A wide advertisement which will be shown on all devices. (700 x 100)

ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތަކުން މޮޅުވީ ދޫނޑިގަމާއި ހޯދަޑު

ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ ޝާޒް (ޖ17)

ފުވައްމުލައް ސިޓީ ކައުންސިލުގެ ފުޓްސަލް މުބާރާތް 2019 ގެ ފުރަތަމަ ދުވަހުގެ މެޗުތަކުން ދޫނޑިގަލޯނާ ޖުނއަރ ޓީމާއި ހޯދަޑު ސްޕޯރޓްސް މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ކުލެވުނު މުމާރާތުގެ ފުރަތަމަ މެޗުގައި ދަޑިމަގު ޖޫނިއަރސް ގެ ޓީމާއި ދޯނޑިގަލޯނާގެ ޖޫނިއަރ ޓީމު ބައްދަލުކުރި މެޗު 0-1 ން ކާމިޔާބުކުރީ ދޫނޑިގަލޯނާ ޖޫނިއަރ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކ ދޫނޑިގަލޯނާގެޖޫނިއަރސްގެ ޖާޒީ ނަމްބަރު 17 މުހައްމަދު ޝާޒް އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން 0-1 ން ކާމިޔާބު ކުރީ ދޫނޑިގަލޯނާ ޖޫނިއަރ

އިއްޔެގެ ދެވަނަ މެޗުގައި އެފްސީ ދަޑިމަގު ޓީމާއި ހޯދަޑު ސްޕޯރޓް ގެ ޓީމު ބައްދަލުކޮށް 1-5 ން މޮޅުވީ ހޯދަޑު ސްޕޯރޓްސްގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޯދަޑު ސްޕޯރޓސްގެ ޖާޒީނަމްބަރު 9 އަލީ ހާފިޒް އެވެ.

ހޯދަޑު ސްޕޯރޓްސް ފުރަތަމަ މެޗުން 5-1 ން ކާމިޔާބު ކުރި

މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިސްކިތްމަގު ތީމާއި ދޫނޑިގަލޯނާ ގެ ޓީމެވެ. ދެވަނ މެޗުގައި ބައްދަލުކުރާނީ ހޯދަޑު ސްޕޯރޓްސް އާއި ޝާކް ހެޑް ޓީމެވެ.

މިމުބާރާތުގަިއ ބައިވެރިވި 7 ޓީމުގެ މެދުގައި ގުރުއަތުލުން 27 ސެޕްޓްެމްބަރު ގައި ވަނީ ބާއްވާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !