A wide advertisement which will be shown on all devices. (700 x 100)

އެފްސީ ދޯނޑިގަލޯނާ ޓީމާއި ހޯދަޑު ސްޕޯރޓްސް ފައިނަލަށް

ސެމީފައިނަލް މެޗުގައި ހޯދަޑު ސްޕޯރޓްސް އާއި މިސްކިތްމަގު ޓީމު ބައްދަލުކުރި މެޗު، 4-0

މިހާރު ކުރިޔަށްދާ ފުވައްމުލައް ސިޓީ ފުޓްސަލް މުބާރާތް 2019 ގެ ފައިނަލަށް އެފްސީ ދޫނޑިގަލޯނާ އާއި ހޯދަޑު ސްޕޯރޓްސް ދަތުރުކޮށފިއެވެ. މިދެޓީމު ވެސް ފައިނަލަށް ދަތުރުކުރީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.

އިއްޔެ ހަވީރު ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެފްސީ ދޫނޑިގަލޯނާއިން ވަނީ އެފްސީ ދަޑިމަގު ޓީމުގެ މައްޗަށް 2-1އިން ކުރި ހޯދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެފްސީ ދޫނޑިގަލޯނާ ޓީމުގެ ޖާރޒީ ނަމްބަރު 8 އިބްރާހިމް އަސްވާދު އެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ: އެފްސީ ދޫނޑިގަލޯނާ ޓީމުގެ އިބްރާހިމް އަސްވާދު ޖ.8

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިސްކިތްމަގު ޓީމުގެ މައްޗަށް ހޯދަޑު ސްޕޯރޓްސް އިން ކުރި ހޯދީ 4-0 ން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހޯދަޑު ސްޕޯރޓްސްގެ ޖާރޒީ ނަމްބަރު 17 އަލީ މުއާޒު އެވެ.

ސެމީ ފައިނަލް ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ: ހޯދަޑު ސްޕޯރޓްސްގެ އަލީ މުއާޒު ޖ.14

މިއަދުގެ މެޗުތައް ބަލަން ގިނަ އަދަދެއްގެ ސަޕޯރޓަރުން ސްޓޭޑިއަމަށް ހާޒިރުވެ ތިއްބެވެ.

މިމުބާރާތުގެ ފައިނަލް މެޗު މާދަމާ، 8 އޮކްޓޯބަރުގެ ހަވީރު ކުޅޭނެއެވެ. ފައިނަލް މެޗު ފަށަން ހަމަޖެހިފައި ވަނީ ހަވީރު 4:30 ގައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ހޯދަޑު ސްޕޯރޓްސް އެވެ.

ސެމީފައިނަލް މެޗުގައި އެސްފީ ދޫނޑިގަލޯނާއާއި އެފްސީ ދަޑިމަގު ބައްދަލުކުރި މެޗު ، 2-1

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !