު ޓީމަށް ދަތުރުކުރެވިފައިވަނީ ކުއާޓާ ފައިނަލާއި ހަމައަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !